Support Us

މިޞްރުން ސަލާމަތީ މަޖިލީހުގެ ރައީސަށް ބަސްހަރު ސިޓީއެއް ފޮނުވައިފި

އިތިޔޯޕިޔާއިން ސައްދުއް ނަހްޟާ ހަތަރު ވަނަ ފަހަރަށް ފުރައި ނިންމައިފިކަން އިޢުލާންކުރުމުން މިޞްރުން ސަލާމަތީ މަޖިލީހުގެ ރައީސަށް ބަސްހަރު ސިޓީއެއް ފޮނުވައިފިއެވެ. 

އދގައި ހުންނަވާ މިޞްރުގެ ސަފީރު މެދުވެރިކޮށް ޤާހިރާއިން ފޮނުވި މި ސިޓީ ބުނާގޮތުގައި މިއީ އިތިޔޯޕިޔާއިން ސައްދުއް ނަހްޟާ ޑޭމާ ބެހޭގޮތުން 2015 ގައި އެއްބަސްވެފައިވާ ޢާންމު އުޞޫލުތަކާ އެޑިސްއަބާބާ ޚިލާފުވަމުންދާކަން ސަލާމަތީ މަޖިލީހަށް އެންގުނު ހަތަރުވަނަ ފަހަރެވެ. 

މިޞްރުން ފޮނުވި ސިޓީ ބުނާގޮތުގައި މި ޑޭމަށް ފެންފުރަން ވާނީ އަދި  ޑޭމް ހިންގަން ފަށަން ވާނީ އެކަމަށް އެއްބަސްވާ އަދި ހުރިހާ ފަރާތްތަކަކުން އެއަށް ޢަމަލު ކުރުން ލާޒިމުކުރާ ޤާނޫނީ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް ފަހުގައެވެ. އެހެނަސް 2022ގައި އިތިޔޯޕިޔާއިން ވަނީ އެކަހެރި ގޮތަކަށް އެ ޑޭމަށް ފެން ފުރައި އެ ޑޭމު ހިންގަން ފަށައިފައެވެ. 

މިއީ މިޞްރު އެކަމާ ކަނޑައެޅިގެން ދެކޮޅު ހަދާ ކަމެއްކަމަށް މި ސިޓީގައި ބުނެފައި ވެއެވެ. މިއީ 15 ސެޕްޓެންބަރު ގައި ސަލާމަތީ މަޖިލީހުން ނެރެފައިވާ ބަޔާނާ ޚިލާފު ޢަމަލެއްކަމަށް މިޞްރުން ބުންޏެވެ.

ސަލާމަތީ މަޖިލީހުގެ ރައީސަށް މިޞްރުން ފޮނުވި ސިޓީ ބުނާގޮތުގައި އިތިޔޯޕިޔާއިން އެކަހެރިކޮށް ކުރަމުންދާ މި ޢަމަލަކީ މިޞްރުގެ ދެމިއޮތުމަށާއި ހަމަޖެހުމަށް އޮތް ބޮޑު ބިރެކެވެ. އެހެންކަމުން އެއީ ސަރަޙައްދީ ފެންވަރުގައްޔާއި ބައިނަލައްޤްވާމީ ސަލާމަތަށާއި އަމަންއަމާންކަން ނުރައްކަލަށް ހާސާކޮށްފާނެ ކަމެކެވެ.   

އދގެ ޗާޓަރުގެ 35 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން  މިޞްރުން މި "ނޭއްގާނި ޢަމަލު" ސަލާމަތީ މަޖިލީހުގެ ސަމާލުކަމަށް ގެނެއެވެ. އަދި ސަލާމަތީ މަޖިލީހުން އެ މަޖިލީހުގެ ދައުރު ފުރިހަމައަށް އަދާކުރުމަށް މިޞްރުން ގޮވައިލައެވެ. ޞުލްޙަވެރި ޙައްލަކާ ހަމައަށް ވާޞިލުވުމަށް ޓަކައި މިމަސްއަލަ ބެލުމަށާއި 15 ސެޕްޓެންބަރުގެ ބަޔާނަށް ޢަމަލު ކުރުމަށް އިތިޔޯޕިޔާއަށް ގޮވައިލުމަށް މި ސިޓީގައި މިޞްރުން އެދިފައި ވެއެވެ.

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *