Support Us

އަރްމަނުންނާ ދެކޮޅަށް ހަރުކަށި އެއްވެސް ޢަމަލެއް ހިންގައިފައިވާކަމުގެ ޢަލާމާތެއް ނެތް

އަޒަރުބައިޖާނުގެ ނަގަރުނޯ ކަރްބާޚު ސަރަޙައްދުގައި ދިރިއުޅޭ އަރްމަނުންނާ ދެކޮޅަށް ހަރުކަށި އެއްވެސް ޢަމަލެއް ހިންގައިފައިވާ ކަމުގެ ޢަލާމާތެއް ފެންނަން ނެތް ކަމަށް އދ ން އެ ސަރަޙައްދަށް ފޮނުވި ވަފްދު ބުނެފި ކަމަށް އދގެ ތަރްޖަމާން ސްޓެފަން ޑޮޖްރެކް ވިދާޅުވެއްޖެއެވެ. 

އދގެ ވަފްދެއް ނަގަރުނޯ ކަރްބާޚަށް މި ދިޔަ ހަފުތާގައި ދިޔައީ  އަޒަރުބައިޖާން ސަރުކާރުން ދަޢުވަތު ދީގެންނެވެ. އެއީ އަރްމީނިޔާއިން ކުރާ ތުހްމަތުތަކުގައި އެއްވެސް ޙަޤީޤަތެއް ނެތްކަމަށް ބާކޯއިން ދައްކަން ބޭނުންވާތީއެވެ. އދ ގެ ތަރްޖަމާނު ވިދާޅުވިގޮތުގައި ނަގަރުނޯ ކަރްބާޚުގެ ބިނާރުތަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. 

ޑޮޖްރެކް ވިދާޅުވިގޮތުގައި އދގެ ވަފްދުން ބަލައިފައިވަނީ އެ  ސަރަޙައްދަށް ބޭނުންވާ އިންސާނީ މުހުތާދުތަކަށެވެ. އދ ގެ ވަފްދުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި ކުޑަކުދީންނާ ބެހޭ ޖަމްޢިއްޔާ ޔުނިސެފާއި ރެފިޔުޖީންނާ ބެހޭ ހައި ކަމިޝަނާއި އިންސާނިއްޔަތާ ބެހޭ އދ ގެ އޮފީސް ހިމެނެއެވެ. 

އޭނާ ހާމަކުރެއްވި ގޮތުގައި އދ ގެ ވަފްދު އެ ސަރަޙައްދުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަށްތަކަށް ވެސް ޒިޔާރަތް ކުރިއެވެ. އޭނާ ވިދާޅުވިއެވެ. "އަރްމަނުންގެ މަދަނީންނާ ދެކޮޅަށް އަހިންސާ އެއްވެސް ޢަމަލެއް ހިންގައިފައިވާ ކަމުގެ އެއްވެސް ހެތްކެއް ފެނިފައެއް ނުވެއެވެ. އަދި އެ ސަރަޙައްދުގެ މަދަނީ ބިނާރަށް އަމާޒުކޮށް އެއްވެސް ޙަމަލާއެއް ދީފައިވާ ތަން ފެނިފައެއް ނުވެއެވެ."

ހަސްފަތާލުތަކަށާއި މަދަރުސާތަކަށް ގެއްލުން ލިބިފައެއް ނުވޭ

އދގެ ވަފްދު ހާމަކުރިގޮތުގައި ވަކިވެގަތުމަށް މަސައްކަތްކުރި އަރްމަން ހަނގުރާމަވެރިންނަށް އަޒާރީ ސިފައިން ދިން ޙަމަލާތަކުގައި އެއްވެސް ހަސްފަތާލަކަށް  މަދުރަސާއަކަށް ދީނީ މަރްކަޒަކަށް އަދި ސަޤާފީ އެއްވެސް މުއައްސަސާއަކަށް ޙަމަލާދީފައިވާ ކަމުގެ ޢަލާމާތެއް ފެންނާކަށް ނެތެވެ. އަޒާރީ ސަރުކާރުން ޞިއްޙީ ޚިދްމަތްތައް މެދުނުކެނޑި ދިނުމަށް ވަރަށް ޚާއްޞަ ޢިނާޔަތެއް ދީފައި ވެއެވެ. 

އދގެ ވަފްދު އެ ސަރަޙައްދުގެ އަރްމަނުންނާ ވެސް ވަކިން ބައްދަލު ކުރިއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *