Support Us

އދ.ގެ މާލަން ޒީނަތްތެރިކޮށްފައިވާ ކުލަތަކާމެދު އުރްދުޣާން ހިތްޕުޅު ހަމައެއްނުޖެހޭ 

ދެމެހެއްޓެނެވި ލަޑުދަނޑިތައް ހަރުދަނާ ކުރުމަށް ޓަކައި އދގެ މާލަން ޒީންތަތެރި ކުރުމަށް ބޭނުންކޮށްފައިވާ ގަދަ ކުލަތަކާމެދު ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ހިތްޕުޅު ހަމަނުޖެހޭ ކަމަށް ރޮއެޓަރޒުން ބުނެފިއެވެ.

ޚަބަރުފަތުރާ ތުރްކީގެ ވަސީލަތްތަކާ ޙަވާލާދީ ރޮއެޓަރޒް ބުނާގޮތުގައި މި މަސްއަލައާމެދު އދގެ އަމީންޢާންމު ޣުޓެރެޝާ އެކު އޭނާ ބަޙުސްކުރައްވަން ބޭނުންފުޅުވާ ކަމަށް ރައީސް އުރްދުޣާން ވިދާޅުވިއެވެ.

ތުރްކީގެ "ޚަބަރު ތުރްކު" ނޫސް އޭޖެންސީއާއި އެހެނިހެން ނޫސް އޭޖެންސީތައް ބުނާގޮތުގައި އުރްދުޣާން ވިދާޅުވިއެވެ. "އދގެ ޢާންމު މަޖިލީހުގެ މާލަންތެރެއަށް ވަންއިރު މަށަށް ފެނުނީ އިސްޓޭޖް މައްޗާއި މާލަމުގެ އެހެން ތަންތަން އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މީހުންގެ ކުލަތަކެވެ."

"ދުނިޔޭގައި މި ގިންތީގެ ކިތައް މީހުން އުޅޭ ހެއްޔެވެ؟" އޭނާ އިތުރަށް ވިދާޅުވިއެވެ. "އެމީހުންނަށް ޙައްޤެއް ލިބިގެން ވިޔަސް އެމީހުންނާ ދެކޮޅު ހަދާ މީހުންނަށް ވެސް ހަމަ އެމިންވަރަށް ޙައްޤު ލިބިގެން ވާނެއެވެ."

އދ ގެ މައިމަރުކަޒުގައި ޢާންމު ޖަމްޢިއްޔާގެ 78 ވަނަ ދައުރު ފެށުމުގެ ކުރިން "ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް" އާ ބެހޭ ސަމިޓެއް ބޭއްވުނެވެ. އެއީ ހައިހޫނުކަމާއި ފަޤީރުކަމާއި މޫސުމަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމަށް މަސައްކަތް ކުރުމަށް ޓަކައި އދ ން ރާވައިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގައި ސިޔާސީ އިޖްރާއީ 17 ކަމެއް ހިމެނެއެވެ. މި 17 ކަންތައް ދެއްކުމަށް ތަފާތު 17 ކުލަ ބޭނުންކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް