Support Us

އިސްރާއީލުން ޣައްޒާގެ މަދުރަސާއަކަށް ބޮންއެޅުމުން ޙަމާސުން އެކަން ކުށްވެރިކޮށްފި

އިސްރާއީލުން ޣައްޒާގެ އަލް ބުރާޤު މަދުރަސާއަށާއި ޞަލާޙުއްދީން މަގަށް ބޮންއެޅުމުން ޙަމާސުން އެކަން ކުށްވެރިކޮށްފިއެވެ.

ޙަމާސުން ބުންޏެވެ. "މިއީ ބައިނަލްއަޤްވާމީ މޫނުމަތީގައްޔާއި އިންސާނިއްޔަތުގެ މޫނުމަތީގައި އިސްރާއީލުން ޖެހި ލައްގަނޑެކެވެ. އިސްރާއީލުގެ މުޖްރިމު ފެޝިސްޓު މި ޢަމަލުގެ ސަބަބުން އަހުރެމެންގެ ހިތްވަރު ބަލިވެގެން ނުދާނެއެވެ."

އިސްރާއީލުން މި ހިންގި ޤަތުލުޢާންމުގައި 50 މީހުން ޝަހީދުވިއެވެ. ޙަމާސުން ބުނިގޮތުގައި އިސްރާއީލުން މި ޢުދްވާނީ ޖަރީމާތައް ހިންގަމުންދަނީ ދުނިޔޭގެ ކުރިމަތީގައި ދުނިޔެއަށް ދައްކައިގެން ދުނިޔެއަށް ގޮންޖަހަމުންނެވެ.

ޙަމާސުން އިތުރަށް ފާޑުކިޔަމުން ބުންޏެވެ. "މި ޤަތުލު ޢާންމުތައް އިސްރާއީލުން ހިންގަމުން ދަނީ އެމެރިކާ ސަރުކާރުގެ ފުރިހަމަ ތާއީދާއި ވާގިވެރިކަމާއެކުގައެވެ. ބައިނަލްއަޤްވާމީ ހުރިހާ ޤާނޫނުތަކަކާއި އިންސާނިއްޔަތުގެ ހުރިހާ އުޞޫލުތަކާ ޚިލާފަށެވެ. އެއީ އަހުރެމެންގެ ރައްޔިތުންނާއި އެމީހުންގެ މުޤާވިމާ ބާރުތައް ބިންދައިލުމަށް ޓަކައެވެ.އެއީ ބިލާހެކެވެ. އެމީހުންނަށް މި ހިތްވަރުގަދަ ރައްޔިތުންގެ ޠަބީޢަތެއް މިޒާޖެއް ނޭނގެއެވެ. ﷲގެ އިޒްނަފުޅާ ލައިގެން އަހުރެމެންގެ ރައްޔިތުން އެމީހުންގެ ބިމަށް އެނބުރި އަންނާނެތެވެ."

ހުކުރުދުވަހު އިސްރާއީލުން ވަނީ އުތުރު ޣައްޒާއިން ދެކުނު ޣައްޒާއަށް ފައިބަމުންދިޔަ މީހުން ޞަލާޙުއްދީން މަގުގައި ހަދައިދީފައިވާ "އަމާން ދުވާރު" މަތީގައި ތިއްބާ ބޮންއަޅައި އެތައް ބަޔަކު ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމުކޮށްލައިފައެވެ.

ހުޅަނގު ޣައްޒާގައި ހުންނަ ބުރާޤު މަދުރަސާއަށް ބޮންއެޅުމުގެ ސަބަބުން 25 މީހުން ޝަހީދުވެ އެތައް ބަޔަކު ޒަޚަމުވެފައިވެއެވެ.

ޣައްޒާއަށް އިސްރާއީލުން ދެމުންދާ ޢުދްވާނަށް 35 ދުވަސް ވަނީ ވެފައެވެ. މި ޢުދްވާނުގެ ސަބަބުން 11,078 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި 4506 ކުޑަކުދިންނާއި 3,026 އަންހެނުންނާއި 668 މުސްކުޅިން ވެއެވެ. އަދި 27 ހާސް މީހުން ވަނީ ޒަޚަމުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް