Support Us

ޕޫޓިން ހުޅަނގަށް: ތިޔައީ ވަކި ކޮންބައެއް؟

ބައިނަލްއަޤްވާމީ ވަލްޑާއި މަހާސިންތާ ރަޝިޔާގެ ސޫޗީ ރެޒޯޓު ސަހަރުގައި މިއަދު ހުޅުއްވާދެއްވަމުން ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން ވަރަށް ހޫނު ބަސްފުޅުތަކަކުން ހުޅަނގާ ދެކޮޅަށް ފާޑުވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި "އެބައިމީހުންގެ ޤައުމީ މަޞްލަޙަތުތައް ދަންނަ ރައްޔިތުން އިސްތިޢުމާރީ ފިކްރުން މިންޖުވާން ވެއްޖެއެވެ. އިންސާނީ ފިކްރުގެ މައްޗަށް އަތްގަދަކުރުމަށް ހުޅަނގުން ޖަހައިފައިވާ ހޮއި ބޮޑު ދާއިރާގެ ތެރެއިން ބޭރަށް ނުކުތުމަކީ މިއަދު ކުރަން ވާޖިބުވެފައިވާ ކަމެކެވެ."

ޕޫޓިން ވިދާޅުވިއެވެ. "ހުޅަނގުން މަސައްކަތް ކުރަނީ ބައިނަލްއަޤްވާމީ ޤާނޫނު ބަދަލުކޮށް އެމީހުން ހަދާ ޤަވާޢިދުތަކެއް ދުނިޔެއަށް ވެރިކުރުވާށެވެ."

ޕޫޓިން މަލާމާތުގެ ރާގެއްގައި ވިދާޅުވިއެވެ. "އެމެރިކާއާއި ހުޅަނގުގެ އެކުވެރިން މަސައްކަތް ކުރަނީ މި ޤަވާޢިދުތައް އަހުރެމެންނަށް ދަސްކޮށްދޭށެވެ. އެއާ އެއްގޮތަށް މުޢާމަލާތު ކުރަން ޖެހޭނެކަން ގަދަކަމުން ވިސްނައިދޭށެވެ."

ޕޫޓިން މި މަހާސިންތާ ހުޅުއްވާދެއްވަމުން ހުޅަނގާ މުޚާޠަބު ކުރައްވާ ސުވާލު ކުރެއްވިއެވެ. ތިޔަބައިމީހުންނަކީ ވަކިން ކޮން ބައެއްހެއްޔެވެ؟ ތިޔަބައިމީހުންނަށް މި ޙައްޤު ދިނީ ކާކު ހެއްޔެވެ؟"

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *