Support Us

އިސްރާއީލު: ޣައްޒާ ޙަމަލާ ދިގުލައިގެން ހިނގައިދާނެ

ޣައްޒާ ޙަމަލާ ދިގު ޙަމަލާއަކަށް ވެދާނެކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު ޔޫއާފް ގެލަންޓް ވިދާޅުވެއްޖެއެވެ.

"މި ޙަމަލާ ވަރަށް ވަރުގަދަ ޙަމަލާއަކަށް ވާނެއެވެ. އަދި އޭގެ ސަބަބުން ދާއިމީ ބަދަލުތަކެއް ވެސް އަންނާނެއެވެ." އެމެރިކާގެ ދިފާޢީ ވަޒީރު ލުވިޑް އޮސްޓަނާއެކު ތައްލު އަބީބުގައި ނޫސްވެރިންނާ ބައްދަލު ކުރައްވަމުން ގެލެންޓް ވިދާޅުވިއެވެ. "އަހުރެމެންގެ ކުރިމަތީގައިވާ މަގު ވަރަށް ދިގެވެ. އިސްރާއީލަށް ނަޞްރު ލިބޭނެއެވެ."

ގެލެންޓް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަހުރެމެން ޙަމާސް ބަލިކޮށް ބިންމައްޗަށް ވައްޓައިލާނަމެވެ. އެމީހުންގެ ޢަސްކަރީ ބާރުވެރިކަމާއި ޤާބިލުކަން ކުދިކުދިކޮށް ސުންނާފަތިކޮށްލާނަމެވެ."

ގެލެންޓް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އީރާނާއި ޙިޒްބުﷲއާއި ޙަމާސަކީ އެއް ނާރެހެކެވެ. އީރާނުން ޙަމާސްގެ ޙަމަލާއަށް އެއްބަސްވުމަކީ އަހުރެމެން ބަލާނެ ކަމެއް ނޫނެވެ. މި ވިސްނުމަކީ އީރާނުގެ ވިސްނުމެކެވެ. ޚިޔާލަކީ އީރާނުގެ ޚިޔާލެކެވެ. މި ކަމުގައި ޝައްކެއް ނެތެވެ."

އޭނާގެ ވާހަކަފުޅުގައި އެމެރިކާއިން އިސްރާއީލަށް ދެމުންގެންދާ އެހީތަކާއި ވާގިވެރިކަމަށް ތާރީފު ކުރައްވާ އެމެރިކާއަށް ޝުކްރު އަދާކުރެއްވިއެވެ.

އޭނާ ވިދާޅުވިއެވެ. "އެމެރިކާއިން އަހެރެމެންނަށް ދެމުންދާ އެހީއާއި މަދަދާއި އަހުރެމެންނާއެކު އެމެރިކާ އޮތްއޮތުމުގެ ސަބަބުން އަހުރެމެންގެ ބާރުތައް ވަނީ ވަރުގަދަ ވެފައެވެ. އަހުރެމެން ހިންގަން ބޭނުންވާ ޢަމަލުތައް ހިންގުމުގެ މިނިވަންކަން ވަނީ ޖާމިނުވެފައެވެ."

އޮސްޓަން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ޙަމާސްގެ ޢަމަލުތައް އަހުރެމެންނަށް ހަނދާންކޮށްދެނީ ދާޢިޝްގެ ނިރުބަވެރިކަމެވެ."

އޭނާ އިތުރަށް ވިދާޅުވިއެވެ. "ޙަމާސަކީ ފަލަސްޠީނު ރައްޔިތުންގެ ފަރާތުން ބަސްބުނާ ބައެއްނޫނެވެ. އަދި އެއީ ފަލަސްޠީނުގެ މަޞްލަޙަތަށް ޓަކައި މަސައްކަތް ކުރާ ބައެއްވެސް ނޫނެވެ."

އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި އެމެރިކާއިން އިސްރާއީލަށް ދޭ އެހީއަކީ ދާއިމީ ސާބިތު އެހީއެކެވެ. "އޭނާ ވިދާޅުވިއެވެ. "އިސްރާއީލުގެ އަމިއްލަ ނަފްސު ޙިމާޔަތް ކުރުމަށް ބޭނުންވާ ހުރިހާ އެއްޗެއް އެމެރިކާއިން އިސްރާއީލަށް ޖާމިނުކޮށްދޭނެއެވެ."

އެމެރިކާގެ ދިފާޢީ ވަޒީރު ވިދާޅުވިގޮތުގައި "އިސްރާއީލަށް ބޭނުންވާ ވަޒަނާއި އުންޑައާއި ރޮކެޓްފަދަ ޢަސްކަރީ ހަތިޔާރުތަކާއި އާލަތްތައް އިސްރާއީލަށް އޮހެމުންދާނެއެވެ. ޕެންޓަގަން އޮތީ މި ކަމަށް ތައްޔާރުވެގެންނެވެ. ޕެންޓަގަނުން އިސްރާއީލަށް ބޭނުންވާ އިތުރު ހަތިޔާރުތައް އިސްރާއިލަށް ފޮނުވައިދޭނެއެވެ."

އޮސްޓަން ވިދާޅުވިގޮތުގައި އެމެރިކާގެ މިހާ ގާތް ބައިވެރިއަކަށް ޙަމަލާއެއް ދޭން އުޅޭކަމުގެ އިޝާރާތެއް ލިބުނުނަމަ ވަގުތުން އެކަން އިސްރާއީލަށް އަންގާނެތެވެ.

އޮސްޓަން ވިދާޅުވިއެވެ. "ޙަމާސުން އަސީރުކޮށްފައި ތިބި މީހުން މިނިވަންކުރުމަށް ޓަކައި ގުޅިގެން މަސައްކަތް ކުރާނަމެވެ. ޙަމާސުން ރަހީނު ކޮށްފގައިވާ މީހުންގެ ޢައިލާތަކާއެކު އެމެރިކާއިން އެއްބާރުލާނެއެވެ."

އޮސްޓަން ވިދާޅުވިއެވެ. "މިއީ ވަކި ފަރާތަކަށް ނުޖެހި ތިބެންވީ ވަގުތެއްނޫނެވެ. ޙަމާސުގެ ޢަމަލުތަކަށް ދެއްކޭނެ ޢުޒްރެއް ނެތެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް