Support Us

ޣައްޒާ ހިފަން ބޭނުމެއް ނޫން: އިސްރާއީލް

އިސްރާއީލުން ޣައްޒާ ހިފަން ބޭނުންނުވާ ކަމަށް އދގައި ހުންނަވާ އިސްރާއީލުގެ މަންދޫބު ޖިލްޢާދު އިރްދާން ވިދާޅުވެއްޖެ ކަމަށް ސީއެންއެނުން ބުނެފިއެވެ. އެހެނަސް އޭނާ ވިދާޅުވި ގޮތުގައި ޙަމާސް ނައްތައިލުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް އިސްރާއީލުން ކުރާނެއެވެ.

ޙަމާސުން އިސްރާއީލަށް ދިން އަޤްޞާ ޠޫފާނާ ވިދިގެން އިސްރާއީލުން ވަނީ ޣައްޒާ ތަޅުލައި ޣައްޒާއިން ފެނާއި ކަރަންޓާއި ގޭހާއި ހަކަތަ ކަނޑައިލައިފައެވެ.  

އިސްރާއީލުގެ މަންދޫބު ވިދާޅުވިއެވެ. "އަހުރެމެން ޣައްޒާ ހިފާކަށް ބޭނުމެއް ނޫނެވެ. އަދި ޣައްޒާއަށް އަރައި ދާއިމީ ސިފައެއްގައި ތިބޭކަށް ވެސް ބޭނުމެއް ނޫނެވެ. އެހެނަސް އަހުރެމެން މި ހަނގުރާމަ ކުރަނީ އަހުރެމެންގެ ދެމިއޮތުމަށް ޓަކައެވެ. ރައީސް ބައިޑްން ވިދާޅުވި ފަދައިން މި ކަން ކުރެވޭނީ ޙަމާސް ނައްތައިލައިގެންނެވެ. އެކަމަށް ޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް އަހުރެމެން ކުރާނަމެވެ."

ޖަރްމަނުގެ މުސްތަޝާރު އިސްރާއީލަށް

ޖަރްމަނުގެ ޓީވީ އެން ޓީވީ ބުނާގޮތުގައި ޖަރްމަނުގެ މުސްތަޝާރު އޮލާވް ޝުލްޓްސް މާދަމާ އިސްރާއީލަށް ވަޑައިގަންނަވާނެއެވެ. އެއީ އިސްރާއީލުން ޙަމާސާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ޖަރްމަން ތާއީދު ކުރާކަން ހާމަކުރެއްވުމަށް ޓަކައެވެ. އަދި ޖަރްމަނު އިސްރާއީލާއެކު އެއްބާރުލާކަން ދެއްކެވުމަށް ޓަކައެވެ.

ޖަރްމަނުގެ ޚާރިޖީ ވަޒީރާ އަނަލީނާ ބަރބޮކް ވަނީ މިދިޔަ ހަފުތާގައި އިސްރާއީލަށް ވަޑައިގެން އިސްރާއީލަށް ތަޢުޒިޔާ ވިދާޅުވެ އިސްރާއީލާއެކު ޖަރްމަނުގެ ރައްޔިތުން ތިބިކަން ހާމަކުރައްވައިފައެވެ. އޭނާ ޣައްޒާ ކައިރީގައި ހަދައިފައިވާ ޔަހޫދީ އާބާދީ ނަތީފޫތަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "މި ބިރުވެރި ދުވަސްތަކުގައި އަހުރެމެން މި ތިބީ އިސްރާއީލާ އެކުގައެވެ. އަހުރެމެންނަކީ މިއަދު އިސްރާއީލީންނެވެ." 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *