...

Support Us

ނަގަރުނޯ ކަރްބާޚުގެ ހަނގުރާމަވެރިން ހަނގުރާމަ ހުއްޓަން އެއްބަސްވެއްޖެ

އަޒަރްބައިޖާނުން ނަގަރުނޯ ކަރްބާޚް ސަރަޙައްދަށް ޙަމަލާދިނުމާ ވިދިގެން އެ ސަރަޙައްދުން ޢާންމުން ބޭލުމުގެ މަސައްކަތް ރަޝިޔާއިން ފަށައިފިއެވެ.

ރަޝިޔާގެ މީޑިޔާތައް ބުނާގޮތުގައި ނަގަރުނޯ ކަރްބާޚުގައި ޞުލްޙަ ޤާއިމުކުރުމަށް ތިބި ރޫސީ ސިފައިން އެ ސަރަޙައްދުން 1800 ޢާންމުން އިއްޔެ ވަނީ ބާލައިފައެވެ. ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުގައި ރޫސީ ސިފައިން ވަނީ އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަންދީފައެވެ. އަދި އަޒަރްބައިޖާނުގެ ޙަމަލާތަކުގެ ސަބަބުން ޒަޚަމުވި މީހުންނަށް ފަރުވާވެސް ދަނީ ދެމުންނެވެ.

ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި އަޒަރްބައިޖާނުން ނަގަރުނޯ ކަރްބާޚުގެ ވެރިރަށުގެ އަވަށްތަކަށް ވަނީ ޙަމަލާދީފައެވެ.

ނަގަރުނޯ ކަރްބާޚު ސަރަޙައްދަކީ އަޒަރްބައިޖާނުގެ ބިމެކެވެ. އެހެނަސް އެ ތާނގެ އާބާދީގައި ގިނައީ އަރްމަނުންނެވެ. އަރްމަނުން ބޭނުންވަނީ އަރްމީނިޔާއާ ގުޅުމަށެވެ.

60 ތަން ހިފުން

އަޒަރްބައިޖާނުގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި އެ ސަރަޙައްދުގައި ތިބި އަރްމަން ސިފައިންގެ 60 މަރްކަޒެއް މިހާރު ވަނީ އަޒަރްބައިޖާނުގެ ސިފައިން ހިފައިފައެވެ. އަޒަރްބައިޖާނުން ބުނާގޮތުގައި އަޒަރްބައިޖާނުން މި ޙަމަލާދިނީ ނަގަރުނޯ ކަރްބާޚު ވަކިކޮށްލުމަށް މަސައްކަތްކުރާ ބަޔަކު އެ ކަމަށް މަސައްކަތް ކުރަން ފެށުމުންނެވެ. އަޒަރްބައިޖާނުން ބުނާގޮތުގައި އެ ޤައުމުން މަސައްކަތް ކުރަނީ އަރްމަން ސިފައިންގެ ފައުޖުތައް އެ ސަރަޙައްދުން ބޭރަށް ލުމަށެވެ. އަޒަރްބައިޖާނުން ބުނާގޮތުގައި ވަކިވެގަތުމަށް މަސައްކަތްކުރާ އަރްމަންގެ އިދާރީ ބާރުތައް އުވާލެވެން ޖެހޭނެއެވެ.

އަޒަރްބައިޖާނުގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ހަނގުރާމައިގެ ކުރީ ސަފުތަކުގައްޔާއި އެތެރޭގައި ބޭނުން ކުރެވެނީ އަމާޒު ހިފޭ ޒަމާނީ ހަތިޔާރެވެ.

އެހެނަސް އަރްމީނިޔާ ބުނާގޮތުގައި އެ ޤައުމުގެ ސިފައިންގެ އެއްވެސް ބަޔަކު ނަގަރްނޯ ކަރްބާޚު ސަރަޙައްދުގައެއް ނެތެވެ. އަޒަރްބައިޖާނުގެ ޢުދްވާނު ހުއްޓުވުމަށް ޓަކައި ފިޔަވަޅު އެޅުމަށް އަރްމީނިޔާއިން ސަލާމަތީ މަޖިލީހަށާއި ރަޝިޔާއަށް ވަނީ ގޮވައިލައިފައެވެ.

ވަކިވެގަތުމަށް މަސައްކަތް ކުރާ އަރްމަންގެ ހަނގުރާމަވެރީން ބުނާގޮތުއި އަޒަރީ ސިފައިންގެ ޙަމަލާތަކުގެ ސަބަބުން އެ ޖަމާޢަތުގެ 23 މީހަކު މަރުވިއެވެ . އެމީހުން ބުނާގޮތުގައި އަޒަރްބައިޖާނުން ވަނީ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި ޑްރޯންތަކާއި ބޮޑު ބަޑީގެ ބޭނުންކޮށްފައެވެ.

އަޒަރްބައިޖާނުން ބުނާގޮތުގައި އަރްމަނުންގެ ޙަމަލާތަކުގެ ސަބަބުން އެ ޤައުމުގެ ދެ ސިފައިންނާއި ޢާންމުންގެ އެކަކު މަރުވިއެވެ.

ހަނގުރާމަ ހުއްޓުމަށް ޤަބޫލުވެއްޖެ

އެންމެފަހުގެ ޚަބަރުތައް ބުނާގޮތުގައި ނަގަރްނޯ ކަރްބާޚުގެ އަރްމަން ހަނގުރާމަވެރިން މިހާރު ވަނީ އަޒަރްބައިޖާނުގެ ޝަރްޠުތައް ޤަބޫލުކޮށް ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވެފައެވެ.

އިންޓަރފެކްސް ނޫސް އޭޖެންސީ ބުނާގޮތުގައި ހަނގުރާމަ ހުއްޓުމަށް ޓަކައި ރަޝިޔާއިން ހުށައެޅި ހުށައެޅުން އަރްމަން ހަނގުރާމަވެރީން ވަނީ ޤަބޫލުކޮށް މިއަދު ހަވީރު ހަނގުރާމަ ހުއްޓައިލައިފައެވެ. އަރްމަނުން މި ކަން ޤަބޫލުކުރީ އަޒަރްބައިޖާނުގެ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން ލިބުނު ނާކާމިޔާބީއާ ހެދިއެވެ. ރޫސީ ނޫސް އޭޖެންސީ ބުނާގޮތުގައި ނަގަރްނޯ ކަރްބާޚު ސަރަޙައްދު އަޒަރްބައިޖާނާ އެއްކޮށްލުމާ ބެހޭ ގޮތުން މާދަމާ ވާހަކަދެއްކުންތައް ފެށޭނެއެވެ.

އަޒަރްބައިޖާނުގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ނަގަރްނޯ ކަރްބާޚުގެ އަރްމަން ހަނގުރާމަވެރީން މިހާރު ވަނީ ހަތިޔާރު ބެހެއްޓުމަށާއި އެމީހުން ތިބި މަރްކަޒުތަކުން ފޭބުމަށް އެއްބަސްވެފައެވެ. އެމީހުންގެ އަތުގައި ހުރި ހުރިހާ ހަތިޔާރުތަކެއް އަޒަރްބައިޖާނުގެ ސިފައިންނާ ޙަވާލު ކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

އެހެނަސް އަރްމީނިޔާގެ ބޮޑުވަޒީރު ނިކޯލް ބެޝިނިޔާން ވިދާޅުވާގޮތުގައި ނަގަރުނޯ ކަރްބާޚުގައި ހަނގުރާމަ ހުއްޓުމާ ބެހޭ އެއްބަސްވުން އެކުލަވައިލުމުގައި ޔަރިވާން ބައިވެރިއެއް ނުވެއެވެ. ޔެރިޔާން ބުނާގޮތުގައި އަޒާރީ ޙަމަލާގެ ސަބަބުން ނަގަރުނޯ ކަރްބާޚުން 32 މީހުން މަރުވެ 200 މީހުން ޒަޚަމުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.