Support Us

ކުރީގެ އިސްވާރަކާ ވެގްނަރުންގެ ލަގަން ޕޫޓިން ޙަވާލު ކުރައްވައިފި

ރަޝިޔާގެ ހަނގުރާމަމަތީ ޚާއްޞަ ޖަމާޢަތެއް ކަމުގައިވާ ވެގްނަރު ޖަމާޢަތުގެ ކުރީގެ އިސްވާރެއް ކަމުގައިވާ އެންޑްރޭ ޓްރޮޝޭވާ ރޫސީ ރައީސް ޕޫޓިން މިއަދު ބައްދަލު ކުރައްވައި ވެގްނަރުންގެ ލަގަން އޭނާއާ ޙަވާލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޕޫޓިން ޓްރޮޝޭވާ އެކު މަޝްވަރާކުރެއްވީ ވެގްނަރުން ޔުކްރޭން ހަނގުރާމައިގައި އަލުން ބައިވެރިކުރުމާ ބެހޭގޮތުންނެވެ. ޓްރޮޝޭވް މިހާރު މަސައްކަތް ކުރައްވަނީ ރޫސީ ދިފާޢީ ވުޒާރާގައެވެ. މި ބައްދަލުވުމުގައި ރޫސީ ދިފާޢީ ވަޒީރުގެ ނައިބު ޔޫނިސް ބެކް ޔެވްކޯރޯވް ބައިވެރިވެ ވަޑައިގަތެވެ. 

ރައީސް ޕޫޓިން ޓްރޮޝޭވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ތިޔަބޭފުޅާ ވެގްނަރުންނާ އެކު ހަނގުރާމަ ކުރައްވާތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ. ޙައްލު ކުރަން ޖެހޭ މަސްއަލަތައް އެނގިވަޑައިގަންނަވާނެއެވެ. މިހާރަށްވުރެ އެ ޖަމާޢާތުގެ ކަންތައްތައް އަލުން ރާވައިލަން ވަނީ ޖެހިފައެވެ."

އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ވެގްނަރު ޖަމާޢަތުގައި ކުރިން އުޅުނު އެތައް ހާސް ބަޔަކު ޔުކްރޭންތެރޭގައި މިހާރު ދަނީ ފެތުރިގަންނަން ފަށައިފައެވެ. ރަޝިޔާގެ ބައެއް މީޑިޔާތައް ބުނާގޮތުގައި ވެގްނަރ ޒަޢީމުގެ ބަޣާވަތަށްފަހު ރައީސް ޕޫޓިން ވެގްނަރުންނަށް ޔުކްރޭންގައި ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ގޮވައިލެއްވިއެވެ. އެހެނަސް އޭނާ ވެގްނަރު ޖަމާޢަތުގެ ޒަޢާމަތު ޓްރޮޝޭވަށް އެރުވުމަށް ހުށައެޅުއްވިއެވެ. 

އަފްޣާނިސްތާނާއި ޝީޝާނުގައި ޓްރޮޝޭވް ވަނީ ހަނގުރާމަ ކުރައްވައި ރަޝިޔާގެ އެންމެ މަތީ މެޑެލްތައް ހޯއްދަވައިފައެވެ. އަދި 2016ވަނަ އަހަރު އޭނާއަށް ވަނީ ރަޝިޔާގެ ބަޠަލުގެ މެޑެލް ލިބިވަޑައިގެންފައެވެ. އެއީ ސޫރިޔާގައި ދާޢިޝް ޖަމާޢަތާ ދެކޮޅަށް  ރަޝިޔާ ސިފައިން ކުރި ހަނގުރާމައިގައި ތަދައްމަރު ސަހަރު ފަތަޙަ ކުރައްވައިފައިވާތީއެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް