Support Us

ޤައްސާމު ޙަރަކާތުން އިސްރާއީލާ ދެކޮޅަށް "އަޤްޞާ ޠޫފާން" ފަށައިފި

އިސްރާއީލާ ދެކޮޅަށް ޢިއްޒައްދީން ޤައްސާމު ޖަމާޢަތުން މިއަދު "އަޤްޞާ ޠޫފާނު"ގެ ނަމުގައި ޢަސްކަރީ ޙަމަލާއެއް ފަށައިފިއެވެ.

އެ ޙަރަކާތުގެ ޢާންމު ވެރިޔާ މުޙައްމަދުއް ޟައިފު މިއަދު ހާމަކުރި ގޮތުގައި މި ޙަމަލާގެ އަމާޒަކީ ދުޝްމަނުންގެ ވައިގެ ބަނދަރުތަކާއި ޢަސްކަރީ ތަންތަނެވެ.

އޭނާ ބުންޏެވެ. "ފުރަތަމަ 20 މިނެޓުގެ ތެރޭގައި ފަސް ހާސް ރޮކެޓާއި ބޮމުގެ ޙަމަލާތަކެއް ދިނީމެވެ."

އޭނާ ބުނިގޮތުގައި "މިއީ އިސްރާއީލުން ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް މެޑުކެނޑުމެއްނެތި ދެމުންގެންދާ ޢުދްވާނީ ޙަމަލާތަކަށާއި އަޤްޞާ މިސްކިތުގެ ޙުރްމަތް ކަނޑަމުންދާތީ ދޭން ފެށި ޙަމަލާއެކެވެ."

އޭނާ ބުންޏެވެ. "އެމީހެއްގެ އަތުގައި ބަޑިއެއް އޮތް ކޮންމެ މީހަކު ނުކުތުމުގެ ވަގުތު ޖެހިއްޖެއެވެ."

ޟައިފު ހާމަކުރި ގޮތުގައި ޢަދުއްވުން ހީކުރާވަރަށްވުރެ އަޤްޞާ ޠޫފާން މާ ބާރުގަދަވާނެއެވެ.

އޭނާ ބުންޏެވެ. "ދުޝްމަނުން ކަހައި އުކާލުމަށް ޓަކައި އިސްލާމީ ބާރުތަކާއި ޢަރަބި ބާރުތައް އެއްބާރުލާން ވެއްޖެއެވެ."

އޭނާ ފަލަސްޠީނު މީހުންނަށް ބުންޏެވެ. "ބޭރަށް ނުކުތުމަށް ޢުޒްރުވެރިވާ މީހުން އަހުރެމެންނަށް ހެޔޮ ދުޢާކޮށްދޭށެވެ! އަހުރެމެންނާއެކު އެކަތިގަނޑަކަށް ވާށެވެ!"

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *