Support Us

އަނދަމުންދާ އަލިފާނުން ހަމަ އެކަކުވެސް ސަލާމަތް ނުވާނެކަމުގެ އިންޒާރު ސީސީ އިސްރާއީލަށް ދެއްވައިފި

ފަލަސްޠީނުގެ ބިން ޚާއްޞަކޮށް ޣައްޒާ ދެކެމުންދާ ނުތަނަވަސްކަމުގައި ޢާންމުން އަމާޒަކަށް ހަދައިފައިވާތީ މިޞްރުގެ ރައީސް އަބްދުލް ފައްތާޙުއް ސީސީ އެކަމުގެ ނުރައްކަލާމެދު ވިސްނުމަށް ގޮވައިލައްވައި އިންޒާރުދެއްވައިފިއެވެ.

އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް ކަށަވެތިވުމަށާއި އަލިފާނުގެ ދާއިރާއިން ކުޑަކުދީންނާއި އަންހެނުން ބޭރަށްލުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ. އޭނާ ހުރިހާ ފަރާތްތަކަކަށް ހެޔޮ ވިސްނުމާއި ބުއްދީގެ ބަހަށް އިސްކަންދިނުމަށް ގޮވައިލެއްވިއެވެ. އަނދަމުންދާ އަލިފާނާ އެއްކިބާވުމަށް ޓަކައި ވާހަކަދެއްކުމުގެ ވަށަލައަށް އެނބުރި ދިޔުމަށް ވެސް ސީސީ ނަސޭހަތްތެރިވެ ވަޑައިގަތެވެ. އޭނާ ވިދާޅުވިގޮތުގައި "އަނދަމުން ފެތުރެމުންދާ އަލިފާންގަނޑުގެ އެނދުމުން އެކަކަށް ވެސް ސަލާމަތެއް ނުވެވޭނެއެވެ. ދުރުމީހެއް ކައިރިމީހެއް ތަފާތެއް ނުކުރާނެތެވެ."

ރައީސް ސީސީ މި މޭރުމުން ރޭ ވާހަކަފުޅު ދެއްކެވީ މިޞްރުގެ ޢަސްކަރީ އެކަޑަމީއާއި ކުއްލިއްޔާތުތަކެގެ ދަސްވެނީންގެ ޙަފްލާގައެވެ. އޭނާ ވިދާޅުވިއެވެ. "ޞުލްޙައަށް  ވާޞިލުނުވެވޭ އެއްވެސް ހަމަނުޖެހުމަކަށް އިތުބާރު ކުރުމަކީ ބޭކާރު ކަމެކެވެ." 

އޭނާ ވިދާޅުވިއެވެ. "މިޞްރުން ހުރިހާ ބުރައެއް މި އަމާޒު ކުރަނީ ދޭތެރެމެދުގައި ހިނގާ ފަރާތެއްގެ ދައުރު އެއްވެސް ޤައިދަކާއި  ޝަރްޠަކާ ނުލައި އަދާކުރުމަށެވެ." 

ސީސީ ވިދާޅުވިއެވެ. "މިޞްރު މަސައްކަތް ކުރަނީ ޞުލްޢަށް ޓަކައެވެ. އެއީ މިޞްރުގެ އިސްތިރާޖީ ޚިޔާރެވެ.ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުން މިޞްރަށް ދޫކޮށެއް ނުލެވޭނެއެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ކެރިފޯރުންތެރިކަން ރައްކައުތެރިކުރުމަށް  މިޞްރުން މަސައްކަތް ކުރާނެއެވެ." 

ރައީސް ސީސީ ބާރުލައްވާ ވިދާޅުވިއެވެ. "ފަލަސްޠީނީންނަށް އެހީވުމުގައި މިޞްރު ދުވަހަކުވެސް އަދި ކުރިމަގުގައި ވެސް ފަހަތަކަށް ނުޖެހޭނެއެވެ. އެހެނަސް ފަލަސްޠީނު މީހުން އެމީހުންގެ ބިމުން ބޭރަށް ނުކުތުމަކީ ފަލަސްޠީނުގެ ޤަޟިއްޔާ ވަޅުލުމެވެ. އެއީ ހުރިހާ ޢަރަބީންގެ ޤަޟިއްޔާއެކެވެ." 

ރައީސް ސީސީ ވިދާޅުވިއެވެ. "މިޞްރުން ދަނީ ނުވަ މިލިއަން ރެފިއުޖީންނަށް މެހެމާންދާރީ އަދާކުރަމުންނެވެ. އެހެނަސް ފަލަސްޠީނު މީހުންނަށް ބަލާއިރު ޙާލަތު ވަރަށް ތަފާތެވެ. އެމީހުން އެމީހުންގެ ބިމުން ބޭރަށް ގޮސްގެން ނުވާނެއެވެ. އެމީހުން އެމީހުންގެ ބިމުން ފައިބައިގެން ނުވާނެއެވެ. އެމީހުންގެ ޤަޟިއްޔާ ދިރުން މަތީގައި އޮންނާނީ އޭރުންނެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް