Support Us

ޙަމާސާއެކު އަސީރުން ބަދަލުކުރުމާބެހޭ އެއްވެސް އެއްބަސްވުމެއް ނަހަދާނަން

ޙަމާސާއެކު އަސީރުން ބަދަލުކުރުމުގެ އެއްވެސް އެއްބަސްވުމެއް ނަހަދާނެ ކަމަށާއި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފަށައިފައިވާ ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ރޭ ބުނެފިއެވެ.

އޭނާ މި ބަޔާން ދިނީ ދިފާޢީ ވަޒީރު ގެލެންޓާއި ހަނގުރާމައިގެ މަޖިލީހުގެ ވަޒީރު ބެނީ ގެންޓްސްއާއެކު ރޭ ތައްލު އަބީބުގައި ބޭއްވި ނޫސްބައްދަލުވުމެއްގައެވެ.

ނަތަންޔާހޫ ބުންޏެވެ. "ޣައްޒާގައި ހައްޔަރުކޮށްފައި ތިބީ އިސްރާއީލު މީހުންނާ ބެހޭގޮތުން ވަރަށް ގިނަ ވާހަކަތަކެއް އެބަ ދެކެވެއެވެ. އެކަމާ ބެހޭގޮތުން ޙަމާސާއެކު އެއްވެސް އެއްބަސްވުމެއް އަދިއެއް ނެތެވެ."  

އިސްރާއީލު ސިފައިން ބުނާގޮތުގައި ޣައްޒާގައި އިސްރާއީލުގެ 239 އަސީރުން އެބަ ތިއްބެވެ. 

ޣައްޒާ ހަނގުރާމަ

ނަތަންޔާހޫ ކަށަވަރުކޮށްދިން ގޮތުގައި "ޣައްޒާ ހަނގުރާމަ އަދި ހުއްޓައިލެވޭކަށް ނެތެވެ. މި ހަނގުރާމަ ނިމޭނީ ޙަމާސް ނައްތައިލެވުނު ދުވަހަކުންނެވެ. ކުޑަ ވަގުތުކޮޅަކަށް ނޫނީ ޙަމަލާތައް ހުއްޓައެއް ނުލެވޭނެއެވެ." 

ނަތަންޔާހޫ ފަލަސްޠީނުގެ ރައީސާ ދެކޮޅަށް ފާޑުކިޔަމުން ބުންޏެވެ. "ޙަމާސުން އިސްރާއީލަށް އޮކްޓޫބަރު ހަތެއްގައި ދިން ޙަމަލާ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އަދިވެސް ކުށްވެރިއެއް ނުކުރައްވައެވެ. ނިރުބަވެރިންނަށް މާލީ އެހީދޭ ފަރާތަކާ ޣައްޒާގެ ވެރިކަން ޙަވާލެއް ނުކުރެވޭނެއެވެ."

ހުޅަނގުގެ ފިއްތުންތަކަށް އިސްރާއީލު ބޯތިރިއެއް ނުކުރާނެ

އިސްރާއީލުން ބޮންއަޅައި ހަލާކުކޮށްލައިފައިވާ ޣައްޒާގެ ޝިފާ ހަސްފަތާލާބެހޭގޮތުން ނަތަންޔާހޫ ބުންޏެވެ. "ޣައްޒާގެ ޝިފާ އެކުވެންޏަށް ނުވަނުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން އެދުނެވެ. އިސްރާއީލު ސަރުކާރުން ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ. 

އޭނާ އިތުރަށް ބުންޏެވެ. "އެމެރިކާއާއި ދުނިޔޭގެ ޤައުމުތަކުން ވަރަށް ބޮޑެތި ފިއްތުންތައް ދަނީ ފިއްތަމުންނެވެ. އެކަމާ ދެކޮޅުހަދައި އަހުރެމެން މި ދަނީ ހަނގުރާމަ ކުރިއަށް ގެންދަވަމުންނެވެ. އިސްރާއީލު ސިފައިން ޣައްޒާގެ ހުޅަނގުގައި ހުންނަ ޝިފާ ހަސްފަތާލަށް ވަނީ މި ދިޔަ ބުދަދުވަހުއެވެ. 

ނަތަންޔާހޫ ބުނިގޮތުގައި އެމެރިކާގެ އެދުމުގެ މަތިން ޣައްޒާއަށް ދުވާލަކު ދެ ލޮރީގެ އުނދަނަ ވެއްދުމުގެ ހުއްދަ ދެވޭނެއެވެ.   

ޣައްޒާއަށް ޙަމަލާދިނުމުގެ ދެވަނަ ފިޔަވަހި

މި ނޫސްބައްދަލުވުމުގައި އިސްރާއީލުގެ ދިފާޢީ ވަޒީރު ގެލެންޓް  ވާހަކަދައްކަމުން ބުނިގޮތުގައި އިސްރާއީލު ސިފައިން މިހާރު ވަނީ ޣައްޒާގެ އެއްގަމު ހަނގުރާމައިގެ ދެވަނަ ފިޔަވަހި ފަށައިފައެވެ. އޭނާ ހާމަކުރިގޮތުގައި އިސްރާއީލުން ޙަމާސާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމައަކީ ޝާމިލު ހަނގުރާމައެކެވެ. މި ޙަރަކާތުގެ ސިޔާސީ ހުރިހާ އިސްވާރުން މަރައިލެވޭނެއެވެ.

އިސްރާއީލުގެ ހަނގުރާމައިގެ މަޖިލީހުގެ ވަޒީރު ބެނީ ގެންޓްސް ބުނިގޮތުގައި އިސްރާއީލުން ޣައްޒާ ހިންގުމާ ޙަވާލެއް ނުވާނެއެވެ. އެހެނަސް ޙަމާސަށް ޣައްޒާގައި ވެރިކަމެއް ނުކުރެވޭނެއެވެ. 

އިސްރާއީލުގެ ހަ ސިފައިން މަރުވުން

އަނެއްކޮޅުން އިސްރާއީލު އެއްބަސްވާ ގޮތުގައި ޣައްޒާގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިންގެ ހަ މީހަކު މަރުވެއްޖެއެވެ. އިސްރާއީލު ސިފައިން ބުނާގޮތުގައި މި ކުރިމަތިލުންތަކުގައި ސިފައިންގެ އަށް މީހަކު ޒަޚަމުވިއެވެ. އެހެނަސް އިސްރާއީލުގެ ނޫސްތައް ބުނާގޮތުގައި ޣައްޒާ ހަނގުރާމައިގައި އިސްރާއީލު ސިފައިންގެ 58 މީހަކު ވަނީ މަރުވެފައެވެ.  

އިސްރާއީލުން މީގެ 43 ދުވަސްކުރިން ޣައްޒާއާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމައިގެ ސަބަބުން މިހާތަނަށް ވަނީ 12،300 މީހުން ޝަހީދުވެފައެވެ. އޭގެތެރޭގައި 5،000 ކުޑަކުދިންނާއި 3،300 އަންހެނުން ވެއެވެ. މީގެ އިތުރަށް 30،000 މީހުން ވަނީ ޒަޚަމުވެފައެވެ. މީގެ ތެރޭގައި ހިމެނޭ 75% އަކީ ކުޑަކުދިންނާއި އަންހެނުންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *