Support Us

އިންސާނީ އެހީގެ ޤާފިލާތައް ރަފަޙު ހުރަސް މަގު ހުޅުވާނެ ވަގުތެއްގެ އިންތިޒާރުގައި

އިންސާނިއްޔަތަށް ޓަކައި ހަނގުރާމަ ހުއްޓުމާ ބެހޭ އެއްބަސްވުމެއް ނެތް: އިސްރާއީލާއި ޙަމާސް

ޣައްޒާގެ ދެކުނު ސަރަޙައްދުގައި ބަންދުވެފައި ތިބި ބޭރު މީހުންނަށް މިޞްރަށް ވަދެވޭނެ ދޮރު ހުޅުވައިދިނުމަށާއި ޣައްޒާއަށް ބޭނުންވާ އިންސާނީ ޟަރޫރީ އެހީ އެތެރެކުރުމަށް ޓަކައި ފަސް ގަޑިއިރަށް ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލު އެއްބަސްވެއްޖެ ކަމަށް މިޞްރާއި އެމެރިކާއިން ބުނިނަމަވެސް މި ފަދަ އެއްބަސްވުމެއް ނެތްކަމަށް އިސްރާއީލުންނާއި ޙަމާސުން ބުނެފިއެވެ.

ޖަޒީރާއާއި ބީބީސީ އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހާ ޙަވާލާދީ ބުނިގޮތުގައި ޣައްޒާގައި ބަންދުވެފައި ތިބި ބިދޭސީން މިޞްރަށް ގެންދިޔުމަށާޢި ޣައްޒާއަށް އިންސާނީ އެހީ ވެއްދުމާ ބެހޭގޮތުން އިސްރާއީލާއެކު އެއްބަސްވުމެއް ނެތެވެ. 

ޣައްޒާގެ މީޑިއާ އޮފީހުގެ ވެރިޔާ ސަލާމާ މަޢުރޫފް ވިދާޅުވާގޮތުގައި  ރަފަޙު ހުރަސްމަގު ހުޅުވުމާ ބެހޭގޮތުން މިޞްރުން މިއަދު ގުޅައިފައެއް ނުވެއެވެ. 

ޣައްޒާއިން ބޭރަށް ގެންދަންވެގެން އެމެރިކާއިން މި އުޅެނީ އެމެރިކާގެ ރައްޔިތުން ކަމަށް ޚަބަރު ލިބެއެވެ.

އިސްރާއީލުން ވަނީ މީގެ 10 ދުވަސް ކުރިން ޣައްޒާއިން ފެނާއި ކަރަންޓާއި ގޭހާއި ހަކަތަ ކަނޑައިލައިފައެވެ. ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކަކުން ދަނީ މި ކަން ކުށްވެރިކުރަމުންނެވެ. އެއީ އިންސާނީ އަސާސީ ޟަރޫރަތަކަށް ވާތީ އެ ކަން ނުކުރެވޭނެކަމަށް އދ އިން ބުނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އެމެރިކާގެ އެއްވެސް މީހަކު ނިކުތުމަށް އެއްބަސްވެގެން ނުވާނެ. އެމެރިކާ މީހުން އެއީ އިންސާނުންނަށް ވާފަދައިން ދެންވެސްތިބީ އިންސާނުން. އެހެންމީހުންގެ ޙާލާމެދު ކަންބޮޑުނުވާ ބައެއްގެ ރައްޔިތުންނާމެދު އަހަރެމެންގެ ހިތް މަޑުފުށްގަނޑަކަށް ހަމަހިލާ ނުވާނެ. މިނެދޭ ނާޅިން މިނަން ދަސްކޮށްގެން ހަމަހަމަ އިންސާފަކަށް ދެވޭނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *