Support Us

ޗައިނާއިން މިޞްރަށް 400 މިލިއަން ޑޮލަރުގެ އިތުރު ދަރަންޏެއް ދެނީ

ޗައިނާގެ އިމްޕޯޓް އެކްސްޕޯޓާ ބެހޭ އެކްޒީމް ބޭންކުން މިޞްރުގެ ކަރަންޓް ރޭލު މަޝްރޫޢަށް ޓަކައި 400 މިލިއަން ޑޮލަރުގެ އިތުރު ދަރަންޏެއް ދިނުމަށް އެއްބަސްވެއްޖެއެވެ. 

ކަރަންޓް ރޭލުގެ މި މަޝްރޫޢު މިޞްރުގައި ފަށައިފައި ވަނީ 2014ގައި ވެރިރަށް ޤާހިރާއާއި ޤާހިރާގެ އިރުމަތީ ސަރަޙައްދުތަކުގެ ޞިނާޢީ އަދި ޢިމްރާނީ މުޖްތަމަޢުތައް ގުޅައިލުމަށް ޓަކައެވެ. މި މަޝްރޫޢަކީ 1.2 ބިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. ޗައިނާގެ އެކްޒީމު ބޭންކުން 2019 ގައި މިޞްރަށް ވަނީ މި ދަރަނި ދީފައެވެ. މި މަޝްރޫއުގެ ދަށުން ހުޅުވުނު ފުރަތަމަ އިސްޓޭޝަން ހުޅުވައިފައި ވަނީ މި ދިޔަ އަހަރުއެވެ. 

ޗައިނާއިން ދިން ފައިސާއިން 22 ރޭލު ގަނެވޭނެއެވެ. ކޮންމެ ރޭލެއްގައި ހަ ބުރި ހިމެނޭނެއެވެ. މި މަޝްރޫޢުގެ ފުރަތަމަ ދެ ފިޔަވަހި ވަނީ 2022 ގައި ހުޅުވައިފައެވެ. 

މިޞްރުގެ ކަރަންޓް ރޭލު މަޝްރޫޢަކީ 20.4 ކީލޯމީޓަރުގެ ދިގު މަގެއް ހިމެނޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހަތަރު އިސްޓޭޝަން ހުޅުވޭނެއެވެ. މި މަޝްރޫޢާބެހޭ ހުރިހާ މަސައްކަތްތަކެއް ކުރާނީ ޗައިނާގެ ކުންފުނިތަކުންނެވެ. 

މި މަޝްރޫޢާ ބެހޭ މަސްއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި މި ދަރަންޏާ ބެހޭ އިދާރީ މަސައްކަތްތައް މި އަހަރު ނިމުމުގެ ކުރިން ކުރެވޭނެއެވެ. އެއަށްފަހު މި ދަރަންޏާބެހޭ އެއްބަސްވުން ތަޞްދީޤު ކުރުމަށް ޓަކައި މިޞްރުގެ ބަރްލަމާނަށް ހުށައެޅޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް