...

Support Us

ޣައްޒާ- 4 ކަމަކުން ދުނިޔެ ސިއްސުވައިލައިފި

ޙަމާސް ޖަމާޢާތުގެ ޢަސްކަރީ ފިޔަ ޤައްސާމު ޖަމާޢަތުން އިސްރާއީލާ ދެކޮޅަށް މިއަދު ފެށި އަޤްޞާ ޠޫފާނުގައި އެ ކަމަށް އެ ޙަރަކާތުން ތައްޔާރުވެފައިވާލެއް ފުރިހަމަކަން ފެނިގެން ގޮސް އެކަމާމެދު ދުނިޔެ ޙައިރާންވެ ސިއްސައިގެން ހިނގައްޖެއެވެ. މި ކަމުގެ ސަބަބުން އިސްރާއީލަށް ބިރުވެރި ޝޮކެއް ލިބިގެން ދިޔައެވެ.

ޙަމާސްގެ ހަނގުރާމަވެރިންގެ ރޭވުންތެރިކަމާއި ކުރުންތެރިކަމުގެ ސަބަބުން އިސްރާއީލަށް މީގެ ކުރިން ލިބިފައި ނުވާފަދަ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އިސްރާއީލު ސިފައިންގެ އެތައް ބަޔަކު އަސީރު ކުރިއެވެ. އެތައް ބަޔަކު ޒަޚަމުވިއެވެ. އެތައް ހަތިޔާރެއް ޣަނީމަ ކުރިއެވެ.

އަޤްޞާ ޠޫފާނުގައި ފާހަގަކުރެވުނު އައު ކަންތައްތައް:-

އިސްރާއީލުގެ ބިމުގެ ތެރެއަށް ވަނުމުގައި ވައިކުޑަވެރިން ބައިވެރިވުން

ޤައްސާމުން ހާމަކުރި ވީޑިއޯއިން ފެންނަގޮތުގައި އިސްރާއީލުގެ ބިމުގެ ތެރެއަށް ފަލަސްޠީނުގެ ހަނގުރާމަވެރީން ވަނުމަށް ޓަކައި ވައި ކުޑަ ބޭނުންކޮށްފައި ވެއެވެ. މި ކަން ވެގެންދިޔައީ އިސްރާއީލަށް ލިބުނު ވަރަށް ބޮޑު ސިހުމަކަށެވެ. ޚަބަރުތައް ބުނާގޮތުގައި ޤައްސާމުގެ ހަނގުރާމަވެރިން ބޭނުންކޮށްފައިވާ ވައި ރިޔާ ކުޑައެވެ.

މި ޙަމަލާގައި ފުރަތަމަފަހަރަށް ހަނގުރާމަވެރިންގެ އައު ފައުޖެއް ޤާއްސާމު ޖަމާޢަތުން ބައިވެރިކޮށްފައި ވެއެވެ. މި ފައުޖުގެ ނަމަކީ "ޞަޤްރު ސިރްބު ނުވަތަ ސުރުމުތި އައިނު" އެވެ.

ޤައްސާމު ޖަމާޢަތުން މިއަދު ހެދުނު ވަރަށް ކުއްލި ގޮތަށް ދިން ޙަމަލާދީފައިވަނީ ޣައްޒާފަށަލައިގެ ތެރޭގައި ހިމެނޭ ޔަހޫދީ އާބާދީތަކަށެވެ. މި އާބާދީތަކަށް ހަމަލާދިނީ ވައިކުޑަ ހަނގުރާމަވެރިންނެވެ. މިއީ މީގެ ކުރީގެ ކުރިމަތިލުންތަކުގައި އިސްރާއީލު ދެކެފައިވާ ކަމެއް ނޫނެވެ.  

ހިފައިފައިވާ ބިންތަކުގެ އެތެރެއަށް ވަދެ ޙަމަލާދިނުން

އިސްރާއީލަށް ސިހުން ލިބުނު ދެވަނަކަމަކީ އަޤްޞާ ޠޫފާނުގެ ޙަމަލާތައް އިސްރާއީލުން ހިފައިފައިވާ ބިންތަކުގެ އެތެރެއަށް ދީފައިވުމެވެ. ޙަމާސުން ދުރަށް ދެއްކި ވީޑިއޯތަކުން ފެންނަގޮތުގައި ޙަމާސުގެ 1000 ހަނގުރާމަވެރިން ޣައްޒާއާ އަވަށްޓެރިކޮށް ހަދައިފައިވާ ޔަހޫދީ އާބާދީތަކަށް ވަނެވެ. މިއީ މީގެ ކުރިން ކުރިމަތިލުންތައް ހިގައިފައިވާ ގޮތެއްނޫނެވެ. ވީޑިއޯއިން ފެންނަގޮތުގައި އިސްރާއީލުން ހަދައިފައިވާ ޔަހޫދީ އާބާދީތަކާއި ޣައްޒާގެ އިންވަކިކުރާ ރައްކައުތެރި ފާރު ގޮއްވައިލައިފައި ޤައްސާމު ހަނގުރާމަވެރިން އެ އާބާދީތަކުގެ ތެރެއަށް ވަދެފައިވަނީ ސައިކަލްތަކާއި ކާރުތަކުގައެވެ. އެމީހުން މި އާބާދީތަކުގެ އެތައް ގެއަކަށް ވަދެ އިސްރާއީލުގެ އެތައް ބަޔަކު އަސީރުކުރިއެވެ. މިއީ ވެސް މީގެ ކުރިން ފެނިފައިވާ މަންޒަރެއް ނޫނެވެ.

އިސްރާއީލުގެ އެތައް ބަޔަކު އަސީރުކޮށް ހައްޔަރުކުރުން

ދުނިޔެއަށާއި އިސްރާއީލަށް ޙައިރާންކަން ލިބުނު ތިންވަނަ ކަމަކީ ޤައްސާމު ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް އަރައި އިސްރާއީލުގެ އެތައް ބަޔަކު ހިފައި ހައްޔަރުކޮށް އަސީރުކޮށްގެން ޣައްޒާއަށް ގެނައުމެވެ. މި ކަން ސާބިތުކޮށްދިނުމަށް ޓަކައި ޤައްސާމު ޖަމާޢަތުން އެތައް ވީޑިއޯތަކެއް ދުރަށް ދެއްކިއެވެ. 

ޤައްސާމުން ދުރަށް ދެއްކި ވީޑިއޯއެއްގައި އެ ޙަރަކާތުގެ ހަނގުރާމަވެރިން އިސްރާއީލުގެ ޓޭންކެއް ޣަނީމަކުރިތައް ދައްކައިފައި ވެއެވެ. މިޓޭންކްގައި އިން އިސްރާއީލު ސިފައިންގެ މީހާ ހައްޔަރުކޮށްގެން ޣައްޒާއަށް ވަނީ ގެންގޮސްފައެވެ.

ޤައްސާމުން ދުރަށް ދެއްކި ވީޑިއޯއެއްގައި ފަލަސްޠީނުގެ ހަނގުރާމަވެރިންތަކެއް އިސްރާއީލު ސިފައިންގެ ބަޔަކު ވަށައިލައިގެން ތިބިތަން ވެސް ފެނިފައި ވެއެވެ.

ތަރައްޤީކޮށްފައިވާ ޑްރޯން ބޭނުންކުރުން

ޣައްޒާގައި ޙިޞާރުކޮށްފައި ތިބި ފަލަސްޠީނުގެ ހަނގުރާމަވެރިން އިސްރާއީލާއި ދުނިޔެ ސިއްސުވައިލި ހަތަރުވަނަ ކަމަކީ އަޤްޞާ ޠޫފާނުގައި ޑްރޯން ބޭނުންކުރުމެވެ. ޤައްސާމުގެ ވީޑިއޯތަކުން ދުރަށް ދެއްކި ބައެއް މަންޒަރުތަކުން އިރުމަތީ ޣައްޒާގައި އިސްރާއީލުގެ ޓެންކަކަށް ޑްރޯން ޙަމަލާއެއް ދީފައިވާ ތަން ފެނެއެވެ.ޣައްޒާއަށް ޙަމަލާ ދިނުމަށް އިސްރާއީލުން ބޭނުންކުރި އޮޓޮމެޓިކް މެޝިން ބަޑިއަކަށް ޙަމަލާދިނުމަށް ޑްރޯން ބޭނުންކޮށްފައިވާ މަންޒަރެއް ވެސް ފެނެއެވެ. 

ޤައްސާމު ޖަމާޢަތުން މިއަދު ހެދުނު ފެށި އަޤްޞާ ޠޫފާނުގައި ވައިގެ ބަނދަރުތަކާއި ސިފައިން ނުކުތާތައް ހިމެނެއެވެ.

އިސްރާއީލު ބުނާގޮތުގައި މިއަދުގެ ޙަމަލާގައި އިސްރާއީލުގެ 22 މީހުން މަރުވެ 500 މީހުން ޒަޚަމުވިއެވެ. އިސްރާއީލުން  އެއްބަސްވާ ގޮތުގައި ފަލަސްޠީނުގެ ހަނގުރާމަވެރިން ވަނީ އިސްރާއީލުގެ 35 މީހަކު އަސީރުކޮށްފައެވެ.

ފަލަސްޠީނުގެ ޙަމަލާއަށް ރައްދިނުމަށް ޓަކައި އިސްރާއީލުން މިހާރުވަނީ ދަގަނޑު ކަނޑީގެ ނަމުގައި ވަރުގަދަ ޢުދްވާނެއް ޣައްޒާއަށް ދޭން ފަށައިފައެވެ. އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ދަނީ ޣައްޒާ ފުނޑުފުނޑު ކުރަމުންނެވެ. ޣައްޒާގެ ޓަވަރު ކުދިކުދިކޮށް ވައްޓައިލައިފި ކަމަށް ޚަބަރު ލިބެއެވެ. މި ކަމަށް ރައްދުދޭނެ ކަމަށް ޙަމަށުން ބުންޏެވެ.  

އެންމެފަހުގެ ޚަބަރުތައް ބުނާގޮތުގައި 25 ތަނެއްގައި ފަލަސްޠީނުގެ ހަނގުރާމަވެރީންނާ އިސްރާއީލު ސިފައިންނާ ދެމެދުގައި ކުރިމަތިލުންތައް އެބަ ހިނގަމުންދެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.