Support Us

އިސްރާއީލުން ދަނީ ކޮންމެ 10 މިނެޓަކުން ކުއްޖަކު މަރައިލައި ދެ ކުދިން ޒަޚަމުކުރަމުން

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފަށައިފައިވާ ނިރުބަވެރި ޢުދްވާނުގައި އަނިޔާވެރި ޞިހްޔޫނިން ދަނީ ކޮންމެ ދިހަ މިނެޓަކުން ދިހަ މިނެޓަކުން ކުޑަ ކުއްޖަކު މަރައިލައި ދެ ކުޑަ ކުދިން ޒަޚަމުކުރަމުން ކަމަށް ފަލަސްޠީނުގެ ރެފިޔުޖީން ބަލަހައްޓާ އދގެ އޭޖެންސީން ބުނެފިއެވެ.

އަންރުވާއިން އިއްޔެ ނެރުނު ބަޔާނެއް ބުނާގޮތުގައި އިސްރާއީލުން ވަނީ މިހާތަނަށް ޣައްޒާއިން 1.7 މިލިއަން މީހުން ރަށުން ބޭރުކޮށް ފައްސައިލައިފައެވެ. މި އޭޖެންސީ ބުނާގޮތުގައި ޣައްޒާގެ ޢިމާރާތްތަކާއި ބިނާތަކުގެ ތެރެއިން 149 ބިނާއެއް ވަނީ ބިމާ ހަމަކޮށް ނައްތައިލައިފައެވެ.  ޣައްޒާގެ މުޅި އާބާދީއަކީ 2.3 މިލިއަނެވެ.

އަންރުވާގެ އެކްސްގައި ޝާއިޢުކުރި ތޫރައެއް ބުނާގޮތުގައި މުޅި ޣައްޒާ ވަނީ މުވާޞަލާތުގެ އެންމެހާ ވަސީލަތްތަކުން މަޙްރޫމުކޮށްފައެވެ. އިސްރާއީލުން ބުނާގޮތުގައި މިފަދަ ވަސީލަތްތައް ކަނޑައިލަން ޖެހުނީ އޭގެ މަންފާ ނަގާފާނެތީއެވެ.

މި އެޖެންސީ ބުނާގޮތުގައި އެ އޭޖެންސީން ޚިދްމަތް ދިނުމަށް ބޭނުންކުރާ ބިނާތަކުގެ ތެރެއިން 48 ބިނާއެއް ވަނީ ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައެވެ. 

މި އޭޖެންސީ ބުނާގޮތުގައި ވޭތުވެދިޔަ 10 ދުވަހު އެ އޭޖެންސީއަށް ވަނީ އެ އޭޖެންސީގެ މުވައްޒަފުންނާއެކު މުޢާމަލާތު ކުރެވޭނެ ވަސީލަތެއް ނެތި ގުޅުން ކެނޑިފައެވެ. 

އަންރުވާގެ ބަޔާން ބުނާގޮތުގައި އެ އޭޖެންސީގެ ފަޅުވެރީންގެ ތެރެއިން ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ދެ މުވައްޒަފަކު ވަނީ ޒަޚަމުވެގެން މަރުވެފައެވެ. މި އޭޖެންސީ ބުނާގޮތުގައި އެ އޭޖެންސީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 79 މީހަކު ވަނީ އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން މަރުވެފައެވެ. އަދި އިތުރު 24 މީހަކު ވަނީ ޒަޚަމުވެފައެވެ.

އަންރުވާގެ ބަޔާން ނިންމައިލަމުން ބުންޏެވެ. "ޣައްޒާގެ ރައްޔިތުން ތިބީ މުޅި ދުނިޔެއާ އެކަހެރިކޮށް ވިއްސިވިހާލިކޮށްލައިފައެވެ. ކަރަންޓް ކަނޑައިލުމުގެ ސަބަބުން އެ މީހުންނަށް ރޭގަނޑެއް ދުވާލެއް ވަތްކެއްނުވެއެވެ."

މިއަދަކީ އިސްރާއީލުގެ ނިރުބަވެރި ޢުދްވާނުގެ 30 ވަނަ ދުވަހެވެ. މިހާތަނަށް މި ޢުދްވާނުގެ ސަބަބުން 9,770 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި 4,800 ކިޑަކުދިންނާއި 2,550 އަންހެނުން ވެއެވެ. އިދްތރާއީލުގެ އެއްގަމާއި ކަނޑާއި ވައިގެ ޙަމަލާތަކުގެ ސަބަބުން 24 ހާސް މީހުން ވަނީ ޒަޚަމުވެފައެވެ. ޣައްޒާގެ އްިތުރަށް އިސްރާއީލު ސިފައިން ހުޅަނގު އައްސޭރިއަށް އަރައި ދެމުންގެންދާ ޢުދްވާނީ ޙަމަލާތަކުގެ ސަބަބުން 153 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި 2,080 މީހުން ވަނީ ހައްޔަރުކޮށް ރަހީނުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *