ޣައްޒާ ސަހަރުގެ ހުޅަނގުގައި އޮންނަ އައްސޭރިފަށު ފޭލިގެއަވަށުގައި ހުންނަ ޙަމާސްގެ ސިޔާސީ އޮފީހުގެ ރައީސް އިސްމާއީލު ހަނިއްޔާގެ ގެއަށް އިސްރާއީލު ސިފައިން ބޮންއަޅައި އެ ގެ ވައްޓައިލައިފިއެވެ.
އިސްރާއީލުން ބުނާގޮތުގައި އެ ގޭތެރެއިން ސިއްރު އެތައް ލިޔުމަކާއި ހަތިޔާރުތައް ފެނުނެވެ. އިސްރާއީލުން ބުނާގޮތުގައި އެ ގެ ތަޅައި ވައްޓައިލީ ރޭ އެ ގެއަށް ބޮން އަޅައިގެންނެވެ. އިސްރާއީލުން ތުހްމަތުކުރާ ގޮތުގައި އެ ގެއަކީ ޙަމާސްގެ މަސްއޫލުވެރިން ބައްދަލުވުންތައް ބާއްވަވާ ތަނެކެވެ.
އިސްރާއީލު ސިފައިންގެ ނާޙާލް ބްރިގޭޑްގެ ތަރްޖަމާނު ބުނިގޮތުގައި އައްސޭރިފަށު ފޭލިގެއަވަށުން ޙަމާސްގެ ކަނޑު ބާރުން ބޭނުންކުރާ ހަތިޔާރު ގުދަނެއް ފެނުނެވެ. މި ގުދަނުގައި ފީނާ ސާމާނާއި ހަތިޔާރާއި ގޮވާ އެއްޗެހި ހުއްޓެވެ.
އިސްރާއީލުން މިހެން ބުނިކަމުގައި ވިޔަސް ހަނިއްޔާ ފަލަސްޠީނުން ބޭރުގައި އުޅުއްވާތާ އެތައް އަހަރެއް ވެއްޖެއެވެ.