Support Us

އަޤްޞާ ޠޫފާނާ ހެދި އިސްރާއީލުގެ ކެބިނެޓް ބައްދަލުވުމެއް ހޫނުވެއްޖެ

ފަލަސްޠީނުގެ މުޖާހިދުން އިސްރާއީލަށް ދިން ކުއްލި ވަރުގަދަ އަޤްޞާ ޠޫފާނު ޙަމަލާއަށް ރައްދު ދިނުމަބެހޭ މަޝްވަރާ ކުރުމަށް ރޭ ބޭއްވި އިސްރާއީލުގެ ކެބިނެޓް ބައްދަލުވުމުގައި ޒުވާބު ގިނަވެ އަރާރުންތައް ހިނގައި ތުހްމަތުތައް ބަދަލުކޮށްފިއެވެ.  

އިސްރާއީލުގެ ސައެންސާބެހޭ ވަޒީރު އޮވިއަރ އޮކިންސް ވިދާޅުވިއެވެ. "ކޮންމެ ރައްޔިތެއްގެ ވެސް ސުވާލަކީ ޖާސޫސީ އިދާރާ ކޮބައިހެއްޔެވެ؟" އެއީ ޖާސޫސީ އިދާރާ މޯސާދުން ފަލަސްޠީނު ހަނގުރާމަވެރިން މިފަދަ ޙަމަލާއެއް ދޭން އުޅޭކަމާބެހޭ އެއްވެސް އިޝާރަތެއް ކޮށްފައި ނުވާތީއެވެ. 

އޭނާއަށް ޖަވާބުދެއްވައި އިޖްތިމާޢީ ކަންތައްތަކާ ބެހޭ ވަޒީރު ޢަމީޙާވީ ޝެކްލީ ވިދާޅުވިއެވެ. "މަޑު އިންނާށެވެ!"  އެހިނދު އެހެން ވަޒީރަކު އޭނާއަށް ރައްދުދެއްވައި ވިދާޅުވިއެވެ. "އަހުރެމެންނާ ދިމާއަށް މަޑުން ތިބޭކަށް ނުބުނެވޭނެއެވެ." 

މުވާޞަލާތާ ބެހޭ ވަޒީރާ ޑެސްޓާލް ވިދާޅުވިއެވެ. "ޢިއްޒަތްތެރި ބޮޑުވަޒީރު ހެނދުނުއްސުރެ އަޅުގަނޑާއެކު އެ އިންނަވަނީ ނެޓްގައެވެ. ގުޅަންވީ ފަރާތެއް ވިދާޅުވެ ދެއްވާށެވެ. އަޅުގަނޑުމެން ކުރަންވީ ކޮން ކަމެއްތޯއެވެ؟"

ފަތުރުވެރިކަމާ ބެހޭ ވަޒީރު ޙާޔީމު ކެޓްސް އޭނާއަށް ރައްދުދެއްވައި ވިދާޅުވިއެވެ. "އަހުރެމެން  ޕްރޮޕެގެންޑާއަކަށް ބޭނުމެއް ނުވެއެވެ. ބޭކާރު ވާހަކައަކަށް ބޭނުމެއް ނުވެއެވެ. އަހެރެމެން ބޭނުންވަނީ ޣައްޒާ ފުޑުފުޑުކޮށްލާށެވެ. ފަންސާސް އަހަރުގެ ތެރޭގައި މި ފަދަ ވަރުގަދަ އެތިފަހަރެއް އަހުރެމެންގެ ގައިގައި އަޅައިފައެއް ނުވެއެވެ. އަހުރެމެން ބޭނުންވަނީ ވަރުގަދަ ބޮނޑިއެއް އަޅާށެވެ."

ޞިއްޙަތާ ބެހޭ ވަޒީރު މޫޝޭ އަރްބީލާ ތިމާވެށްޓާ ބެހޭ ވަޒީރު ޢީދީތު ސުލައިމާނާ ދެމެދުގައި އަރާރުންތަކެއް ހިނގިއެވެ. މަލާމާތުގެ ބަސްތަކެއް ބަދަލުކުރިއެވެ. ވަޒީރާ ސުލައިމާން ވިދާޅުވިއެވެ. "ޞިއްޙަތާ ބެހޭ ވުޒާރާއިން ފުރަތަމަ އެހީ ދިން މަރްކަޒުތަކާ ބެހޭގޮތުން އެއްޗެއް ނުބުނެއެވެ." އެހިނދު އަރްބީލް ވިދާޅުވިއެވެ. "ކަލޭ ބޭނުމިއްޔާ ނައިބު ވަޒީރުކަން ދީފާނަމެވެ." އެހިނދު ސުލައިމާން ވިދާޅުވިއެވެ. "އަހުރެން ބުނަން ބޭނުން ވަނީ އެމީހުން މަސައްކަތް ނުކުރާ ވާހަކަ އެވެ."   

ހަރުކަށި މާލީ ވަޒީރު ސުމުތުރިޗް ވިދާޅުވިއެވެ. "އަހުރެމެން ހިތް ހަރު ބަޔަކަށް ވާން އެބަޖެހެއެވެ. ޙަމާސްގެ އަތްދަށުވެފައިވާ އިސްރާއީލުގެ އެތައް ބަޔަކު ސަލާމަތް ކުރުމަށް ޓަކައެވެ."

ޙަމާސްގެ ޢަސްކަރީ ފިޔަ ޤައްސާމު ފައުޖު ބުނާގޮތުގައި މިއަދު ފަލަސްޠީނު ހަނގުރާމަވެރީންނާ އިސްރާއީލު ސިފައިންނާ ދެމެދުގައި ޔަހޫދީ އެތައް އާބާދީތަކެއްގައި ހަނގުރާމަ ހިނގަމުން އެބަ ދެއެވެ. އޭގެތެރޭގައި އޮފަކައިމާއި ސަދީރޫތާއި ޔާދު މަރްދަޚާއި އާއި ކައްފާރު ޢައްޒާ އާއި ބައީރީއާއި ޔަތީދާއި ކިސޯވީމު ވެއެވެ. ޤައްސާމު ފައުޖުގެ އެތައް ހަނގުރާމަވެރިންނަށް ވަނީ ޔަހޫދީ އާބާދީތަކަށް ވަދެ ފެތުރިގަތްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *