ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހަނގުރާމަ އިޢުލާން ކުރުމުގެ ސަބަބުން އިސްރާއީލުގެ އިޤްތިޞާދަށް ހަފުތާއަކު 600 މިލިއަން ޑޮލަރުގެ ގެއްލުމެއް ދަނީ ވަމުންނ3ވެ.
އިސްރާއީލުގެ މަރްކަޒީ ބޭންކު ބުނާގޮތުގައި މި ގެއްލުން ލިބެމުންދަނީ ޣައްޒާއާއި ލުބްނާނުގެ ސަރަޙައްދީ ރޮނގު ކައިރިން 144 ހާސް މަސައްކަތްތެރީން ބާލަންޖެހުމާއި އެތައް މަދުރަސާތަކެއް ބަންދު ކުރަން ޖެހުމުގެ ސަބަބުންނާއި ރިޒަރވް ސިފައިންގެ ބާރަށް އެތައް ހާސް މަސައްކަތްތެރިންނެއް ގެންދަން ޖެހުމުންނެވެ.
އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައިވާ ޖެރޫސަލަމް ޕޯސްޓް ބުނާގޮތުގައި ޣައްޒާގައި އިސްރާއީލަށް ކުރަން ޖެހިފައިވާ ހަނގުރާމައިގެ ސަބަބުން އިސްރާއީލަށް ދަނީ ވަރަށް ބޮޑު ބިލެއް ދައްކަން މަޖްބޫރުވަމުންނެވެ. މިކަމުގެ ސަބަބުން އިސްރާއީލުގެ އިޤްތިޞާދު ވަނީ ޔަޤީންކަމެއް ނެތް ފައްތަރަކަށް ވެއްޓިފައެވެ.
އިސްރާއީލުގެ ތަޖކްރިބާކާރުން ބުނާގޮތުގައި ޙަމާސާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ ހުރިހާ ދާއިރާތަކެއްގެ އިޤްތިޞާދަށް ވަނީ ވަރަށް ބޮޑަށް ލޮޅުން އަރައިފައެވެ. މި ލޮޅުން ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުން ފުޅައުވަމުންނެވެ. ޒަލްޒަލާއަކަށް ބަދަލުވެދާނެކަމުގެ ބިރު އެބަ އޮތެވެ. މި ކަމުގެ ސަބަބުން އެއްޗެހީގެ އަގުތައް އަތްނުފޯރާ ފަށަށް މައްޗަށް ހިނގައިދާނެކަމުގެ ބިރު ވެސް އެބަ އޮތެވެ. ސަރުކާރުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ލާދަ މައްޗަށް ދާނެއެވެ.
އިސްރާއީލުގެ ޖެރޫސަލަމް ޕޯސްޓް ދުވަހުނޫސް ބުނާގޮތުގައި އިސްރާއީލުގެ އިޤްތިޞާދީ ދުވެލި މުޅިން ހުއްޓިގެން ހިނގައިދާނެ ކަމަށް ދިރާސާތައް ބުނެއެވެ. ރިޒަރވް ލަޝްކަރަށް 360 ހާސް މީހުން ތަފާތު ދާއިރާތަކުން ގެންދިޔުމުގެ ސަބަބުން އުފެއްދުންތެރިކަން ވަނީ ހުއްޓިފައެވެ.
ހަނގުރާމައިގެ ގެއްލުންތައް
އިސްރާއީޚުގެ މާލީ ވުޒާރާ ބުނާގޮތުގައި ޙަމާސާ ދެކޮޅަށް އިސްރާއީލު ފަށައިފައިވާ ދަގަނޑު ކަނޑީގެ ހަނގުރާމައިގެ ސަބަބުން އިސްރާއީލަށް 50 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިއްޖެއެވެ. އިސްރާއީލުގެ މީޑިއާތައް ލަފާކުރާގޮތުގައި މި ހަނގުރާމަ އަށް މަހާ 12 މަހާ ދެމެދުގެ މުއްދަތަކަށް ދިގުލައިގެން ހިނގައިދާނެއެވެ. ޙަމާސަށް ވާގިވެރިވުމުގެ ގޮތުން ޙިޒްބުﷲ މި ހަނގުރާމައިގެ ތެރެއަށް ވަދެއްޖެނަމަ މި ހަނގުރާމަ އެތައް އަހަރުތަކަކަށް ދިގުލައިގެން ހިނގައިދާނެއެވެ.



advertisment