Support Us

ދެކުނު ލުބްނާނުގެ ޝަބްޢާ ސަރަޙައްދަށް ޙަމަލާދިނީ ޙިޒްބުﷲ އިން 

ދެކުނު ލުބްނާނުން އިސްރާއީލު ހިފައިފައިވާ ޝަބްޢާގެ ދަނޑުބިން ސަރަޙައްދުގައި ހުރި އިސްރާއީލުގެ ޢަސްކަރީ ބައެއް ތަންތަނަށް ރޭ ޙަމަލާދިނީ ޙިޒްބުﷲގެ ހަނގުރާމަވެރިން ކަމަށް ޙިޒްބުﷲއިން މިއަދު ބުނެފިއެވެ. އިސްރާއީލުން މި ތަންތަނަށް ބޮޑުބަޑިން ހަމަލާ ދެމުންދާ ކަމަށް އިސްރާއީލުން ބުންޏެވެ.

ޙިޒްބުﷲ އިން ބުނިގޮތުގައި "ދެކުނު ލުބްނާނުން 1967ގައި އިސްރާއީލުހިފައިފައިވާ ޝަބްޢާ ސަރަޙައްދުގައި ހުރި އިސްރާއީލު ސިފައިންގެ ތިން ތަނަކަށް ރޭ ޙަމަލާދެވުނެވެ. ޙަމަލާގެ އަމާޒަކީ އިސްރާއީލުގެ ރާޑަރުތަކެވެ." ޙިޒްބުﷲ އިން ހާމަކުރިގޮތުގައި މި ޙަމަލާދިނީ ޢިމާދު މުޣްނޭ ގުރޫޕުންނެވެ. 

ޙިޒްބުﷲގެ ޙަމަލާއަށް ރައްދުދީ އިސްރާއީލުން ދެކުނު ލުބްނާނުގެ ކަފްރު ޝޫބާ އާއި އަލްމާރީ ރަށަށް ޑްރޯނުން ޙަމަލާދިނެވެ. އިސްރާއީލުން ހާމަކުރިގޮތުގައި މި ޙަމަލާގެ އަމާޒަކީ ޙިޒްބުﷲގެ ބިނާރެވެ. 

އިސްރާއީލުގެ ސިފައިންގެ ތަރްޖަމާނު އަދްރަޢީ ވިދާޅުވިގޮތުގައި  އިސްރާއީލު ސިފައިންގެ ތަންތަނަށް ޙަމަލާ ދިން  ލުބްނާނުގެ ތަންތަނަށް އިސްރާއީލުގެ ބޮޑުބަޑިތަކުން މިހާރު ދަނީ ޙަމަލާ ދެމުންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *