Support Us

އިސްރާއީލުން އަރައިފިނަމަ ޣައްޒާ ވާނީ އިސްރާއީލުގެ ގަބުރުސްތާނަކަށް: އީރާން

އިސްރާއީލުން ޣައްޒާއަށް އަރައިފިނަމަ އެ ބިން ވާނީ އެމީހުންގެ ގަބުރުސްތާނަކަށް ކަމަށް އީރާނުގެ ޚާރިޖީވަޒީރު ޙުސައިން އަމީރު ޢަބްދުﷲޔާން  ޖަޒީރާއާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

"ޞިހްޔޫނީ ކިޔާނުން ޣައްޒާއަށް ވަދެއްޖެނަމަ ފަލަސްޠީނުގެ މުޖާހިދުންގެ އިސްވާރުން އިސްރާއީލު ސިފައިންގެ ގަބުރުސްތާނަކަށް ޣައްޒާ ހައްދަވާނެއެވެ. އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތައް ހުއްޓުވުމުގައި ކާމިޔާބު ނުލިބިއްޖެނަމަ ހަނގުރާމައިގެ މައިދާން ފުޅައުވެގެންދާނެއެވެ. އެއީ ދުރު ކަމެއްނޫނެވެ. ފާއިތުވާ ކޮންމެ ގަޑިއެއް ފާއިތުވެގެންދަނީ އެ މައިދާނާ އަހުރެމެން ކައިރިކުރަމުންނެވެ."

އީރާނުގެ ޚާރިޖީވަޒީރު އަދިވެސް ވިދާޅުވިއެވެ. "ޞިހްޔޫނީ ކިޔާނަށް ވާގިވެރިވާ ފަރާތްތައް މެދުވެރިކޮށް އަހުރެމެން އަންގައިފައިވާނީ ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ނުހުއްޓުވައިފިނަމަ މާދަން އޮންނާނީ މާ ލަސްވެފައެވެ. ސިޔާސީ މަސައްކަތްތަކުގެ ސަބަބުން ހަނގުރާމަ ފުޅައުވެގެން ނުދާނެކަމަށް އުންމީދުކުރަމެވެ. ކުރިއަށް އޮތް ގަޑިތަކުގައި ހިނގާނެ ކަންތައްތައް ހަމަ އެކަކަށް ވެސް ނޭނގެއެވެ. މިއަދުގެ ޙާލަތުގެ ކުރިމަތީގައި އީރާނަށް މަންޒަރު ބަލާކަށް ނޯވެވޭނެއެވެ."

ޚާރިޖީވަޒީރު ޙުސައިން އަމީރު ޢަބްދުﷲޔާން

ލުބްނާނުގައި ޙަސަން ނަޞްރުﷲއާ ބައްދަލުކުރަމުން ހުރިހާ ސީނާރިއޯއެއް މޭޒުމަތީގައި އެބަ އޮތްކަމަށް އޭނާ އަށް ދެންނެވިން ކަމުގައިވެސް އީރާނުގެ ޚާރިޖީވަޒީރު ވިދާޅުވިއެވެ.

"އިސްރާއީލާއި އެމެރިކާއިން މި ސިޔާސަތު ހުއްޓައި ނުލައިފިނަމަ ހަނގުރާމައިގެ ދާއިރާ ފުޅައުވެގެން ދިޔުން ހުއްޓުވައެއް ނުލެވޭނެއެވެ. ފަލަސްޠީނުގެ މުޖާހިދުންނަށް ބަލާއއިރު އަސީރުންގެ މައުޟޫޢަކީ ރަތްރޮނގެވެ. އެހެނަސް މަދަނީ އަސީރުންގެ މަސްއަލަ ދަނީ ދިރާސާކުރަމުންނެވެ. ޢުދްވާނު ކުރިއަށް ދާދިޔުމާއި ސިޔާސީ ޙައްލު ޣައިބުވެފައިވާ ވުމަކީ އަލިފާނަށް އިތުރަށް ތެޔޮ ޖެހުންފަދަ ކަމެކެވެ. ކޮންޓްރޯލުން ނެއްޓިގެންދާ ތަން ވަރަށް އަވަހަށް ފެނިދާނެއެވެ." އޭނާ ވިދާޅުވިއެވެ.

"ޙިޒްބުﷲ އިން ރަތް ރޮނގުތަކުގެ ހުރިހާ ފިޔަވަހިތަކެއް ވަނީ ވަރަށް ރަނގަޅަށް ކަނޑައަޅައިފައެވެ. ކޮންމެ ފިޔަވައްސެއްގައި އެ ފިޔަވައްސަކާ އެކަށީގެންވާ ގޮތަށް ޙަރަކާޔްތެރިވާނެއެވެ. ޞިހްޔީނީންނަށް އަހުރެން ބުނަމެވެ. ހަނގުރާމަ ކުރަން ބޭނުންނަމަ ޢަސްކަރީންނާ ހަނގުރާމަ ކުރާށެވެ.ކުޑަ ކުދީންނާއި އަންހެނުންނާ ނުކުޅޭށެވެ. އެއީ ވަރަށް ފިނޑި ކަމެކެވެ. ނަތަންޔާހޫއަށް އުންމީދުތަކަކާއި ހުވަފެންތަކެއް ވެއެވެ. މިހާރު އެ ހުރީ އަނގަ ބަންދުވެފައެވެ. ވޮޝިންގްޓަނުން އެ ނުކުތީ އިސްރާއީލުގެ ބުދުކޮއްކޮ ސަލާމަތްކުރާށެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *