Support Us

މައިމަރުކަޒަށް ދިން ޙަމަލާއަކީ އެމެރިކާ އާއި އިނގިރޭސީން ޔުކްރޭނާ ވިލަރެސްކޮށްގެން ދިން ޙަމަލާއެއް: ރަޝިޔާ

ކްރެމިޔާގެ ސިވަސްޓިޕޯލް ސަހަރުގައި ހުންނަ ރަޝިޔާގެ ކަނޑުގެ ފްލީޓުގެ މައިމަރުކަޒަށް ދިން ޙަމަލާއަކީ އެމެރިކާ އާއި އިނގިރޭސީން ޔުކްރޭނާ ވިލަރެސްކޮށްގެން ދިން ޙަމަލާއެއް ކަމަށް ރޫސީން މިއަދު ބުނެފިއެވެ.

ރަޝިޔާގެ މީޑިޔާތައް ބުނާގޮތުގައި ކަޅުކަނޑުގައި ހުޅަނގުގެ ޖާސޫސީ ޙަރަކާތްތަކާއި ފާރަލައިބެލުމުގެ ނިޒާމުތައް މިހާރު ވަނީ ވަރަށް ބޮޑަށް ޙަރަކާތްތެރިވާން ފަށައިފައެވެ.

ހުޅަނގުން އެމެރިކާގެ އަބްރާމްޒް ޓޭންކުތައް ޔުކްރޭނަށް ދިންކަން އިޢުލާންކުރުމާ ވިދިގެން ރޫސީ ޚާރިޖިއްޔާގެ ތަރްޖަމާނު މާރިޔާ ޒަޚަރޯވާ ވިދާޅުވިގޮތުގައި ވޭތުވެދިޔަ ހަފުތާތަކުގައި ކިޔޭވުން ކްރެމިޔާއަށް ދީފައިވާ ޙަމަލާތައް ދީފައިވަނީ ވޮޝިންގްޓަނާއި ލަންޑަނުން ވިލަރެސްކޮށްގެންނެވެ.

އެމެރިކާއިން އަބްރާމްޒް ޓޭންކްތައް ދީފައިވަނީ ފަންވަރު ދެރަ ޔޫރޭނިޔަމް އުންޑަތަކާއެކުގައެވެ. ރަޝިޔާއިން ބުނާގޮތުގައި ރޫސީ ސިފައިން މި ޓޭންކްތައް ވަރަށް ފަސޭހަކަމާއެކު އަންދާލާނެއެވެ.

ރަޝިޔާގެ ކުރީގެ ރައީސް އަދި ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ރައީސް މެޑްވެޑޭވް އިއްޔެ ވިދާޅުވިގޮތުގައި މޮސްކޯގެ ކުރިމަތީގައި އޮތް ޚިޔާރުތައް ދަނީ ކުޑަވަމުންނެވެ. ޙާލަތު ބަދަލުވަމުންދަނީ މޮސްކޯއާ ނޭޓޯއާ ދެމެދުގެ ސީދާ ކުރިމަތިލުމަކަށެވެ. މެޑްވެޑޭވް ސިފަކުރެއްވި ގޮތުގައި އެއީ "ހިޓްލަރުގެ ނާރެސް ފަދަ އެއްބައިވުމެ"ކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް