Support Us

ގަޑިއަކުން ދޮޅު ގަޑިއަކުން އިސްރާއީލު ސިފައިންގެ މީހަކު ވަޅުލަންޖެހޭ

އިސްރާއީލުގެ ޢަސްކަރީ މަޤްބަރާއެއްގެ ޑިރެކްޓަރު ބުނާގޮތުގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި މަރުވާ އިސްރާއީލ ސިފަންގެ ޢަދަދު ވަރަށް ގިނައެވެ. އޭނާ ހާމަކުރި ގޮތުގައި ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި މި ޤަބުރުސްތާނުގައި 50 މީހަކު ވަޅުލައިފީމެވެ.

ހަރޓްޒަލް ފަރުބަދަ ޢަސްކަރީ މަޤްބަރާގެ ޑިރެކްޓަރު ޑޭވިޑް އޮރަން ބާރޫޚު އިސްރާއީލުގެ އަމްނާބެހޭ ވުޒާރާގެ ވެބްސައިޓްގައި ޝާއިޢުކުރި ވީޑިއޯއެއްގައި ވާހަކަދައްކަމުން ބުނިގޮތުގައި "ގަޑިއަކުން ދޮޅު ގަޑިން އަހުރެމެންނަށް ސިފައިންގެ މީހަކު ވަޅުލަން ވަނީ ޖެހިފައެވެ."

ބާރޫޚު ބުންޏެވެ. "މިއީ ވަރަށް ބުރަ ދަތި ދުވަސްކޮޅެކެވެ. ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި އަހުރެމެން 50 ސިފައިން ވަޅުލައިފީމެވެ."

އިސްރާއީލު ސިފައިން މިއަދު ބުނިގޮތުގައި ޣައްޒާގައި އިސްރާއީލު ސިފައިންގެ ހަ މީހުން މަރުވެ ހަތް މީހުން ވަނީ ޒަޚަމުވެފައެވެ. އިސްރާއީލުން ބުނާގޮތުގައި ޒައިތޫން އަވަށާއި ޖަބާލިޔާ އަވަށުގައި ޤައްސާމު މުޖާހިދުންނާ އިސްރާއީލު ސިފައިންނާ ދެމެދުގައި ވަރަށް ވަރުގަދައަށް ހަނގުރާމަ އެބަ ހިނގަމުންދެއެވެ. 

ޖަޒީރާ ބުނާގޮތުގައި އަޤްޞާ ޠޫފާނަށް ފަހު މިވީ 43 ދުވަހުގެ ތެރޭގައި އިސްރާއީލު ސިފައިންގެ ތެރެއިން 375 މީހުން މަރުވެއްޖެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *