Support Us

ޣައްޒާއިން ފަލަސްޠީނު މީހުން ނުބޭލޭނެ: އދ.

.ޣައްޒާގެ ރައްޔިތުން ހަނގުރާމައިގެ މަގަކުން ލައިފާ ފެނާއި ކާބޯތަކެއްޗާއި ބޯހިޔާވަހިކަމެއް ނެތް ތަނަކަށް  ގެންދިޔުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި އަދި ކުރެވޭނެކަމެއް ނޫންކަމަށް އދގެ އަމީން ޢާންމު އެންޓޯނިޔޯ ޣުޓްރެޝް ވިދާޅުވެއްޖެއެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ރޭ ބުނިގޮތުގައި ޣައްޒާއަށް އިސްރާއީލުން އޮއްސަމުންދާ ޢުދްވާނީ ބޮންތަކުގެ ސަބަބުން މިހާތަނަށް 1،900 މީހުން ޝަހީދުވެ 7،696 މީހުން ވަނީ ޒަޚަމުވެފައެވެ. 

އިސްރާއީލުން ވަނީ ޣައްޒާގެ އުތުރުގައި ދިރިއުޅޭ 1.1 މިލިއަން  މީހުންނަށް ޣައްޒާގެ ދެކުނަށް ފޭބުމަށް އަމުރުކޮށް އެކަމަށް 24 ގަޑިއިރުގެ މުހްލަތެއް ދީފައެވެ. ރެފިޔުޖީންނާ ބެހޭ އދ ގެ ޖަމްޢިއްޔާ އޮންރުވާ ބުނާގޮތުގައި މި ކަމެއް ނުކުރެވޭނެއެވެ. 

މެދުއިރުމަތީގެ މިއަދުގެ ޙާލަތާ ބެހޭގޮތުން ރޭ ބެއްވުނު ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ޣުޓްރެޝް ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ހަނގުރާމައިގެ ސަރަޙައްދެއްގެ ތެރެއިންލައިފައި މިލއަނަކަށްވުރެ ގިނަ ބަޔަކު ފެނާއި ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ނެތް ތަނަކަށް ގެންދިޔުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އަދި އެއީ ކުރެވިދާނެ ކަމެއް ވެސް ނޫނެވެ."

އޭނާ ވިދާޅުވިގޮތުގައި ހަސްފަތާލުތައް ހުރީ ވީރާނަވުމުގެ ތުންފަތްމަތީގައެވެ. މި ހަސްފަތާލުތަކުގައި އޮޕަރޭޝަން ތިޔޭޓަރުތައް ހުރީ ހަށިތަކުން ފުރި ބާރުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ 11 މީހަކު ވަނީ މަސައްކަތުގައި އުޅެނިކޮށް މަރުވެފައެވެ.

ޣުޓަރެޝް ވިދާޅުވިއެވެ. "އދގެ މުވައްޒަފުންނާއި އަހުރެމެންގެ ބައިވެރިން ރެއާއި ދުވާލު ޣައްޒާގައި ދަނީ މަސައްކަތް ކުރަމުންނެވެ."

އޭނާގެ ވާހަކަފުޅުގައި އދގެ މީހުންގެ ތެރެއިން މަރުވި މީހުންނާމެދު ހިތާމަ ފާޅުކުރެއްވިއެވެ.

ޣުޓަރެޝް ހާމަކުރެއްވި ގޮތުގައި އޭނާ މި ދަނީ އެ ސަރަޙައްދުގެ ވެރިންނާ ދާއިމީ ސިފައެއްގައި ގުޅުއްވަމުންނެވެ. 

އދ ގެ އަމީން ޢާންމު ވިދާޅުވިގޮތުގައި ނޫ ރޮނގު ހުރަސްކޮށް ހަނގުރާމައިގެ ޢަމަލުތައް ބަދަލުކުރުމަކީ އެކަމާމެދު ވަރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. 

އޭނާ ވިދާޅުވިގޮތުގައި ޣައްޒާ ވަނީ އިންސާނީ އެހީތަކަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ. ފެނާއި ކާބޯތަކެއްޗަށް ބޭނުންވެފައިވާ މީހުންނަށް މި އެހީ ތަނަވަސްކޮށްދެވެން ޖެހޭނެއެވެ. 

ޣުޓަރެޝްގެ ވާހަކަފުޅުގައި މަދަނީން ޙިމާޔަތް ކުރުމަށާއި އެމީހުން އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުން ނުކުރުމަށާއި ރަހީނުންތައް ވަގުތުން ދޫކޮށްލުމަށް ގޮވައިލެއްވިއެވެ. 

އަނެއްކޮޅުން ރޮއެޓަރޒް ބުނާގޮތުގައި ރަޝިޔާއިން ދަނީ ސަލާމަތީ މަޖިލީހަށް ޤަރާރެއް ހުށައެޅުމަށް ތައްޔާރުވަމުންނެވެ. މި ޤަރާރު އިސްރާއީލަށާއި ޙަމާސަށް އިންސާނިއްޔަތަށް ޓަކައި ހަނގުރާމަ ހުއްޓައިލުމަށް ގޮވާލައިފާ ވެއެވެ. އަދި ހުރިހާ ބާވަތެއްގެ ނިރުބަވެރި ޢަމަލުތަކާއި މަދަނީންނާ ދެކޮޅަށް ހިންގޭ ހަރުކަށި ޢަމަލުތައް ކުށްވެރިކޮށްފައި ވެއެވެ. 

އެންމެ ޞަފްޙާއެއް ހިމެނޭ މި ޤަރާރު ރަހީނުން ދޫކޮށްލުމަށާއި އިންސާނީ އެހީތައް ލިބޭނެ މަގުތަނަވަސްކޮށްދިނުމަށާއި ފައިބަން ބޭނުންވާ މީހުންނަށް އަމާންކަމާއެކު ފޭބޭނެ ގޮތް ތަނަވަސްކޮށް ދިނުމަށް ގޮވައިލައިފާ ވެއެވެ.  

ޑިޕްލޮމެޓުން ވިދާޅުވާ ގޮތުގައި ރަޝިޔާއިން އިއްޔެ ވަނީ މި ޤަރާރުގެ ދެލިކޮޕީ ސަލާމަތީ މަޖިލީހުގެ ރިޔާސަތާ ޙަވާލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް