ޣައްޒާގެ އުތުރުގައި ދިރިއުޅޭ 1.1 މިލިއަން މީހުން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ދެކުނަށް ބޭލުމަށް އިސްރާއީލު ސިފައިން އަމުރުކޮށްފި ކަމަށް އދ އިން ބުނެފިއެވެ. އެހެނަސް ޢިއްޒުއްދީނުލްޤައްސާމު ފައުޖު ބުނާގޮތުގައި ހަނގުރާމައިގެ ބިމުގައި ބާރު އޮތީ އެމީހުންނަށެވެ.
ޤައްސާމު ފައުޖުގެ ތަރްޖަމާނު އަބޫ ޢުބައިދާ ވިދާޅުވިއެވެ. "އަހުރެމެންގެ ރައްޔިތުން އެމީހުންގެ ބިމުން ދެ ފަހަރަށް ބޭލޭވަރަށްވުރެ ދުޝްމަނުން މާ ފިނޑިއެވެ. އަދި މާ ނިކަމެއްޗެވެ. އަހުރެމެން މިއަދު ޢަސްޤަލާނަށް 150 ރޮކެޓް އަދި ސަދީރޫތަށް 50 ރޮކެޓް ފޮނުވައިލީމެވެ. ބެންގޯރިއަން ވައިގެ ބަނދަރަށް ޙަމަލާދިނީމެވެ. އަހުރެމެންގެ އަތުގައި ހުރި ހަތިޔާރު މާ ގިނައެވެ. އަހުރެމެންގެ ބިން ހިފައިގެން އޮތް ޢަދުއްވުންނަށް ބުނެލާނީ ބިން ދޫކޮށް ހިޖްރަކުރުމަކީ އަހުރެމެންގެ ބަސްފޮތުގައި އޮތް ލަފުޒެއް ނޫނެވެ."
އިސްރާއީލުން ކުރަނީ ހަނގުރާމައެއް ނޫން ހިންގަނީ ޖަރީމާތައް
ޙިޒްބުﷲގެ އަމީން ޢާންމުގެ ނައިބު ވިދާޅުވާގޮތުގައި އިސްރާއީލުން ދަނީ އެންމެ އަނިޔާވެރި ބާވަތްތަކުގެ ޤަތުލުތައް ހިންގަމުންނެވެ. އެމީހުން ދަނީ ދާދިވަރުކޮށް ފަލަސްޠީނު މީހުން މަރަމުންނެވެ. އެއީ ޝަހީދުންނެވެ. ޣައްޒާގައި އިސްރާއީލުން ކުރަމުން އެ ދަނީ ހަނގުރާމެއެއް ނޫނެވެ. އެހެނަސް އެ މީހުން ހިންގަމުން އެދަނީ ނިރުބަވެރި ޖަރީމާތަކެކެވެ. އޭނާ ވިދާޅުވި ގޮތުގައި އަޤްޞާ ޠޫފާނުގެ ސަބަބުން އިސްރާއީލުގެ ނިކަމެތިކަން ދުނިޔެއަށް ހާމަވެއްޖެއެވެ. އެމެރިކާ ކައިރިއަށް ރޯތަން ފެނޭ ނޫންހެއްޔެވެ؟ ހުޅަނގުގެ ވާގިވެރީންގެ ގާތަށްގޮސް ސަލާން ޖަހާތަން އެބަ ފެނޭނޫންހެއްޔެވެ."



advertisment