Support Us

ލުބްނާނުގައި އިސްރާއީލާއި ޙިޒްބުﷲއާ ދެމެދު ކުރިމަތިލުންތައް އިތުރުވަނީ

ދުކުނު ލުބްނާނުގައި އިސްރާއީލު ސިފައިންނާއި ޙިޒްބުﷲއާ ދެމެދުގައި މިއަދު އަލުން ޙަމަލާތައް ބަދަލުކުރެއްވިއްޖެއެވެ.

އިސްރާއީލުން ބުނިގޮތުގައި އިސްރާއީލުގެ އުތުރު ސަރަޙައްދު ތެރެއަށް މޯޓަރު ބަޑީގެ ދެ އުންޑައެއް މިއަދު ވެއްޓުނެވެ. އެއީ ލުބްނާނު ތެރެއިން އައި އުންޑަތަކެކެވެ. މި ކަމާވިދިގެން އިސްރާއީލު ސިފައިން ބޮޑު ބަޑިގެ ޙަމަލާތަކެއް ލުބްނާނަށް ދިނެވެ.

ޙިޒްބުﷲ އިން ހާމަކުރިގޮތުގައި އައްޡަހީރާގައި ތިބި އިސްރާއީލު ސިފައިންގެ ބާރަކަށް ރޮކެޓު ޙަމަލާއެއް ދިނެވެ. ޙިޒްބުﷲ އިން ބުނާގޮތުގައި މި ޙަމަލާތައް އެ ސަރަޙައްދަށް ވަނީ އަރައިފައެވެ. މީގެއިތުރަށް ޙިޒްބުﷲ ބުނާގޮތުގައި އެ ޖަމާޢަތުގެ ސިފައިން ދެކުނު ލުބްނާނުގެ މަރްކަބާ ނަމަކަށް ކިޔާ ރަށް ކައިރީގައި މަރްކަޒުކޮށްފައި ތިބި އިސްރާއީލު ސިފައިންގެ ކޮށްޓަށް ވެސް މިއަދު ޙަމަލާދިނެވެ.

އިސްރާއީލު ސިފައިންގެ ތަރްޖަމާނު ޑެނިއަލް ހެގަރީ ބުނިގޮތުގައި އާޓިލަރީއާ އިދިކޮޅު ރޮކެޓެއް ނަޠޫޢާ ސަރަޙައްދަށް ވެއްޓިފައި ވެއެވެ. މި ޙަމަލާގެ ސަބަބުން ދެ މީހަކު ޒަޚަމުވިއެވެ..

އިސްރާއީލު ރޭޑިއޯ ބުނާގޮތުގައި ލުބްނާނުތެރެއިން ޖަލީލުގެ އުސްބިންތަކަށް 18 އުންޑަ އައިސްފައި ވެއެވެ. މިކަމާ ވިދިގެން އިސްރާއީލު ސިފައިން ވަނީ އެ ސަރަޙައްދުގެ ރަށްތަކުގައި ދިރިއުޅޭ މީޚހުންނަށް ބިންގަރާސްތަކުން ނުނުކުމެ ތިބުމަށް އަންގައިފައެވެ. 

ޙަމާސުން ފެށި އަޤްޞާ ޠޫފާނާ ވިދިގެން ލުބްނާނު ސަރަޙައްދު ދަނީ ހޫނުވަމުން ނުތަނަވަސްވަމުންނެވެ. ދޭތެރެދޭތެރެއިން ޙިޒްބުﷲއާ އިސްރާއީލާ ދެމެދުގައި ދަނީ ޙަމަލާތައް ބަދަލުކުރެވެމުންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *