...

Support Us

ތުރްކީއަށް ބޭނުންވާ ޝާމިލު ޤާނޫނު އަސާސީއެއް އެކުލަވައިލެއްވުމަށް އުރްދުޣާން ގޮވައިލައްވައިފި

ތުރްކީގެ ރައްޔިތުންގެ މަޤްޞަދުތައް ޙާޞިލުކޮށްދޭނެ ޝާމިލު މަދަނީ އައު ޤާނޫނު އަސާސީއެއް އެކުލަވައިލުމަށް ޓަކައި އޭނާގެ ސަރުކާރުން ގަދައަޅައި މަސައްކަތްކުރާނެ ކަމަށް ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން މިއަދު ވިދާޅުވެއްޖެއެވެ.

ތުރްކީގެ ބަރްލަމާނުގެ އައު ދައުރެއް ހުޅުއްވާ ދެއްވަމުން އުރްދުޣާން ވިދާޅުވިއެވެ. "ކުރިމަގުގެ ޖީލުތަކާ އަޅުގަނޑުމެން ޙަވާލުކުރާނެ ހަމައެކަނި ތަރިކައަކަށް ވާނީ ދީމުޤްރާޠީ ތަޖްރިބާވެރި ސިންދަފާތު ބަރްލަމާނެކެވެ."

އޭނާ ވިދާޅުވިއެވެ. "ތުރްކީގެ ރައްޔިތުންނަކީ ޤައުމު ހިންގުމުގެ ތަޖްރިބާއާއި ހުނަރުވެރިކަން ލިބިފައިވާ ބައެކެވެ. އެމީހުން ޢާލަމީ ނިޒާމުތަކުގެ ތެރޭގައި އެމީހުންނާ އެކަށީގެންވާ މުނާސަބު މަޤާމެއް ހޯދާނެއެވެ."

އޭނާ ވިދާޅުވިއެވެ. "ޖުލައި 2016ގެ 15ވަނަ ދުވަހު ތުރްކީގެ ރައްޔިތުން ވަނީ އިންޤިލާބީންގެ ހަތިޔާރުތަކަށް ގޮންޖަހައިފައެވެ. މިހެންވެ އެމީހުންގެ ކިފާޙުގައި ދީމުޤްރާޠީ ތާޖެއް އެޅުވުން ޙައްޤުވެގެން ވެއެވެ."

އަންކަރާ ޙަމަލާ ކުށްވެރި ކުރެއްވުން

މިއަދު ހެނދުނު އަންކަރާގެ ފުލުހުންގެ ސަލާމަތީ މަރްކަޒަކަށް ދެ މީހަކު ދޭން އުޅުނު ނިރުބަވެރި ޙަމަލާ ރައީސް އުރްދުޣާން ކުށްވެރިކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި މި ޙާޔާތްކުޑަ މީހުންނަށް ރައްޔިތުންގެ އަމްނާއި ސަލާމަތްތެރިކަން ނަގައެއް ނުލެވޭނެއެވެ. މި ކަމުގައި އެމީހުންނަށް ކާމިޔާބެއް ނުމެލިބޭނެއެވެ.

މިއަދު ހެނދުނުގެ ނިރުބަވެރި ޙަމަލާއަށް ކޮމެންޓް ކުރައްވަމުން އުރްދުޣާން ވިދާޅުވިއެވެ. "އަޅުގަނޑުމެން ބަލިކޮށްފައިވާ ނިރުބަވެރި ޖަމާޢަތްތައް ބޭނުންކޮށްގެން އަޅުގަނޑުމެންގެ މައްޗަށް ނުފޫޒު ފޯރުވަން ބޮޑެތި ޤައުމުތަކުން އެބަ މަސައްކަތް ކުރެއެވެ. އަޅުގަނޑުމެން މި ވަނީ އެތެރެޔާއި ބޭރުގެ ނިރުބަވެރިކަމާ ގުޅޭ ހިރާސްތައް ނައްތައިލައިފައެވެ."

އުރްދުޣާން ވިދާޅުވިއެވެ. "ތުރްކީން މިހާރު ވަނީ ތުރްކީގެ ދެކުނު ސަރަޙައްދު އަމާންކުރުމަށް ޓަކައި އެ ސަރަޙައްދުގައި ސަލާމަތީ ފީތާއެއް ޤާއިމުކޮށްފައެވެ."

އުރްދުޣާން ބާރުލައްވައި ވިދާޅުވި ގޮތުގައި ފަތަޙަﷲ ގޮލަންގެ ޙަރަކާތަށް އަލުން ޤައުމަކަށް ނޭދެވޭނެއެވެ. އަދި ނިރުބަވެރި އެފަދަ އެހެން ޙަރަކާތަކަށް ވެސް ޤައުމަށް އެނބުރިއެއް ނާދެވޭނެއެވެ.

އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ރައްޔިތުން ހުސް އަތާ ނުކުމެ ހަތިޔާރުއެޅި އިންޤިލާބީން ބަލިކުރި ގޮތަށް އެމީހުން ނުކުމެ ނިރުބަވެރިކަން ވެސް ބަލިކޮށް ނައްތައިލާނެއެވެ. އަޅުގަނޑުމެން މި ދަނީ ނިރުބަވެރި ޙަރަކާތްތަކަށް ދާއިމީ ސިފައެއްގައި ޙަމަލާދެމުންނެވެ. އެ ޙަރަކާތްތައް މިހާރު ލަމުން އެ ދަނީ އެންމެ ފަހު ނޭވާއެވެ."

ޔޫރަޕްގެ އިއްތިޙާދުގެ ޢަދްލުވެރިއެއް ނޫން

ތުރްކީއާ ބެހޭގޮތުން ޔޫރަޕްގެ އިއްތިޙާދުން ގެންގުޅޭ ސިޔާސަތަށް ފާޑުވިދާޅުވަމުން ރައީސް އުރްދުޣާން ވިދާޅުވި ގޮތުގައި ތުރްކީން ވަޢުދުތަކުގައި ހިފެހެއްޓިޔަސް ޔޫރަޕްގެ އިއްތިޙާދުން އަޅުގަނޑުމެނާއެކު މުޢާމަލާތު ކުރަމުން ދަނީ ވަކި އަތަކަށް ޖެހިގެންނެވެ. އެމީހުންގެ ސުލޫކު ޢަދްލުވެރިއެއް ނޫނެވެ. އަޅުގަނޑުމެން އެމީހުންގެ ދޮރުތަކުގައި އިތުރަކަށް ޓައްކެއް ނުދޭނަމެވެ.

އުރްދުޣާން ވިދާޅުވިއެވެ. "ޔޫރަޕްގެ އިއްތިޙާދަށް ވަނުމަށް ޓަކައި އިތުރު ދުލެއް ނުދޭނަމެވެ. އަޅުގަނޑުމެން އެ އިއްތިޙާދަން ނުވައްދަން ނިންމިޔަސް މަސްއަލައެއް ނެތެވެ."

އޭނާ ވިދާޅުވިއެވެ. "ޔޫރަޕްގެ އިއްތިޙާދުގެ ކުށްތަކުން ރުޖޫޢަ ނުވެއްޖެނަމަ އެމީހުން ތުރްކީގެ ކިބައިން އެއްވެސް ކަމަކަށް އިންތިޒާރުކޮށްގެން ނުވާނެއެވެ."

ރައީސް އުރްދުޣާން ފާހަގަކުރެއްވި ގޮތުގައި ޔޫރަޕްގެ އިއްތިޙާދުގެ އެއް ކުށަކީ ތުރްކީ މީހުންނަށް ވީޒާ ނުދިނުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.