Support Us

ހުޅަނގުން އިސްރާއީލަށް ތާއީދުކޮށް ޙަމާސް ކުށްވެރިކުރާއިރު ޔުކްރޭނުން އިސްރާއިލާއެކު އެކަތިގަނޑަކަށްވުން

ރަޝިޔާއިން މެދުއިރުމައްޗަށާއި އެފްރިކާއަށް ކަނޑައަޅައިފައިވާ މަންދޫބު، ރޫސީ ޚާރިޖީ ވަޒީރުގެ ނައިބު މީޚާއީލް ބޮޑަނޯވް އިސްރާއީލަށާއި ފަލަސްޠީނަށް "ނަފްސު ކޮންޓްރޯލް ކުރުމަށް" ގޮވައިލައްވައިފިއެވެ.

އޭނާ ވިދާޅުވިއެވެ. "އަހުރެމެން މި ދަނީ އިސްރާއީލާއި ފަލަސްޠީނާއި ޢަރަބީންނާ ގުޅަމުންނެވެ. އަހުރެމެން އަބަދުވެސް އެ ފަރާތްތަކަށް ނަފްސު ކޮންޓްރޯލް ކުރުމަށް ގޮވައިލަމެވެ."

ޙަމާސް ޖަމާޢަތުން އިސްރާއީލަށް ދެމުންދާ ޙަރަކާތް ޔުކްރޭނުން ކުށްވެރިކޮށް އިސްރާއީލާއެކު އެކަތިގަނޑަކަށް ވާ ކަމަށް ބުންޏެވެ. ޔުކްރޭނުން ސިފަކުރިގޮތުގައި ޙަމާސްގެ ޙަމަލާއަކީ "ނިރުބަވެރި" ޙަމަލާއެކެވެ. އިސްރާއީލަށް އެތާނގެ އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށް ކިޔީވުން ބުންޏެވެ.

ހުޅަނގުން އިސްރާއީލަށް ތާއީދު ކުރުން

ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ އެންމެ އިސް މަސްއޫލުވެރިޔާ ޖޯޒިޕް ބޮރެލް ވިދާޅުވާގޮތުގައި އިއްތިޙާދުން ޙަމާސްގެ ޙަމަލާ ކުށްވެރިކުރެއެވެ. އަދި އިސްރާއީލަށް ތާއީދުކޮށް އެއްބާރުލައެވެ. އޭނާގެ އެކްސްގައި ލިޔުއްވައިފައި ވެއެވެ. "އިސްރާއީލުން ލިބެމުންދާ ޚަބަރުތައް މި ދަނީ ވަރަށް ގާތުން ބަލަމުންނެވެ. ޙަމާސްގެ ޙަމަލާ ޔޫރަޕްގެ އިއްތިޙާދުން ކުށްވެރި ކުރަނީ ވަރަށް ޞަރީޙަ ސާފު ބަހުންނެވެ."

ފަރަންސޭސި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ވެސް ޙަމާސްގެ ޙަމަލާއަކީ "ނިރުބަވެރި ޙަމަލާއެއް" ކަމަށް ސިފަކޮށްފައި ވެއެވެ. އިސްރާއީލުގެ އަމްނާއި ސަލާމަތަށް ޓަކައި އިސްރާއީލުން އަޅައި ހުރިހާ ފިޔަވަޅުތަކަކަށް ޕެރިސް ތާއީދުކުރާ ކަމަށް ބުނެފައި ވެއެވެ.

ޖަރްމަނުގެ ޚާރިޖިއްޔާއިން ކުރި އެކްސެއްގައި ވެސް އިސްރާއީލަށް ތާއީދުކޮށް ޙަމާސް ކުށްވެރިކޮށްފައި ވެއެވެ. އިސްރާއީލުގެ އަމިއްލަ ނަފްސުގެ ދިފާޢުގައި ފިޔަވަޅު އެޅުމުގެ ޙައްޤު އިސްރާއީލަށް ލިބިގެންވާ ކަމަށް ޖަރްމަނުގެ ޚާރިޖިއްޔާއިން ބުންޏެވެ.

އިޓަލީ ސަރުކާރުން ވެސް ހަމަ މި ބީދައިން ޙަމާސް ކުށްވެރިކޮށް އިސްރާއީލަށް ތާއީދުކޮށްފައި ވެއެވެ.

ނަތަންޔާހޫގެ އިންޒާރު

މިއަދު ޙަމާސުން ފެށި އަޤްޞާ ޠޫފާނަށް ރައްދު ދިނުމަށް އިސްރާއިލުން ފެށި ދަގަނޑު ކަނޑީގެ ޙަމަލާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ޙަމާސަށް އިންޒާރުދެއްވަމުން ވިދާޅުވިއެވެ. "އިސްލާމީ ޙަމާސް ޙަރަކާތަށް މީގެ ކުރިން ދައްކަންޖެހިފައިނުވާ ފަދަ ބޮޑު އަގެއް ދައްކަން އަހުރެމެން ޖައްސުވާނަމެވެ."

އޭނާ ވިދާޅުވިއެވެ. "ޙަމާސުން މިއަދު ހެނދުނު އިސްރާއީލާ ދެކޮޅަށް ދޭން ފެށި ޙަމަލާއަކީ ނިރުބަވެރި ޖަރީމާއެކެވެ. ދުޝްމަނުން ދުވަހަކު ނުދެކޭ ފަދަ ބާރުގަދަ އަލިފާނަކުން އަހުރެމެން އެމީހުންނަށް ރައްދު ދޭނަމެވެ."

އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލު މިހާރު މި އޮތީ ހަނގުރާމައިގެ ޙާލަތެއްގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *