Support Us

އުތުރު ކޮރެޔާ: ޒައްރީ ހަކަތަޔާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީއަކީ އެމެރިކާގެ ދުންމާރިއެއް

އުތުރު ކޮރެޔާގެ ނިޔުކްލިޔަރ ޕްރޮގްރާމާ ދެކޮޅަށް އެމެރިކާއިން ފަށައިފައިވާ މަޝްރޫޢާ އެއްކޮޅަށް ޒައްރީ ހަކަތަޔާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީން ބައިވެރިވެފައިވާ ކަމަށް ބުނެ އުތުރު ކޮރެޔާއިން އދ ގެ މި އޭޖެންސީ ކުށްވެރިކޮށް އެއީ "އެމެރިކާއިން ކުއްޔަށް ހިފާފައިވާ ދުންމާރިއެއް ކަމަށް" ސިފަކޮށްފިއެވެ.

އުތުރު ކޮރެޔާގެ ނިކްލިޔަރ ހަކަތަޔާ ބެހޭ ޞީނާޢަތުގެ ވުޒާރާގެ ތަރްޖަމާން ނެރުއްވި ބަޔާނުގައި ޒައްރީ ހަކަޔާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީން ހުކުރު ދުވަހު ނެރުނު ޤަރާރުގައި އުތުރު ކޮރެޔާގެ ނިޔުކްލިޔަރ ޕްރޮގްރާމު ހުއްޓައިލުމަށް ގޮވައިލައިފައިވާތީ އެ ބަޔާން ކުށްވެރިކޮށްފައި ވެއެވެ. ތަރްޖަމާނުގެ ބަޔާން ބުނިގޮތުގައި މި އޭޖެންސީގެ ޤަރާރަކީ އެމެރިކާއާއި އެމެރިކާގެ ބައިވެރިންގެ "ހަނގުރާމަވެރި މުއާމަރާ" އެކެވެ. އުތުރު ކޮރެޔާ ބުނިގޮތުގައި އެ ޤައުމަކީ ނިޔުކްލިޔަރ ޤައުމެކެވެ. މި ކަމުގައި ފަހަތަށް އަނބުރާ ދިޔުމެއް ނޯންނާނެއެވެ.

އުތުރު ކޮރެޔާގެ ތަރްޖަމާނު ތުހްމަތު ކުރެއްވިގޮތުގައި ޒައްރީ ހަކަތަޔާބެހޭ ބައިނަލްއަޤްވާމީ އޭޖެންސީގެ ރައީސް ރަފާއީލް ގްރޮސީ އުތުރު ކޮރެޔާއަށް ފިއްތުމަށް ބޭނުންވާ ޖައްވެއް ތަނަވަސް ކުރުމަށް ގޮވައިލައްވައިފައި ވެއެވެ. އޭނާ އިންޒާރު ކުރެއްވި ގޮތުގައި އުތުރު ކޮރެޔާއިން ނިޔުކްލިޔަރ ތަޖްރިބާތައް އަލުން ފަށާނެއެވެ.

ދެހާސް ނުވައެއްގައި އުތުރު ކޮރެޔާއިން ވަނީ ބައިނަލްއަޤްވާމީ މި އޭޖެންސީގެ އިންސްޕެކްޓަރުން އެ ޤައުމުން ފޮނުވައިލައިފައެވެ. އޭގެފަހުން މި އޭޖެންސީއަށް ވަނީ އުތުރު ކޮރެޔާއަށް ވަދެވޭނެ މަގެއް ނުފެނިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *