Support Us

އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު ދެހާހަށްވުރެ ގިނަ

ހުޅަނގު އަފްޣާނިސްތާނަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 2053 އަށް އަރައިފިއެވެ.

އަފްޣާނިސްތާނަށް މި ބިންހެލުން އައިސްފައިވަނީ ހިރާތު ސަރަހައްދުގެ ވެރިރަށުގެ ހުޅަނގު އުތުރުގައި އޮންނަ ފަރުބަދަމަތީ ރަށްތަކަށެވެ. މި ބިންހެލުމުގެ ބާރުމިނަކީ ރެޚްޓަރު މިންގަނޑުން 6.3 ދަރަޖައެވެ. މި ބިންހެލުމުގެ ސަބަބުން ބައެއް ރަށްތައް ބިމާ ހަމަވެގެން ދިޔައެވެ. މި ބިންހެލުމަށްފަހު އިރްތިދާދީ އިތުރު އަށް ބިންހެލުން އައިސްފައި ވެއެވެ.

މި ބިންހެލުމުގެ ސަބަބުން ފަރުބަދަމަތީ ރަށްތަކުން އެތައް ގެއެއް ވެއްޓުނެވެ. އަފްޣާން ސަރުކާރުގެ ތަރްޖަމާން ބިލާލު ކަރީމީ ފަރަންސޭސި ނޫސް އެޖެންސީއަށް ވިދާޅުވިގޮތުގައި މި ބިންހެލުމުގައި ޝިކާރަވި މީހުންގެ ޢަދަދު ވަރަށް ގިނައެވެ. ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާ ބުނާގޮތުގައި ހިރާތު ސަރަޙައްދުގެ 12 ރަށަކުން 600 ގެ ވެއްޓިފައި ވެއެވެ. އެކަމުގެ ސަބަބުން 4،200 މީހަކަށް އޭގެ ނައްސި އަސަރު ފޯރައިފައި ވެއެވެ. 

އަފްޣާނިސްތާނުގެ ވެރިކަމަށް 2021ގައި ޠާލިބާނުން އައުމާ ވިދިގެން އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަފްޣާނިސްތާނު އޮތީ އިންސާނީ އެހީއަށް ބޭނުންވެފައެވެ.

ހިރާތު ސަރަޙައްދަކީ ވަރަށް ގިނައިން ޤުދްރަތީ ކާރިސާތައް ވަރަށް ގިނައިން އަންނަ ހިސާބެކެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *