Support Us

ވަގުތުތައް މިހާރު ހުސްކޮށްފައި ވަނީ މި ޤައުމުގެ މަޞްލަޙަތުތަކަށް: ބިން ސަލްމާން

އޭނާގެ ވަގުތުތައް މިހާރު ހުސްކުރައްވައިފައި ވަނީ ޤައުމުގެ މަޞްލަޙަތުތަކަށް ޓަކައި ކަމަށް ސުޢޫދީ ވަލީ ޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ކަށަވަރުކޮށް ދެއްވައިފިއެވެ. އޭނާ ވިދާޅުވިއެވެ. "ސުޢޫދިއްޔާއަކީ މި ސައްތައިގެ އެންމެ ކާމިޔާބު ބޮޑު ވާހަކައެވެ." 

ސުޢޫދީ ވަލީ ޢަހްދު ފޮކްސް ނިވްޒަށް ދެއްވި ދިގު ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ސުޢޫދީ ޢަރަބިއްޔާ ކުރިއަރަމުން އަންނަނީ ވަރަށް ބާރު ދުވެއްޔެއްގައެވެ. އެންމެ ދުވަހަކަށް ވެސް ދުވެލި މަޑުވެގެން ނުދާނެއެވެ."

މި ބަސްދީގަތުން ފޮކްސް ނިވްޒުން މިއަދު ދުރަށް ދައްކާނެއެވެ. ބިން ސަލްމާން އިޝާރާތް ކުރެއްވިގޮތުގައި "ސުޢޫދީ މީހުންނަކީ ބަދަލުވުމަށް އެދޭ ބައެކެވެ. މަށަކީ އެމީހުންގެ މީހެކެވެ." 

ބިން ސަލްމާން ވިދާޅުވިއެވެ. "އަހުރެމެން މަސައްކަތް ކުރަމުން މިދަނީ ދެ ޙަރަންފުޅާއި މުޤައްދަސް ތަންތަނާ އެކަށީގެންވާ ގޮތުގެ މަތިންނެވެ."

ސުޢޫދީގެ 2040ގެ ތަޞައްވުރު "2027 އާއި 2028 އާ ދެމެދުގައި އިޢުލާން ކުރައްވާނޭ ކަމަށް ވެސް ބިން ސަލްމާން ވިދާޅުވިއެވެ.

ސުޢޫދީ ވަލީ ޢަހްދު ކަށަވަރުކޮށްދެއްވި ގޮތުގައި ސުޢޫދީ ޢަރަބިއްޔާގެ ތެޔޮ ނޫން އިޤްތިޞާދަކީ ޖަމާޢަތް 20 ގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން އެންމެ ބާރަށް ކުރިއަރަމުން އަންނަ ޤައުމެވެ. އޭނާ ވިދާޅުވިއެވެ. "ސުޢޫދީ ޢަރަބިއްޔާއަކީ ޖަމާޢަތް 20 ގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން 2022 ގައި އެންމެ އުފެއްދުންތެރި ޤައުމެވެ. އަހުރެމެންގެ އަމާޒަކީ ސުޢޫދީ ޢަރަބިއްޔާ އެންމެ ރަނގަޅު ޤައުމަށް ހެދުމެވެ. ގޮންޖެހުންތައް ފުރްޞަތުތަކަށް ބަދަލު ކުރުމެވެ."

 ބިން ސަލްމާން އިޝާރާތް ކުރެއްވިގޮތުގައި ސުޢޫދީ ޢަރަބިއްޔާއިން ދަނީ ބައެއް ޤާނޫނުތައް އިޞްލާޙު ކުރަމުންނެވެ. އެހެނަސް  ފަނޑިޔާރުގެއާ ބެހިވަޑައިނުގަންނަވާނޭ ކަމަށް ބިން ސަލްމާން ވިދާޅުވިއެވެ. 

އޭނާ ހާމަކުރެއްވި ގޮތުގައި ފަތުރުވެރިކަމުގެ މައިދާނުގައި ވުނަކުރުމުގެ ސަބަބުން ޤައުމީ އުފެއްދުންތެރިކަމުގެ މައިދާނުގައި  އެކަމުގެ ޙިއްޞާ ވަނީ 3% އިން 7% އަށް މައްޗަށް ގޮސްފައެވެ. "ފަތުރުވެރިކަމުގެ ސަބަބުން 40 މިލިޔަން މީހުން ސުޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތް ކުރިއެވެ. އަޅުގަނޑުމެންގެ އަމާޒަކީ 2030 އަށް ދާއިރު މި ޢަދަދު 100 މިލިޔަނުން 150 މިލިޔަނަށް އިތުރު ކުރުމެވެ." 

 ބިން ސަލްމާން ވިދާޅުވިގޮތުގައި ބްރިކްސް އަކީ ޖިޔޯސިޔާސީ ރޮނގުގައި އެމެރިކާއާ ނުވަތަ ހުޅަނގާ ވާދަކުރާ ޖަމާޢަތެއްނޫނެވެ. އެއީ އެމެރިކާއާ އިދިކޮޅެ ޖަމާޢަތެއް ނޫނެވެ. އެ ޖަމާޢަތުގައި އެމެރިކާއާ ރަޙްމަތްތެރި ޤައުމުތައް ވެއެވެ. އެއީ ސިޔާސީ ބައިވެރިވުމެއް ނޫނެވެ. 

ޗައިނާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ބިން ސަލްމާން ވިދާޅުވިއެވެ. "ޗައިނާ ބަލިކަށިވެފައިވާ ތަން ދެކެން އެއްވެސް ޤައުމަކުން ނޭދެއެވެ. ޗައިނާ ބަލިކަށިވެއްޖެނަމަ ދުނިޔޭގެ ހުރިހާ ޤައުމުތަކެއް ބަލިކަށިކަމަށް ހުށައެޅިގެންދާނެތެވެ."

 ބިން ސަލްމާން ހާމަކުރެއްވި ގޮތުގައި ސުޢޫދީން ޖަމާޢަތް7ގައި ބައިވެރިވުމަށް އެދުނެވެ. އެހެނަސް ބައެއް ޤައުމުތަކުން ބޭނުންވީ އެމީހުން ބުނާ ޝަރްޠުތަކެއް ޤަބޫލުކުރުމަށެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި "ސުޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރަން އެދުނީ ޗައިނާއިންނެވެ. އަހުރެމެން ޠަހަރާނުގެ ކިބައިން އެދެނީ މި ސަރަޙައްދުގެ ޤައުމުތަކާއެކު އީޖާބީ ވުމަށެވެ. ސުޢޫދިޔާއެކު ޞުލްޙަވެފައިވާ ޞުލްޙަވުމަށް އީރާނުން ވަރަށް ރަނގަޅަށް ޢަމަލުކުރަމުން ދެއެވެ." 

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއެކު ޑީލެއް ހެދުމުގެ މަސްއަލައާ ބެހޭގޮތުން ބިން ސަލްމާން ވިދާޅުވިއެވެ. "ސުޢޫދީ ޢަރަބިއްޔާގެ ސިޔާސަތަކީ ޤައުމުގެ ވެރިންގެ ކަންތައްތަކާ ނުބެހުމެވެ. މި ވަގުތު ސުޢޫދީ ޢަރަބިއްޔާއާއި އިސްރާއީލާ ދެމެދުގައި އެއްވެސް ގުޅުމެއް ނެތެވެ."

އޭނާ ވިދާޅުވިގޮތުގައި އިސްރާއީލާއެކު ގުޅުން ޤާއިމުކުރެވޭއިރު ފަލަސްޠީނުގެ މަސްއަލަ ޙައްލުވެފައި އޮންނަން ޖެހޭނެއެވެ.   

ބިން ސަލްމާން ވިދާޅުވި ގޮތުގައި އެމެރިކާ ސަރުކާރުން ވަނީ އިސްރާއީލާއެކު ގުޅުންތައް ޤާއިމުކުރުމާ ބެހޭގޮތުން ހުށައެޅުންތަކެއް ހުށައަޅައިފައެވެ. "މި ކަމުގައި ކާމިޔާބު ލިބިއްޖެނަމަ އެކަން ވާނީ ފިނި ހަނގުރާމައަށްފަހު ޤާއިމުކުރެވޭ އެންމެ ބޮޑު އެއްބަސްވުމަށެވެ. ގުޅުންތައް ޤާއިމުކުރުމާ ބެހޭގޮތުން ވާހަކަދެއްކުންތައް ދަނީ ކުރިއަށެވެ. ފަލަސްޠީނު މީހުންނަށް ރަނގަޅު ޙަޔާތަކަށް އަހުރެމެން އެދެމެވެ." 

ޔުކްރޭން މަސްއަލައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވިގޮތުގައި ރަޝިޔާއާއި ޔުކްރޭނާ އެކު އޮތް ސުޢޫދީ ޢަރަބިއްޔާގެ ގުޅުމަކީ ރަނގަޅު ގުޅުމެކެވެ. "ވާހަކަދައްކައިގެން މަސްއަލަ ޙައްލު ކުރުމަށް އަހުރެމެން އިސްކަންދެމެވެ. އެކަމަށް ޓަކައި އަހުރެމެން ގަދައަޅައި އެބަ މަސައްކަތް ކުރަމެވެ."

 ތެލާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ބިން ސަލްމާން ވިދާޅުވިއެވެ. "އަހުރެމެންގެ ތެލާބެހޭ ސިޔާސަތު ބިނާވެފައި ވަނީ ބޭނުންވާ މިންވަރަށާއި ބާޒާރުގައި ހުރި މިންވަރުގެ މަތީގައެވެ. ހަކަތައިގެ ބާޒާރަށް ހަމަޖެހުން ގެނެސްދިނުމަށް ސުޢޫދީން މަސައްކަތް ކުރާނެއެވެ. އޯޕެކް+ގެ ނިންމުންތަކަކީ ވަކި ފަރާތަކަށް ޓަކައި އަދި ވަކި ފަރާތަކާ ދެކޮޅަށް ކަނޑައެޅޭ ޤަރާރުތަކެއް ނޫނެވެ." 

ސުޢޫދީ ވަލީ ޢަހްދު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އީރާނުން ނިޔުކްލިޔަރ ހަތިޔާރު ޙާޞިލްކޮށްފިނަމަ ސުޢޫދިޔާއިން ވެސް އެ ފަދަ ހަތިޔާރު ހޯދާނެއެވެ. ނިޔުކްލިޔަރ ހަތިޔާރު ހޯދުމުގެ ބޭނުމެއް ނެތެވެ. އެއީ ބޭނުންކުރެވިދާނެ ހަތިޔާރެއް ނޫނެވެ."

އޭނާ އިތުރަށް ވިދާޅުވިއެވެ. "އެއްވެސް ޤައުމަކުން ނިޔުކްލިޔަރ ހަތިޔާރު ބޭނުންކޮށްފިނަމަ އެކަން ވާނީ މުޅި ދުނިޔެއާ ދެކޮޅަށް ކުރެވޭ ހަނގުރާމައަކަށެވެ. ދުނިޔެއަށް އިތުރު ހީރޯޝީމާއެއް ތަޙައްމުލެއް ނުކުރެވޭނެއެވެ." 

އެމެރިކާއާއި ސުޢޫދީ ޢަރަބިއްޔާއާ ދެމެދުގައިވާ ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އަހުރެމެންނާއި ވޮޝިންޓަނާ ދެމެދުގައި އޮތީ ވަރަށް ބަދަހި މުހިއްމު ގުޅުންތަކެކެވެ. ރައީސް ބައިޑްނާއެކު އޮތް ގުޅުމަކީ ޚާއްޞަ ގުޅުމެކެވެ. ގުޅިފައިވާ ފައިލްތަކުގައި ދެ ފަރާތުގެ މެދުގައި ވަރަށް ރަނގަޅަށް ވިލަރެސް ކުރެވެއެވެ." 

ބިން ސަލްމާން ވިދާޅުވިގޮތުގައި އުސާމާ ބިން ލާދިން މަސައްކަތްކޮށްފައި ވަނީ ސުޢޫދީ ޢަރަބިއްޔާއާއި އެމެރިކާ ޖައްސާށެވެ. އޭނާއަކީ އެ ދެ ޤައުމުގެ ދުޝްމަނެކެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *