އުޒްބަކުސްތާނުގެ ވެރިރަށް ޠަޝްޤަންދުގެ ވައިގެ ބަނދަރު ކައިރީގައި ބާރުގަދަ އެއްޗެއް މިއަދު ހެނދުނު ގޮވައިފިއެވެ.
އުޒްބަކިސްތާނަކީ ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމުން މިނިވަންކަން ލިބުނު އިސްލާމީ ޤައުމުތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު ޤައުމެވެ. މި ޤައުމުގެ އާބާދީއަކީ 29 މިލިޔަނެވެ.
ނޯވާ 24 ނޫސް އޭޖެންސީ ބުނާގޮތުގައި ބާރުގަދަ އެއްޗެއް ގޮވައިފައި ވަނީ މި ބަނދަރުގެ ކަސްޓަމު ސަރަޙައްދުގެ ގުދަނެއްގައެވެ. މި ގުދަން ހުރީ ޠަޝްޤަންދުގެ އިސްލާމް ކަރީމޯވް ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ކައިރީގައެވެ.
އުޒްބަކިސްތާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނާގޮތުގައި ގުދަނުގައި ރޯވުމުގެ ސަބަބުން އެތައް ބަޔަކު ޒަޚަމުވިއެވެ. އެހެނަސް އެއީ ނުރައްކާތެރި ޒަޚަމުތަކެއް ނޫނެވެ. އެ ވުޒާރާއިން ބުނިގޮތުގައި ފުރްތަމަ އެހީގެ ޚިދްމަތް ވަނީ ފޯރުކޮށްދެވިފައެވެ. އަދި އަލިފާން ވަނީ ނިއްވއިލެވިފައެވެ.



advertisment