Support Us

ހަނގުރާމަ ވަގުތުން ހުއްޓައިލުމަށް ޢަރަބި އިސްލާމީ ސަމިޓުން ގޮވައިލައިފި

ޣައްޒާގެ ޢާންމުންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ޓަކައި އިންސާނިއްޔަތުކަމުގެ މަގުތައް ހުޅުވައިދިނުމަށާއި ޢަސްކަރީ ޙަމަލާތައް ވަގުތުން ހުއްޓައިލުމަށް ސުޢޫދީ ވަލީ ޢަހްދު  މުޙައްމަދު ބިން ސަލްމާން އެދިވަޑައިގެންފިއެވެ. ސުޢޫދީ ވަލީ ޢަހްދު މި ކަމަށް އެދިވަޑައިގެން އެ ކަމަށް ގޮވައިލެއްވީ މިއަދު ރިޔާޟުގައި އަރަބި އިސްލާމީ ގުޅިފައިވާ ސަމިޓް ހުޅުއްވާ ދެއްވަމުންނެވެ.

ސުޢޫދީ ވަލީޢަހްދު ވިދާޅުވިއެވެ. "ޣައްޒާއަށް ދެމުންދާ ޢުދްވާނާ އަހުރެމެން ފާޅުގައި ދެކޮޅުހަދަމެވެ. ފަލަސްޠީނުގައި ދިރިއުޅޭ އަހުރެމެންގެ އެއްބަނޑުއެއްބަފައި އަޚުންނާއި އުޚްތުން ހާސާވެފައިވާ އަނިޔާވެރި ހަނގުރާމައާ އަހުރެމެން ފާޅުގައި ދެކޮޅު ހަދަމެވެ. ޣައްޒާގެ ރައްޔިތުންނަށް  އެހީވުމަށް ޓަކައި އިންސާނީ އެހީތައް ފޯރުކޮށްދިނުމަށް ބޭނުންވާ މަގުތައް ހުޅުވައިލުމަށް އަހުރެމެން ގޮވައިލަމެވެ."

އުރްދުންގެ ރަސްގެފާނު 2 ވަނަ ޢަބްދު ﷲ މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ޣައްޒާގެ ޢާންމުންނަށް ބޭނުންވާ އިންސާނީ އެހީތައް ފޯރުކޮށްދިނުމަށް ޓަކައި އިންސާނިއްޔަތުގެ މަގުތައް ދާއިމީ ސިފައެއްގައި ހުޅުވައިފާ ބޭއްވުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އިސްރާއީލުން ފެނާއި ކާބޯތަކެއްޗާއި ބޭސް ޣައްޒާއަށް ވަނުން މަނާކުރުމަކީ ހަނގުރާމަވެރި ޖަރީމާއެކެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "ފަލަސްޠީނުގެ މަސްއަލަ ޙައްލުކޮށްދިނުމުގައި ދުނިޔެ ނާކާމިޔާބުވެފައިވާ ވުމަށް ދުނިޔެ އަގު ދައްކަންޖެހޭނެއެވެ." 

ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވިއެވެ. "އިސްރާއީލުން ފަށައިފައިވާ ނަސްލު ނައްތައިލުމުގެ ހަނގުރާމައަކީ އެފަދަ މިސާލެއް ނެތް އަނިޔާވެރި ހަނގުރާމައެކެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުން  މިހާރު ހުރަސްނުކުރާ އެއްވެސް ރަތްރޮނގެއް ނެތެވެ. އޭނާ ވިދާޅުވިއެވެ."

އަނިޔާވެރި މި ހަނގުރާމައިގައި އިސްރާއީލާއި އިސްރާއިލުގެ ވާގިވެރިން އެހީވެދީގެން މަރައިލާ ކޮންމެ ތުއްތު ކުއްޖެއްގެ  އަދި ކޮންމެ އަންހެނެއްގެ ލޭގެ ޒިންމާ އެމީހުން އުފުއްލަން ޖެހޭނެއެވެ.

ފަލަސްޠީނުގެ ރައީސް ޢައްބާސް ވިދާޅުވިއެވެ. "މަސްއަލައަށް ސިޔާސީ ޙައްލެއް ނުގެނެވިގެން މި ދަނީ އެމެރިކާއިން އިސްރާއީލަށް ފުރިހަމައަށް ތާއީދު ކުރަމުންދާތީއެވެ. މި ކަމުގެ  މަސްއޫލިއްޔަތު އެމެރިކާއިން ފުރިހަމައަށް ތަޙައްމުލުކުރަން ޖެހޭނެއެވެ."

ފަލަސްޠީނުގެ ރައްޔިތުންނަށް ބައިނަލްއަޤްވާމީ ޙިމާޔަތް ފޯރުކޮށް ދީ  ބައިނަލްއަޤްވާމީ އިސްނެގުންތަކާއި ޢަރަބި އިސްނެގުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަލަސްޠީނުގެ މަސްއަލަ ޙައްލުކޮށްދިނުމަށް ރައީސް ޢައްބާސް ގޮވައިލެއްވިއެވެ. 

މިޞްރުގެ ރައީސް ޢަބްދުލްފައްތާޙުއްސީސީ މި ސަމިޓްގައި ވާހަކަފުޅުދައްކަވަމުން ޢާންމުން މެރުން ކުށްވެރި ކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ޣައްޒާގެ އަހްލުވެރިންނަށް ޖަމާޢީ ސިފައެއްގައި އަދަބުދިނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ."

އެއްވެސް ޝަރްޠަކާއި ނުލައި އަދި  އެއްވެސް ޤައިދަކާ ނުލައި ވަގުތުން ހަނގުރާމަ ހުއްޓައިލުމަށް ސީސީ ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުން ބޭރަށްލުން  މަނާކުރެވެން ޖެހޭނެއެވެ."

މިޞްރުގެ ރައީސްގެ ވާހަކަފުޅުގައި ޣައްޒާގެ ޢާންމުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ޢުދްވާން ބައިނަލްއަޤްވާމީ އިދާރާތަކުން ތަޙްޤީޤު ކުރުމަށް ގޮވައިލެއްވިއެވެ. 

ތުރްކީގެ ރައީސް އުރްދުޣާން ވިދާޅުވިގޮތުގައި ޣައްޒާގައި އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން މަރުވި މީހުންގެ 73%އަކީ ތުއްތުކުދިންނާއި  އަންހެނުންނެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މި މޮޔަކަން ދޭހަކޮށެއް ނުގަނެވޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުގެ މި ޢުދްވާނަކީ ހަތެއް އޮކްޓޫބަރުގެ ޙަމަލާއަށް ބަދަލުހިފުމަށް ދޭ ޢުދްވާނެކެވެ. 

އުރްދުޣާން ވިދާޅުވިއެވެ. "ދުނިޔެ ދޫކޮށްފައިވާ ކުޑަކުދިން އުރައިގެން ތިބި މައިން އަހެރެމެންނަށް ފެނެއެވެ. ވައްޓައިލައިފައިވާ ގެތަކުގެ ދަށުން އެމީހުންގެ ދަރިން ނެރެވޭތޯ މަސައްކަތް ކުރަމުންދާ ބަފައިން ފެނެއެވެ." އޭނާ ވިދާޅުވިއެވެ. "ޣައްޒާގެ ހަސްފަތާލުތަކަށާއި މިސްކިތްތަކަށާއި މަދުރަސާތަކަށް ދީފައިވާ އަނިޔާވެރި ޙަމަލާ ސިފަކުރުމަށް އަހުރެމެން މި ވަނީ ނުކުޅެދުންތެރިވެފައެވެ." 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް