Support Us

ރަހީނުންކޮޅެއް މިނިވަންކުރުމަށް ހަނގުރާމަ ހުއްޓައިލުމަށް ބައިޑެން ގޮވައިލައްވައިފި

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ތިން ދުވަހުގެ މުއްދަތަށް ހުއްޓައިލުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އެދިވަޑައިގެންފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ފޯނުން ގުޅުއްވައި ރައީސް ބައިޑެން ވިދާޅުވިގޮތުގައި އޭގެ ބަދަލުގައި ޙަމާސުން އަސީރުކޮށްފައިވާ މީހުންގެ ތެރެއިން މީހުންކޮޅެއް ދޫކޮށްލާނެއެވެ.

އިސްރާއީލުގެ "ވާލާ" އިންޓަނެޓް ޞަފްޙާ ބުނާގޮތުގައި ރައީސް ބައިޑެން އިސްރާއީލުގެ ބޮޑުވަޒީރަށް މި ކަމަށް ގޮވައިލެއްވީ އަންގާރަ ވިލޭރޭ ކުރެއްވި ފޯނު ކޯލެއްގައެވެ.

ވާލާ ބުނާގޮތުގައި ތިން ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓައިލައިފިނަމަ ޙަމާސުން ބާރަވަރަކަށް ރަހީނުން ދޫކޮށްލާނެއެވެ. މި ތިން ދުވަހުގެ ތެރޭގައި ދެ ފަރާތުގެ އަތުގައި ހައްޔަރުވެފައި ތިބި އަސީރުންގެ ނަންތައް ކަށަވަރުކޮށް ރަހީނުންގެ ލިސްޓެއް ތައްޔާރު ކުރެވޭނެއެވެ. އަދި އެއީ ކޮން ޤައުމުތަކެއްގެ ބައެއްކަން ވެސް ހާމަކުރެވޭނެއެވެ.

އެހެނަސް ނަތަންޔާހޫ އިއްޔެ ނޫސްވެރީންނާ ބައްދަލުކޮށް ސާފުބަހުން ބުނިގޮތުގައި "ހަނގުރާމަ ހުއްޓުމެއް ނޯންނާނެއެވެ. އަދި އުނދަނައިގެ އެއްވެސް ބާވަތެއް ޣައްޒާއަށް އެތެރެ ކުރުމަށް ހުއްދައެއް ނުދެވޭނެއެވެ."

ނަތަންޔާހޫ ބުންޏެވެ. "އަހުރެމެން ނަޞްރު ހޯދާނަމެވެ. ނަޞްރު ލިބުމުގެ ކުރިން ހަނގުރާމަ ހުއްޓައެއް ނުލާނަމެވެ. އަހުރެމެންނަށް ބިރުހުރި ތަނަކަށް ދެން ޣައްޒާއެއް ނުވާނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް