Support Us

ޕާކިސްތާނުގައި ނިރުބަވެރި ދެ ޙަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެ

ޕާކިސްތާނުގެ ބުލުޗިސްތާނާއި ޚައިބަރު ސަރަހައްދުގައި މިސްކިތަކަށާއި ދީނީ އެއްވުމަކަށް ދިން ބޮމުގެ ދެ ޙަމަލާއެއްގައި ފަންސާހަކަށް މީހުން މަރުވެ ސަތޭކައެއްހާ މީހުން ޒަޚަމުވެއްޖެއެވެ. ޕާކިސްތާނުގެ މަސްއޫލުވެރިން ސިފަކުރެއްވި ގޮތުގައި މިއީ ނިރުބަވެރި ޙަމަލާތަކެކެވެ. 

ފުރަތަމަ ޙަމަލާގެ އަމާޒަކަށް ވެފައިވަނީ ބްލުޗިސްތާނުގެ މޮސްޓަންގް ރަށުގެ  މިސްކިތެއް  ކައިރިގައި ކީރިތި ރަސޫލާގެ މައުލިދު ފާހަގަ ކުރުމަށް ބޭއްވި އިޙްތިފާލެކެވެ. މި ޙަމަލާގެ ސަބަބުން 52  މީހުން މަރުވިއެވެ. މި ޙާދިސާގައި ޕާކިސްތާނު ފުލުހުންގެ އިސް އޮފިސަރަކު އަވަހާރަވިއެވެ. 

ދެވަނަ ހާދިސާ ހިނގައިފައި ވަނީ ޚައިބަރު ސަރަޙައްދުގެ ޕިޝާވަރުގެ ދެކުނުގައި އޮންނަ ހޮންގޯ ސަރަހައްދުގެ މިސްކިތެއްގައެވެ. ޕާކިސްތާނުގެ ރަސްމީ މީޑިޔާތައް ބުނާގޮތުގައި ހުކުރުނަމާދު ކުރަނިކޮށް މި މިސްކިތަށް ދިން ޙަމަލާގައި ހަތަރު މީހަކު މަރުވެ ފަސް މީހަކު ޒަޚަމުވިއެވެ. މި ހިސާބުގެ ފުލުހުންގެ އޮފިސަރެއް ކަމުގައިވާ ނިޒާރު އަޙްމަދު ވިދާޅުވިގޮތުގައި މިސްކިތުގެ ފާރުތަކުގެ ދަށުގައި ސާޅީހަކަށް  މީހުން ދަށުވެފައިވާ ކަމަށް ލަފާކުރެވެއެވެ. މީސްމީޑީޔާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންގޮތުގައި މިސްކިތަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. ޕާކިސްތާނުގެ ފުލުހުން ޚަބަރުދޭ ގޮތުގައި މިސްކިތުގެ ސީލިންގް ވެއްޓުނީ ނަމާދު ކުރަން ތިބި މީހުންގެ ބޯ މައްޗަށެވެ.

ޕާކިސްތާނުގެ ވަގުތީ ސަރުކާރުގެ ދާޚިލީ ވަޒީރު ސަރްފަރާޒު އަޙްމަދު ބޫގަތީ ސިފަކުރެއްވި ގޮތުގައި މިއީ ނިރުބަވެރިންގެ ދެ ޙަމަލާއެކެވެ. 

ޕާކިސްތާނު ފުލުހުންގެ އިންސްޕެކްޓަރު ޖެނެރަލް މުނީރު އަޙްމަދު ވިދާޅުވިގޮތުގައި ބްލުޗިސްތާނު ޙަމަލާއަކީ މީހަކު އޭނާގެ ހަށިގަނޑު ގޮއްވައިލައިގެން ދިން ޙަމަލާއެކެވެ. އޭނާ އޭނާގެ ނަފްސު ގޮއްވައިލީ ފުލުހުންގެ ޕޮލިސް ކަމިޝަނަރުގެ ނައިބުގެ ކާރުކޮޅު ކައިރީގައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް