Support Us

ގީނީގެ ޢަސްކަރީ ވެރިޔާ: އަހުރެމެންނަށް ހުޅަނގުގެ ދީމުޤްރާޠީ ނިޒާމު ކަމަކުނުދޭ

އެފްރިކާއަށް ހުޅަނގުގެ ދީމުޤްރާޠީ ނިޒާމު ކަމުނުދާ ކަމަށް ގިނީގެ ޢަސްކަރީ ވެރިޔާ މަމާދީ ދުމްބޯޔާ ރޭ ވިދާޅުވެއްޖެއެވެ. އޭނާ  ވިދާޅުވިގޮތުގައި އެފްރިކާއަށް އަންނަމުންދާ އިންޤިލާބުތަކުން މި ކަން ވަރަށް  ރަނގަޅަށް އެނގިއްޖެއެވެ.

އދގެ ޢާންމު ޖަމްޢިއްޔާގެ 78 ވަނަ ދައުރުގައި ވާހަކަފުޅު ދައްކަވަމުން ދުމްބޯޔާ (ފޮޓޯގައި) ވިދާޅުވިއެވެ. "އެފްރިކާ މިއަދު ބަރުދާސްތު ކުރަމުން މިދަނީ އެ ބަރޫދުގެ ޤައުމުތަކުގެ މައްޗަށް ވެރިކޮށްފައިވާ ވެރިކަމުގެ ނިޒާމެއްގެ ބަލާވެރިކަމެވެ. އެއީ ހުޅަނގަށް ރަނގަޅު ކުރުންތެރި ނިޒާމަކަށް ވިޔަސް އެއީ އަހުރެމެންގެ އާދަތަކަށާއި ވެށްޓަށާއި ޙާލަތާ ގުޅޭ ނިޒާމެއް ނޫނެވެ." 

ގިނީގެ ޢަސްކަރީ ވެރިޔާ ވިދާޅުވިއެވެ. "އަހުރެމެންނަށް ދަރުސްތައް ދިނުން ހުއްޓައިލަންވީ ވަގުތު އަތުވެއްޖެއެވެ. ކުޑަކުދީންނާއެކު މުޢާމަލާތު ކުރާގޮތަށް އަހުރެމެންނާ މުޢާމަލާތު ކުރުން ހުއްޓައިލާން ވެއްޖެއެވެ."

އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އެފްރިކާ މީހުންގެ ސިކުނޑިތައް ދޮންވެ ފައްކާވެއްޖެއެވެ. އެމީހުންގެ ޤައުމުތަކުގައި އޮންނަން ޖެހޭ ވެރިކަމުގެ ނިޒާމު ބައްޓަން ކުރަން އެމީހުންނަށް އެނގެއެވެ."

ދުމްބޯޔާ ވެރިކަމަށް އިސްވެވަޑައިގަތީ 2021 ގައި ގެންނެވި އިންޤިލާބެއްގައެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ހުޅަނގު އެފްރިކާއަށާއި މެދުތެރޭ އެފްރިކާއަށް ޢަސްކަރީ އަށް އިންޤިލާބު ގެނެސްފައި ވެއެވެ.

އދންނާއި އެމެރިކާއާއި ފަރަންސޭސިވިލާތް ފަދަ ހުޅަނގުގެ  ބާރުތަކުން މި އިންޤިލާބުތައް ކުށްވެރިކޮށް ދީމިޤްރާޠީ ނިޒާމު އަވަހަށް އިޢާދަކުރުމަށް ދަނީ ގޮވައިލަމުންނެވެ. 

ހުޅަނގުގެ ޤައުމުތަކުގެ ރައްދާ ދެކޮޅަށް ފާޑުވިދާޅުވަމުން ދުމްބޯޔާ ސިފަކުރެއްވި ގޮތުގައި "އެއީ ނަސްލީ އިމްތިޔާޒާއި ބޮޑާކަމުގެ ޢަމަލުތަކެކެވެ."

އޭނާ ވިދާޅުވިއެވެ. "އެފްރިކާގެ ޤައުމުތަކަށް މި ޖެހެނީ އެއްވެސް އިންސާފެއްނެތް ގޮތަކަށް ވަކި ފަރާތަކަށް ޖެހިގެން ތިބެ ވޯޓުތަކެއް ލާށެވެ. އެއީ މިއަދުގެ ޙާލަތާ އެއްވެސް ގުޅުމެއް ނެތް ފިނި ހަނގުރާމައިގެ ޒަމާނުގައި ހިނގައިފައިވާ އައިޑިޔޮލޮޖީގެ ހަނގުރާމައެކެވެ."  

ދުމްބޯޔާ ވިދާޅުވިއެވެ. "އެފްރިކާ މީހުން އެމެރިކާނުންނަށް، ޗައިނާ މީހުންނަށް، ފަރަންސޭސިންނަށް، ރޫސީންނަށް، ތުރްކީންނަށް ތާއީދެއްވެސް އަދި ދެޅުވެރިއެއްވެސް ނޫނެވެ. އެމީހުން ވަރަށް ސާދާކޮށް ތާއީދު ކުރަނީ އެފްރިކާއަށެވެ." 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *