Support Us

އީރާނުގެ ވަރުގަދަ އިންޒާރެއް އިސްރާއީލަށް

އިސްރާއީލުން ހުއްޓައިނުލައި ޣައްޒާއަށް ބޮންއަޅަމުންދާނަމަ އެ ކަމުގެ ތެރެއަށް އީރާނަށް ވަންނަން މަޖްބޫރުވެދާނެކަން އިސްރާއީލަށް އަންގައި އީރާނުން އިންޒާރެއް ދީފިއެވެ.

އެމެރިކާގެ އެކްސިއޯސް ނެޓް ބުނާގޮތުގައި އިރާނުން މި މެސެޖް އިސްރާއީލަށް ފޮނުވީ އދ ތެރެއިނެވެ.

އީރާނުން ބުންޏެވެ. "އިތުރަށް މަސްއަލަ ހޫނުކުރާކަށް ބޭނުމެއް  ނޫނެވެ. އެހެނަސް އިސްރާއީލުން މެދުކަނޑައިނުލައި ޣައްޒާއަށް ޙަމަލާދެމުންދާނަމަ އެ މަސްއަލައިގެ ތެރެއަށް އީރާނަށް ވަންނަން މަޖްބޫރުވެދާނެއެވެ."

އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުﷲޔާން މި އިންޒާރު ދެއްވިއިރު އެމެރިކާގެ ރައީސް ބައިޑްން ވަނީ އީރާނަށާއި ޙިޒްބުﷲއަށް ހަނގުރާމައިގައި ބައިވެރިނުވުމަށް އަންގަވައި އިންޒާރު ދެއްވައިފައެވެ. އެމެރިކާއިން މިހާރު ވަނީ މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ ސަރަޙައްދަށް މަތިންދާބޯޓު އުފުލާ ދެ މަނަވަރު ފޮނުވައިފައެވެ. 

އީރާނުގެ ޚާރިޖީވަޒީރު ޢަބްﷲޔާން އިއްޔެ ބައިރޫތަށް ކުރެއްވި ދަތުރުފުޅުގައި މެދުއިރުމައްޗަށް އދން ކަނޑައަޅައިފައިވާ މަންދޫބު ޓޯރ ވިންސްލެންޑާ ބައްދަލުކުރެއްވިއެވެ. ޣައްޒާ ހަނގުރާމަ އިތުރަށް ފުޅައުވެގެންދިޔަ ނުދިނުމަށް އީރާނުން މަސައްކަތްކުރުމަށް ވިންސްލެންޑް އީރާނުގެ ވަޒީރަށް ދެންނެވިއެވެ.

އީރާނުގެ ވަޒީރު ޢަބްދުﷲޔާން ދެންނެވިއެވެ. "އީރާނުން މި މަސްއަލަ ސަރަޙައްދީ ހަނގުރާމައަކަށް ބަދަލުވެގެންދާކަށް ނޭދެއެވެ. އެހެނަސް އީރާނަށް ރަތްރޮނގުތަކެއް ވެއެވެ. އިސްރާއީލުން ޢަސްކަރީ ޙަމަލާތައް ކުރިއަށް ގެންދާނަމަ ޚައްޞަކޮށް ޣައްޒާއަށް އިސްރާއީލު އަރައިފިނަމަ އީރާނަށް ރައްދުދިނުން މަޖްބޫރުވެގެންދާނެއެވެ."  

އދގެ މަންދޫބު ވަގުތުން އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ތަސާޙީ ހަންގްބީ އާއި އެހެން މަސްއޫލުވެރިންނާ ގުޅުއްވާ އީރާނުގެ މެސެޖު ދެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *