Support Us

ޙަމާސް ކުށްވެރިކުރުމުގައި ސަލާމަތީ މަޖިލިސް ބައިބައިވެއްޖެ

ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުން ކުއްލިގޮތަކަށް އިސްރާއީލަށް ދިން އަޤްޞާ ޠޫފާން ކުށްވެރިކުރުމުގައި ސަލާމަތީ މަޖިލީހުގައި އެއްބަސްވުމެއް ނެތުމުން އެމެރިކާއިން ހިތާމަފާޅުކޮށްފިއެވެ. ސަލާމަތީ މަޖިލީހުގެ ސިއްރު ޖަލްސާއެއްގައި މި މަސްއަލައާމެދު ސައްލާކުރީ ރޭގައެވެ.

މި ޖަލްސާ ބޭއްވުމަށް އެދުނީ މޯލްޓާއިންނެވެ. މި ޖަލްސާ ފެށުމުގެ ކުރިން ޙަމާސް ވަރަށް ބޮޑަށް ކުށްވެރިކުރުމަށް ސަލާމަތީ މަޖިލީހުގެ މެންބަރުންގެ ކިބައިން އެމެރިކާ އެދުނެވެ.

ޖަލްސާ ނިމުމުން އެމެރިކާގެ މަންދޫބުގެ ނައިބު ވިދާޅުވިއެވެ. "ގިނަ މެންބަރުން ޙަމާސް ކުށްވެރި ކުރިއަސް އިޖްމާޢެއް ނެތެވެ."

އެމެރިކާގެ މަންދޫބު ވުޑް ވިދާޅުވިއެވެ. "މި ޤައުމުތަކުގެ ތެރެއިން އެއް ޤައުމަކީ ކޮބައިކަން އެންމެންނަށް އެނގޭނެއެވެ." އޭނާ މި ދައުލަތުގެ ނަމެއް ވިދާޅެއް ނުވެއެވެ. އެހެނަސް އޭނާ މި އިޝާރާތް ކުރެއްވި ޤައުމަކީ ރަޝިޔާއެވެ.

އެހެންކަމުން ސަލާމަތީ މަޖިލީހުން ބަޔާނެއް ނެރޭނެހެނެއް ހީއެއް ނުވެއެވެ.

އެމެރިކާގެ މަންދޫބު ވަރަށް ކޯފާވެފައި ވިދާޅުވިއެވެ. "އެއީ މިހާރު އެމެރިކާއިން އިސްކަންދޭ ކަމެއް ނޫނެވެ."

މަޖިލިސް ބައިބައިވެފައި

ޑިޕްލޮމެޓުން ވިދާޅުވާ ގޮތުގައި ސަލާމަތީ މަޖިލީހުން ބަޔާނެއް ނެރުމަށް އެއްވެސް މެންބަރަކު ހުށައެއް ނާޅުއްވައެވެ. ފަލަސްޠީނު އިސްރާއީލު އަރާރުންތަކުގައި ސަލާމަތީ މަޖިލިސް އެއްގަލަކަށް އަރައިފައިނުވާ ކަން ފާހަގަ ކުރެވެއެވެ.

ރޫސީ ސަފީރު ވެސްލީ ނެޕެންޒިޔާ ވިދާޅުވިއެވެ. "އަހުރެމެންގެ މެސެޖް ވަރަށް ސާފެވެ. އެއީ ވަގުތުން ހަނގުރާމަ ހުއްޓައިފާ ވާހަކަދެއްކުންތައް ފެށުމެވެ."

ޗައިނާގެ މަންދޫބު ޒަންގް ޖޮން ޢާންމުންނަށް ދެވޭ ޙަމަލާތައް ކުށްވެރު ކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ދެ ދައުލަތުގެ ޙައްލު ގެނައުމަށް ޓަކައި ސުލްޙަޔާ ބެހޭ ވާހަކަދެއްކުންތައް އަވަހަށް ފަށަންވީ ވަގުތު އަތުވެއްޖެއެވެ.

އެންމެ އެދުމެއް

އިސްރާއީލުގެ ސަފީރު ޖިލްޢާދު އިރްދާން ވިދާޅުވި ގޮތުގައި "އިސްރާއީލުގެ އޮތީ ހަމަ އެންމެ އެދުމެކެވެ. ޙަމާސުން އަރައިގެންފައިވާ ޖަރީމާތައް ކުށްވެރިކުރުމެވެ. ސާފު ޞަރީޙު ބަހުން ޙަމާސްގެ ޙަމަލާ ކުށްވެރިކުރެވެން ޖެހޭނެއެވެ."

އދގައި ހުންނަވާ ފަލަސްޠީނުގެ މަންދޫބު ރިޔާޟް މަންޞޫރު އެކަމާމެދު ހިތާމަކުރައްވަމުން ވިދާޅުވިއެވެ. "ޚަބަރުފަތުރާ ބައެއް ވަސީލަތްތަކާއި ސިޔާސީ ބައެއް ބޭފުޅުންނަށް ތާރީޚު ފެނިވަޑައިގަންނަވަނީ އިސްރާއީލު މީހަކު މަރައިލެވޭ ވަގުތުގައެވެ."

މަންޞޫރު ވިދާޅުވިއެވެ. "އަހުރެމެންގެ އިންސާނިއްޔަތުކަމާއި އަހުރެމެންގެ ޙައްޤުތައް އިންކާރު ކުރާ ޚިޠާބުތައް ބަލައެއް ނުގަނެވޭނެއެވެ. އަހުރެމެންގެ ބިންތައް ހިފައިގެން އޮތްއޮތުމާއި އަހުރެމެންގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާތައް ނޭނގޭކަމަށް ދެކޭ ޚިޠާބުތައް ޤަބޫލެއް ނުކުރެވޭނެއެވެ."

އޭނާ ވިދާޅުވިއެވެ. "މި ވަގުތަކީ ބޮޑާކަންމަތީ އިސްރާއީލު ދެމިއޮތުމަށް ވަގުތު ދިނުން މުނާސަބު ވަގުތެއްނޫނެވެ. އިސްރާއީލަށް އެތާނގެ ވަށަލަ ބަދަލުކުރުމުގެ ވަގުތު އަތުވެއްޖެ ކަން އެބަ އަންގަން ޖެހެއެވެ. ފަލަސްޠީނު މީހުން ވެސް އަދި އިސްރާއީލު މީހުން މަރައިލުމެއް ނެތް ސުލްޙައިގެ މަގު ހޯދަން ވެއްޖެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް