Support Us

ޙަމާސުން މަރައިލައިފައިވާ އިސްރާއީލު ސިފައިންނާއި އޮފިސަރުންގެ ޢަދަދު މާ ގިނަވާނެ

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހީފުޅުކުރައްވާވަރަށް ވުރެ ޙަމާސުގެ ހަނގުރާމަވެރިން މަރައިލައިފައިވާ އަދި ހައްޔަރުކޮށްފައިވާ އިސްރާއީލު ސިފައިންނާއި އޮފިސަރުންގެ ޢަދަދު މާ ގިނަވާނެ ކަމަށް ޤައްސާމު ފައުޖުގެ ތަރްޖަމާން އަބޫ ޢުބައިދާ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި އެމީހުންތައް ތިބީ ޣައްޒާގެ ހުރިހާ ނާރެސްތަކެއްގައެވެ.

އަބޫ ޢުބައިދާ ނަތަންޔާހޫއާ މުޚާޠަބު ކުރައްވާ އަޤްޞާ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ތިބާގެ ސިފައިން ރަގަނޅަށް ގުނާބަލާށެވެ! ލަފާނުކުރާށެވެ!"

އޭނާ ވިދާޅުވިއެވެ. "އަހުރެމެންގެ ހަނގުރާމަވެރީންގެ ކުރިމަތީގައި އިސްރާއީލު ސިފައިން ގޮއްފުޅަނގީތަކެއް ހެން ބިންމައްޗަށް ވެއްޓެމުން ދިޔައެވެ."

އޭނާ ވިދާޅުވިއެވެ. "ޣައްޒާއާއި ޣައްޒާގެ ރައްޔިތުން ބިރުގަންނުވަން އިސްރާއީލުން ދެމުންދާ ޙަމަލާތަކަކީ ނާކާމިޔާބު ކުޅިވަރެކެވެ. އެއީ ފަޅައިގެންގޮސްފައިވާ ހޮޅިއަކުން ފެންޖެހުން ކަހަލަ ކަމެކެވެ."

އޭނާ ވިދާޅުވިއެވެ. "އަޤްޞާ ޠޫފާނަކީ އަޤްޞާ މިސްކިތާއި ފަލަސްޠީނުގެ އަސީރުންގެ ދިފާޢުގައި ދޭ ޙަމަލާއެކެވެ." އޭނާ ވިދާޅުވިގޮތުގައި އިސްރާއީލަށް މި ޠޫފާނުގެ ނަތީޖާއެއް ނޭނގޭނެއެވެ.

ނަތަންޔާހޫގެ ބިރދެއްކުން

ޤައްސާމުގެ ތަރްޖަމާނު މި ބަޔާން ދެއްވީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އިސްރާއީލުގެ ޢަސްކަރީ ހުރިހާ ބާރުތަކެއް ބޭނުންކުރައްވައިގެން ޙަމާސް ނައްތައިލައްވާނެކަމަށް އިންޒާރު ދެއްވުމުންނެވެ.

އޭނާ ޓީވީއަށް ވިދާޅުވިއެވެ. "އެމީހުން ފަނާކޮށްލެވެންދެން އަހުރެމެން ޙަމަލާތައް ދެމުން ގެންދާނަމެވެ. އިސްރާއީލާ ކުރިމަތި ކުރި މި ކަޅުދުވަހަށް އަހުރެމެން ވަރުގަދަ ބަދަލު ހިފުމަކުން ބަދދަލު ހިފާނަމެވެ."

އޭނާ ޣައްޒާގެ ރައްޔިތުންނަށް މަރުން ސަލާމަތް ވުމަށް ޓަކައި އެ ބިމުން ފޭބުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޙަމާސްގެ ބިންގަރާސްތައް ކުނިބުނިތަކަކަށް ހަދައިލާނަމެވެ.

އޭނާ ވިދާޅުވިއެވެ. "ޣައްޒާއަކީ ނުބައި ސަހަރެކެވެ."

އޭނާ ޙަމާސް ހަނގުރާމަވެރިންނަށް ބޭރަށް ނުކުތުމަށް ގޮވައިލެއްވިއެވެ. "އިސްރާއީލުން ޣައްޒާއަށް ވަދެ ހުރިހާ ތަނެއް ބަލައި ފާސްކުރާނެއެވެ."

އެމެރިކާއިން އިސްރާއީލަށް ފެހި އަލި ދީފައި

އެމެރިކާގެ އެކްސިޔޮސް ބުނާގޮތުގައއި ޣައްޒާއަށް ޙަމަލާދިނުމަށް ނަތަންޔާހުއަށް ބޭނުންފުޅުވާ ފެހި އަލި ވަނީ ރައީސް ބައިޑްން ދެއްވައިފައެވެ. އިސްރާއީލުގެ ދިފާޢީ ނިޒާމު ދަގަނޑު ޤުއްބު ވަރުގަދަކުރުމަށް ބޭނުންވާ ފައިސާ އެމެރިކާއިން ދޭނެކަމަށް ވެސް ބައިޑްން ވިދާޅުވިއެވެ.

ނަތަންޔާހޫ މި ކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވިގޮތުގައި "ޙަމާސަށް ރައްދު ދެއްވުމަށް ޓަކައި ޙަރަކާތްތެރިވެ ވަޑައިގަތުމުގެ މިނިވަންކަން" އޭނާއަށް ވަނީ އެމެރިކާއާއި ހުޅަނގުގެ ޒަޢާމަތްތަކުން ލިބިވަޑައިގެންފައެވެ.

ބީބީސީ ބުނާގޮތުގައި ޤައްސާމު ފައުޖުގެ ހަނގުރާމަވެރިން ދިން ޙަމަލާތަކުގައި އިސްރާއީލުގެ 300 މީހުން މަރުވެ 1590 މީހުން ޒަޚަމުވިއެވެ.

އިސްރާއީލުން ޣައްޒާގެ ތަފާތު ތަންތަނަށް ބޮންއެޅުމުގެ ސަބަބުން ފަލަސްޠީނުގެ 230 މީހުން ޝަހީދުވެ 1600 މީހުން ޒަޚަމުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *