ޣައްޒާގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ހަދައިފައިވާ ޔަހޫދީ އާބާދީތަކުގައި ދިރިއުޅޭ ހުރިހާ ޔަހޫދީން 24 ގަޑިއިރުގެ ތެރޭގައި ބާލަން ނިންމައިފައިވާ ކަމަށް އިސްރާއީލުން މިއަދު ބުނެފިއެވެ. އިސްރާއީލު ބުނާގޮތުގައި ފަލަސްޠީނުގެ އެތައް ހާސް ހަނގުރާމަވެރިންނެއް ވަނީ މި އާބާދީތަކަށް ވަދެ ފެތުރިގަތްފައެވެ.
އިސްރާއީލު ސިފައިންގެ ތަރްޖަމާން ޑެނިއަލް ހެގަރީ ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި "ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އަހުރެމެންގެ މަސައްކަތަކަށް ވާނީ ޣައްޒާ ފަށަލައިގައި ދިރިއުޅޭ ހުރިހާ އެންމެން ބޭލުމެވެ."
ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި ފަލަސްޠީނުގެ ހަނގުރާމަވެރިން ރަހީންކޮށްފައިވާ ޔަހޫދީން މިނިވަންކުރުމަށް ކުރާ ހަނގުރާމަ ދަނީ ކުރިއަށެވެ.
އިސްރާއީލު ބުންޏެވެ. "ކޮންމެ ނިރުބަވެރިއަކު މެރުން މާ ފަސޭހަކަމަކަށް ނުވާނެއެވެ. އެކަހަލަ އެތައް ހާސް ބަޔަކު އެ އާބާދީތަކަށް ވަދެގެން ފިލައިގެން އެބަ އުޅެއެވެ."
One Response
ޔާﷲ އިޒުރޭލުގެ ސިފައިންގެ މައްޗަށް ފަލަސްތީނުގެ ހަގުރާމަވެރިންނަށް ކުރިއެރުން ދެއްވާނދޭވެ އަދި އިޒުރޭލު ބަކިކުރައްވާންދޭވެ