Support Us

ޔަހޫދީ ބައެއް އާބާދީތައް ފަލަސްޠީނުގެ ހަނގުރާމަވެރީންގެ ބާރުގެ ދަށުގައި

 

ޙަމާސުން މިއަދު ހެނދުނު ދޭން ފެށި އަޤްޞާ ޠޫފާނުގެ ސަބަބުން އިސްރާއީލުގެ ވިއްސަކަށް މީހުން ވަނީ މަރުވެފައެވެ. އިސްރާއީލުގެ ޗެނެލް 12 ޓީވީ ބުނާގޮތުގައި މަރުވި މީހުންގެ ޢަދަދު 22 ށް ވުރެ ގިނަވާނެއެވެ. އިސްރާއީލުގެ ފުލުހުން ލަފާކުރާ ގޮތުގައި ފަލަސްޠީނުގެ ފަސް ދޮޅަހަކަށް ހަނގުރާމަވެރިން އިސްރާއީލުގެ އެތެރޭގައި 14 ތަނެއްގައި އެބަ ތިއްބެވެ.

އިސްރާއީލުގެ ދުވަހު ނޫސް ހާ އާރްތިސް ބުނާގޮތުގައި ބުނާގޮތުގައި ޙަމާސްގެ ޙަމަލާގެ ސަބަބުން 200 މީހުން ޒަޚަމުވިއެވެ. އެހެނަސް އިސްރާއީލުގެ ޞިއްޙަތާ ބެހޭ ވުޒާރާ ބުނާގޮތުގައި އާބާދީތަކުން 545 މީހުން ހަސްފަތާލަށް ގެންދިޔައެވެ.

އިސްރާއީލު ބުނާގޮތުގައި އެ ސަރުކާރުން މިހާރު ދަނީ ޙާލަތު ދިރާސާކުރަމުންނެވެ. އިސްރާއީލުން މިހާރު ދަނީ ޣައްޒާގެ އެތައް ސަތޭކަ ނުކުތާއަކަށް ޙަމަލާދެމުންނެވެ. ޙަމާސްގެ ވެރިން ހޯދައި އެ ބޭފުޅުން އަވަހާރަކޮށްލުމުގެ ޙަމަލާއެއް މިހާރުވަނީ ފަށައިފައެވެ.

އިސްރާއީލު ބުނާގޮތުގައި ޙަމާސުން ޙަމަލާ ފެށީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ޙަމާސް ޖަމާޢާތުންނާއި އިސްލާމީ ޖިހާދުގެ ހަނގުރާމަވެރިން ބޮމާއި ރޮކެޓްގެ ބޯ ކެރިގަނޑެއް އިސްރާއީލުގެ މައްޗަށް ވެއްސައިލިއެވެ. އިސްރާއީލު ބުނާގޮތުގައި 2،200 ރޮކެޓާއި ބޮން އެހެނަސް ޙަމާސް ބުނާގޮތުގައި ފަސް ހާހެއްހާ ރޮކެޓާއި ބޮން އިސްރާއީލާ ދިމާއަށް ފޮނުވައިލައިފާ ވެއެވެ. މި ޙަމަލާ ތައްލު އަބީބަށާއި އެ ރަށުގެ ވަށައިގެންވާ ހިސާބުތަކަށާއި ޣައްޒާގެ ވަށައިގެންވާ ޔަހޫދީ ރަށްތަކަށާއި އިސްރާއީލުގެ ދެކުނު ރަށްތައް އެރިއެވެ. އޭގެތެރޭގައި ޔަފްނާއާއި ޢަސްޤަލާނާއި ކައްފާރު އަބީބުފަދަ ރަށްތައް ހިމެނެއެވެ.

ޙަމާސް ޖަމާޢަތުގެ ހަނގުރާމަވެރިން ކަނޑުން އިސްރާއީލަށް ވަދެފައިވާ ކަމަށް ވެސް ޚަބަރު ލިބެއެވެ. ބައެއް ހަނގުރާމަވެރީން މި ކަމަށް ބޭނުންކޮށްފައި ވަނީ ވައި ރިޔަލެވެ. ޙަމާސުން އިސްރާއީލުގެ ބައެއް އާބާދީތައް ހިފައިފައިވާ ކަމަށް އިސްރާއީލުން ބުންޏެވެ.

ފަލަސްޠީނުގެ މި ޙަމަލާއާ ވިދިގެން އިސްރާއީލުގެ އިދިކޮޅު ޒަޢީމުން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ވިދާޅުވިއެވެ. "ނިރުބަވެރިކަމާ ދެކޮޅަށް ސަރުކާރުން އަޅައި ހުރިހާ ފިޔަވަޅުތަކަކަށް އަހުރެމެން ތާއީދު ކުރަމެވެ." ސަރުކާރާ ދެކޮޅަށް އެއްވެސް މުޒާހަރާއެއް މި ވަގުތު ނުކުރުމަށް އެބޭފުޅުން ގޮވައިލެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *