Support Us

ތިމާވެށީގެ މަސްއަލަތަކަށް ޙައްލު ހޯދައިދިނުމަށް ޤަޠަރުން ގޮވައިލައިފި

ޙަޔާތުގެ ތަފާތު ކަންތައްތަކަށް ބޭނުންވާ ވެށްޓަށް ރަޙްމަތްތެރި ޙައްލުތައް ގެނެސްދިނުމަށް ޤަޠަރުގެ ބޮޑުވަޒީރު އައްޝައިޚު މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލު ސާނީ ދުނިޔެއަށް ގޮވައިލައްވައިފިއެވެ.

އޭނާ މި ކަމަށް އަލުން ގޮވައިލެއްވީ ދައުޙާގައި އެކްސްޕޯ ޤަޠަރު 2023 މަޢުރަޒު ހުޅުއްވާ ދެއްވަމުންނެވެ. މި އެކްސްޕޯގެ މިފަހަރުގެ ޝިޢާރަކީ "ފެހި ޞަޙަރާއެއް.. މޮޅު އިތުރު ވެށްޓެއް" އެވެ. މިއީ މެދުއިރުމަތީގައި ޞަޙަރާވީ މޫސުމެއް އޮންނަ ޤައުމެއްގައި މި އެކްސްޕޯ ބޭއްވޭ ފުރަތަމަ ފަހަރެވެ.

އޭނާ ވިދާޅުވިގޮތުގައި ޤަޠަރު ޤަބޫލު ކުރާ ގޮތުގައި ބޮޑެތި ކަންތައް ކުރެވޭނީ ބައިނަލްއަޤްވާމީ ތަޖްރިބާތައް ބަދަލުކުރެވިގެންނެވެ. އޭނާ ވިދާޅުވިގޮތުގައި އެކްސްޕޯ ޤަޠަރު އިސްކަންދެނީ ކުރިމަގަށް ޓަކައި ވެށި ރައްކައުތެރިކުރުމަށެވެ. އިފްތިތާޙީ ޖަލްސާގައި އެތައް ރައީސުންނަކާއި ސަރުކާރުތަކުގެ ވެރިންނެއް ބައިވެރިވެވަޑައިގަންނަވައެވެ.  

މި އެކްސްޕޯގައި 80 ޤައުމަކާއި ނުރަސްމީ ޖަމްޢިއްޔާތަކާއި ބައިނަލްއަޤްވާމީ ތަޖްރިބާކާރުން ބައިވެރިވެ ވަޑައިގަންނަވައެވެ. އެތައް ޔުނިވަރސިޓީތަކަކާއި ނުރަސްމީ ކުންފުނިތަކެއް  މި މަޢުރަޒުގައި ބައިވެރިވެއެވެ. މި އެކްސްޕޯގެ އަމާޒަކީ ސަހަރާވީ ސަރަޙައްދުތަކުގައި ދަނޑުވެރިކަމުގެ ދާއިރާތަކަށް އެހީވެދޭނޭ ވަސީލަތްތަކާއި އާލިއްޔަތުތައް ތަރައްޤީކުރުމާއި ޤުދްރަތީ މުއްސަނދިކަން ދެމެހެއްޓެނިވި މުއްސަނދިކަމަކަށް ހެދުމަށް ޓަކައި ޒަމާނީ ފަންނިއްޔަތު ބޭނުންކުރުމެވެ.  

އެކްސްޕޯ ޤަޠަރު ހަ މަސް ވަންދެން ދެމިއޮންނާނެއެވެ. މި މުއްދަތުގެ ތެރޭގައި ހަ މިލިއަން މީހުން އެކްސްޕޯއަށް ޒިޔާރަތް ކުރާނެކަމަށް ލަފާކުރެވެއެވެ.

މި އެކްސްޕޯގައި ބިން ހަނަފަސްވެ ސަހަރާވުމުގެ މަސްއަލަ  ޙައްލުކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ދެހެއްޓެނިވި ޙައްލުތަކެއް ގެނެސްދިނުމަށް ކުރެވޭ މަސައްކަތްތަކާ ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމާމެދު މަޝްވަރާ ކުރުމަށް ޓަކައި މަސައްކަތު ބައްދަލުވުންތައް ބޭއްވޭނެއެވެ.

ބައިނަލްއަޤްވާމީ މި މަޢުރަޒުގައި ދަނޑުވެރިކަމުގައި ޒަމާނީ ފަންނިއްޔަތާއި ޒަމާންވި ގޮތްތައް އެއްކޮށްގެން ދުނިޔޭގެ އާބާދީއަށް  ބޭނުންވާ ކާބޯތަކެތި އުފެއްދުމަށް ޓަކައި ޤުދްރަތީ މުއްސަނދިކަން ތަވާޒުންކޮށް ބޭނުން ކުރުމާ ބެހޭގޮތުން ބަޙުސް ކުރުމަށް ތަފާތު ބައްދަލުވުންތައް ވެސް ބޭއްވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *