Support Us

އިސްރާއީލު ސިފައިން ޙަމާސް ޖަމާޢަތުގެ ޙަރަކާތްތެރިއަކު ޝަހީދުކޮށްލައިފި

ހުޅަނގު އައްސޭރިއަށް އިސްރާއީލު ސިފައިން އެރުމުން ހިނގި ކުރިމަތިލުމެއްގައި ޙަމާސް ޖަމާޢާތުގެ ހަނގުރާމަވެރިއަކު ރޭ ޝަހީދުވެއްޖެއެވެ. މި ކުރިމަތިލުމުގައި އިތުރު މީހަކު ޒަޚަމުވިއެވެ. އިސްރާއީލު ސިފައިން މި މީހާ ހައްޔަރުކޮށްގެން ގެންދިޔަކަމަށް ވަފާ ނޫސް އޭޖެންސީން ބުންޏެވެ. 

އޭނާ ޝަހީދުވީ ހުޅަނގު އައްސޭރީގެ ބީރާ ސަހަރުގެ ޖަބަލުއް ޠަވީލް ސަރަޙައްދުގައެވެ.   

ޙަމާސް ޖަމާޢަތުން އޭނާއަށް ތަޢުޒިޔާ ކިޔައި ނެރުނު ބަޔާން ބުނާގޮތުގައި އޭނާ ޝަހީދުކޮށްލައިފައި ވަނީ ބީރާ ސަހަރު ކައިރީގައި ހަދައިފައިވާ ޔަހޫދީ އާބާދީއެއް ކަމުގައިވާ ބަސާގޫތު ކައިރީގައެވެ. ފަލަސްޠީނުގެ ރެޑް ކްރެސެންޓް ޖަމްޢިއްޔާ ބުނާގޮތުގައި އެ ޖަމާޢަތުގެ އެންބިޔުލެންސެއް އެ ހިސާބަށް ދިޔުމުން އިސްރާއީލު ސިފައިން އެ އުޅަނދަށް ހުރަސްއަޅައި އެހީ ފޯރުކޮށްދިނުން މަނާކުރިއެވެ. 

ފަލަސްޠީނު ނޫސް އޭޖެންސީ ބުނާގޮތުގައި ބަސާގޫތު އާބާދީ ކައިރީގައި އިސްރާއީލު ސިފައިން ފިލައި ތިބެފައި ފަލަސްޠީނު މި ދެ މީހުންގެ އުޅަނދަށް ޙަމަލާ ދިނީއެވެ. 

އިސްރާއީލުން ބުނާގޮތުގައި ފަލަސްޠިނުގެ މި އުޅަނދަށް އިސްރާއީލު ސިފައިން ޙަމަލާދިނީ އެ އުޅަދުގައި އިން މީހަކު އިސްރާއީލު ސިފައިންނާ ދިމާއަށް އަލިފާން ބޮންތަކެއް އުކީމައެވެ. 

އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ތަފާތު ރަށްތަކަށް އަރައި އިއްޔެ ދިން ޙަމަލާތަކުގެ ސަބަބުން ހަ މީހަކު ޒަޚަމުވިއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މިޚަބަރުގެ ސުރުޚީއާ ޚަބަރުގެ ލިޔުން ކިޔާލުމުން ހީވަނީ ޚަބަރު ލިޔުނު ލިޔުންތެރިޔާގެ ނަޒަރުގައި ޙަމާސް ޖަމާޢަތަކީ ބައެއް ޣައިރު މުސްލިމް ގައުމު ތަކުގަ ޙަރަކާތްތެރިވާ ސަރުކާރާ ދެކޮޅު ޖަމާޢަތްތައް ފަދަ ޖަމާޢާތެއްހެން. ހަމާސް ޖަމާޢަތް އުފެދުނީ ޙައްދުފަހަނަ އަޅާފައިވާ ހޫދީން ފަލަޞްޠީންގެ ބިންތައް ފޭރިގަނެ ފަލޞްޠީނުގެ މުސްލިމް ރައްޔިތުން ރަޙްމެއްނެރި ޝަހީދުކުރަމުންދާތީ ފަލޞްޠީނުގެ މުގައްދަސް ބިމާ ފަލަސްޠީނުގެ މުސްލިމް ރައްޔިތުންގެ ދިފާއުގައި ޖިހާދު ކުރުމުގެ މަގްސަދުގައި. ޙަމާސްގެ ޖިހާދު މިއަދާހަމައަށް ވެސް ކުރިއަށް ދަނީ މިދެންނެވި މަގްސަދު ޙާޞިލް ކުރުމަށް. ޙަމާސްއިން ޔަހޫދީންނާއި ދެކޮޅަށް ކުރަނީ ޖިހާދު ކަމާއި މިޖިހާދުގައި ބައިވެރިވަނީ މުޖާހިދުންކަން، އެމީހެއްގެ ހިތުގައި ނިފާގުކަމެއް ނެތް ކޮންމެ މުސްލިމަކުވެސް ގަބޫލު ކުރާނެ. މިޚަބަރު ލިޔުނު ލިޔުންތެރިޔާ މީގެ އަހަރުތަކެއްކުރިން ޙަމާސްގެ ޖިހާދާ މުޖާހިދުން ޕްރޮމޯޓްކޮށް އެތަކެއް ލިޔުންތައް ލިޔެފައިވޭ. އަދި މިއަދާހަމައަށް އައިއިރުވެސް ޙަމާސްއިން ކުރަމުންދާ ޖިހާދުގެ ޝަރުޢީ ޙައިސިއްޔަތު ގެއްލިފައެއް ނުވަތަ ބަދަލުވެފއެއްނުވޭ. ހެންކަމުން ޙަމާސްގެ ޙަރަކާތްތެރިޔާއޭ ނުވަތަ ހަނގުރާމަ ވެރިޔާއޭ ބުނުމުން އެއީ ފަލަޞްޠީންގެ މުސްލިމުންނަށާއި ފަލަސްޠީނުގެ މުގައްދަސް ބިމުގެ ދިފާއުގައި ކުރެވޭ މަތިވެރި ޖިހާދަށާއި މަތިވެރި މުޖާހިދުންނަށް ކުޑައިމީސްކުރުން ކަމުގައި ނޫނީ ނުވާނެ ާާާާ. މީ ވަރަށް ހިތާމަ ހުރިކަމެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް