ޙަމާސުން އަސީރުކޮށްފައި ތިބި އިސްރާއީލު ސިފައިންގެ ޢަދަދަކީ 199 ކަމަށް އިސްރާއީލުގެ ޢަސްކަރިއްޔާއާ ޙަވާލާދީ އިސްރާއީލުގެ ދުވަހު ނޫސް ހާ އާރްތިސް ބުނެފިއެވެ. އެ މީހުންނާ ބެހޭ މަޢުލޫމާތު އެ މީހުންގެ ޢާއިލާތަކަށް ދީފައިވާނޭ ކަމަށް އިސްރާއީލު ސިފައިން ބުންޏެވެ.
އިސްރާއީލު ސިފައިންގެ ތަރްޖަމާނު ޑެނިއަލް ހެގަރީ އިސްރާއީލު ރޭޑިއޯއަށް ދެއްވި ބަޔާނެއް ބުނާގޮތުގައި މި ދިޔަ ހަފުތާގައި ޙަމާސުން ދިން އަޤްޞާ ޠޫފާނުގައި އިސްރާއީލުން މަރުވި މީހުންގެ ޖުމްލައަކީ 1,300 އެވެ.
ހެގަރީ ވިދާޅުވި ގޮތުގައި ޙަމާސުން ހައްޔަރުކޮށްފައި ތިބި މީހުން ތިބި ތަންތަން އިސްރާއީލަށް އެނގެއެވެ.
ޙަމާސުން ބުނާގޮތުގައި ޣައްޒާއަށް އަޅަމުންދާ ބޮންތަކުގެ ސަބަބުން މިހައިތަނަށް އިސްރާއީލުގެ 22 އަސީރުން ވަނީ މަރުވެފައެވެ. ޙަމާސުން ބުނާގޮތުގައި އެހެން މީހުން ތިބީ ޙަމާސްގެ ބިންގަރާސްތަކުގައި އަމާންކަމުގެ ތެރޭގައެވެ.



advertisment