Support Us

"ޕޫޓިން އަމާނެއް ނުދެއްވާނެ"

ޔުކްރޭން ހަނގުރާމައިގައި "ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން އަމާނެއް ނުދެއްވާނެ ކަމުގައި ނިވްޔޯކްގެ ދަ ނިވް ސްކޫލް ޔުނިވަރސިޓީގެ ބައިނަލްއަޤްވާމީ ދިރާސާތަކާބެހޭ ތަޖްރިބާކާރެއް ކަމުގައިވާ އުސްތާޒާ ނީނާ ޚުރްޝޭވާ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި "އަދި އެއްވެސް ކަމެއްގައި ލުޔެއްވެސް ނުދެއްވާނެއެވެ."

ބީބީސީއަށް ދެއްވި ބަޔާނެއްގައި ޚުރްޝޭވާ ވިދާޅުވި ގޮތުގައި ޕޫޓިން އިންތިޒާރު ކުރައްވަނީ ހުޅަނގުން ޔުކްރޭނަށް ދެމުންގެންދާ އެހީއާއި މަދަދު ހުއްޓައިލާނެ ދުވަހަކަށެވެ.

އޭނާ ވިދާޅުވިއެވެ. "މި ހަނގުރާމައިގައި ނަޞްރު ހޯއްދަވަން ޕޫޓިން ނުކުރައްވާނެ ކަމެއް ނޯންނާނެއެވެ."

ޚުރްޝޭވާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޕޫޓިން އަމާނެއް ނުދެއްވާނެއެވެ. ފަހަތަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. ކުރައްވަން ބޭނުންފުޅުވާ ކަމެއްގައި ދެއަތަށް ކިރިވަޑައެއް ނުގަންނަވާނެއެވެ. އެއްވެސް ލުޔެއް ނުދެއްވާނެއެވެ. އޭނާ އިންތިޒާރު ކުރައްވަނީ ހުޅަނގުން ފަހަތަށް ޖެހޭނެ ކަމަށެވެ. އޭނާ ފަހަތަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ."

މި ބަޔާން އޭނާ ދެއްވީ އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާއިން ރަޝިޔާއިން ޢަސްކަރީ މަސައްކަތްތަކަށާއި ދިފާޢީ ކަންކަމަށް ހޭދަކުރުން އިތުރުކުރުމަށް ރާވަމުންދާކަމަށް ބުނުމުން އެކަމަށް ކޮމެންޓް ކުރައްވަމުންނެވެ. އިނގިރޭސި ދިފާޢީވުޒާރާ ބުނާގޮތުގައި މިއިން އެނގެނީ ދިގު ހަނގުރާމައެއް ކުރަން ރަޝިޔާ ތައްޔާރަށް އޮތް ކަމެވެ.

އިނގިރޭސި ދިފާޢީ ވުޒާރާ ބުނާގޮތުގައި ރޫސީ ދިފާޢީ ބަޖެޓް 30% އަށް 2024ގައި ބޮޑުވެގެންދާނެއެވެ. އިނގިރޭސި ދިފާޢީ ވުޒާރާއިން އެކްސް ޞަފްޙާގައި ބުނިގޮތުގައި ރަޝިޔާގެ ދިފާޢީ ބަޖެޓް 10.8 ޓްރިލިޔަން ރުބެލަށް ބޮޑުވެގެންދާނެއެވެ. އެއީ ރަޝިޔާގެ ހަތަވިވަރަގެ 6% އެވެ. އެއީ 2023 އަށް ބަލާއިރު 68% އިތުރު މިންވަރެކެވެ.

ރޫސީ ދިފާޢީ ވަޒީރު ޝުވިގޯ މި ދިޔަ މަހުގެ 27ގައި ވިދާޅުވެފައިވާ ގޮތުގައި 2025 އާ ހަމައަށް ހަނގުރާމަ ކުރިއަށް ގެންދަން ރަޝިޔާ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *