Support Us

އިސްރާއީލް ޢުދްވާނާ ބެހޭ އިސްލާމީ ކުއްލި ސަމިޓެއް

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ނިރުބަވެރި ޙަމަލާއާ ބެހޭގޮތުން މަޝްވަރާކޮށް ނިންމުންތަކެއް ނިންމުމަށް ޓަކައި އިސްލާމީ ކުއްލި ސަމިޓެއް މި މަހު 12 ވަނަ ދުވަހު ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ސަމިޓް ބޭއްވުމަށް ސުޢޫދީ ޢަރަބިއްޔާއިން ގޮވައިލީ މި ދައުރުގެ ރައީސްގެ ހައިސިއްޔަތުންނެވެ. އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއިން ބުނާގޮތުގައި މި ސަމިޓްގައި މަޝްވަރާކުރެވޭނީ އިސްރާއީލުން ޣައްޒާއަށް ވަޔާއި ކަނޑާއި އެއްގަމުން ދެމުންގެންދާ ޢުދްވާނާ ބެހޭގޮތުންނެވެ. 

އޮކްޓޫބަރު ހަތެއްގައި އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ޢުދްވާނާ ބެހޭގޮތުން އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު ޖިއްދާގައި ބައްދަލުވުމެއް ބޭއްވެވިއެވެ. އެ ބައްދަލުވުމުގައި ވަގުތުން ހަނގުރާމަ ހުއްޓައިލުމަށް އެ ބޭފުޅުން ގޮވައިލެއްވިއެވެ. 

މި ހުސްވި އޮކްޓޫބަރު މަހު 30ވަނަ ދުވަހު ޢަރަބި ލީގުގެ އާމީން ޢާންމުގެ އެހީތެރިއެއްކަމުގައިވާ ޙުސާމުއްދީން ޒަކީ ހާމަކުރެއްވި ގޮތުގައި މި މަހު 11 ވަނަ ދުވަހު ޢަރަބި ސަމިޓެއް ބާއްވައިދިނުމަށް ސުޢޫދީ ޢަރަބިއްޔާއާއި ފަލަސްޠީނުން ވަނީ އެދިފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް