...

Support Us

ސޫރިޔާގައި ތިބި ތުރްކީ ސިފައިން ބޭލުމުގެ މަސައްކަތް އީރާނުން ފަށައިފި

ސޫރިޔާ– ތުރްކީ ސަރަޙައްދުގައި އަމާންކަން ޤާއިމުކޮށް ދިނުމަށް ސޫރިޔާ ތައްޔާރަށް އޮތްކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދﷲޔާން ވިދާޅުވެއްޖެއެވެ.

އީރާނުގެ އަލްވިފާޤު ދުވަހު ނޫހާ ވާހަކަފުޅު ދައްކަވަމުން ޢަބްދުﷲޔާން ހާމަކުރެއްވި ގޮތުގައި ތުރްކީގެ ބިމަށް ސޫރިޔާތެރެއިން ޙަމަލާދިނުން މަނާކުރާނެކަމުގެ ޖާމިނުވުން އަންކަރާއަށް ލިބިއްޖެނަމަ ތުރްކީގެ ބާރުތައް ސޫރިޔާއިން ބޭރަށް ގެންދިޔުމަށް އަންކަރާ އޮތީ ތައްޔާރަށެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި އެއްބަސްވުމަށް ރަޝިޔާއާއި އީރާނުން ޖާމިނުވާނެއެވެ. ސޫރިޔާއަށާއި ތުރްކީއަށް ހުށައެޅިފައިވާ މި އެއްބަސްވުމުގެ ދެލިކޮޕީ އެއްބަސްވުމަކަށް ވުމުން ސޫރިޔާ ސިފައިން ތުރްކީ- ސޫރިޔާ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތާ ޙަވާލުވާނެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި ސޫރިޔާ– ޢިރާޤުގެ ބޫކަމާލް ސަރަޙްދީ ރޮނގު ކައިރީގައި އެމެރިކާއިން ދެމުންގެންދާ ޙަމަލާތަކުގެ ސަބަބުން އެ ހިސާބު ދަނީ އިތުރަށް ހޫނުވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް އެމެރިކާއިން ވަނީ އެ ހިސާބު ހޫނުކޮށް ނުތަނަވަސްކޮށްފައެވެ. ސޫރިޔާއާއި ޢިރާޤުން މިފަހަރު އެމެރިކާއަށް އެ ފުރްޞަތު ނުދޭނެ ކަމަށް ޢަބްދުﷲޔާން ވިދާޅުވިއެވެ.

އީރާނުގެ މި ހުށައެޅުމާ ބެހޭގޮތުން ދިމަޝްޤުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެނަސް މީގެ ދެ ހަފުތާ ކުރިން ރޫސީ ޚާރިޖިއްޔާއިން ބުނެފައިވާ ގޮތުގައި ރަޝިޔާއިން ވަނީ އެފަދަ ހުށައެޅުމެއް ދިމަޝްޤަށް ހުށައަޅައިފައެވެ. އެއީ ނިރުބަވެރީންނާ ދެކޮޅަށް ފިޔަވަޅު އެޅުމާ ބެހޭގޮތުން ރަޝިޔާއިން ހުށައެޅި ހުށައެޅުމެކެވެ. ރަޝިޔާ ބުނާގޮތުގައި ތުރްކީން ޣައިރު ޤާނޫނީ ޖަމާޢަތެއް ކަމަށް ހަދައިފައިވާ ޕީކޭކޭ ޖަމާޢަތުގެ މީހުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓަކައި ސޫރިޔާގެ ބިމުން ފަސް ކީލޯމީޓަރު އެތެރެއަށް ތުރްކީ ސިފައިންނަށް ވަދެ ފޯރިމެރޭނެ ގޮތް ތަނަވަސްކޮށް ދެވޭނެއެވެ.

ރަޝިޔާއިން ބުނާގޮތުގައި ސޫރިޔާއަށާއި ތުރްކީއަށް އަދި އެއްބަސްވުމަކާ ހަމަޔަކަށް ނާދެވެއެވެ. މި ވާހަކަދެއްކުންތައް ދަނީ ކުރިއަށެވެ.

ސޫރިޔާގެ ޚާރިޖީ ވަޒީރު ފައިޞަލުލް މިޤްދާދު ލުބްނާނުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ބޫ ޙަބީބާ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ސޫރިޔާގެ ރެފިޔުޖީން އެނބުރި ޤައުމަށް އައުމަށް ހުރަސްއަޅަނީ އެމެރިކާއިން ސޫރިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެމެރިކާއާއި ތުރްކީގެ ޢަސްކަރީ ބަރުތައް ސޫރިޔާގެ ހުޅަނގު އުތުރުގައި ތިބުމެވެ.

އީރާނުގެ ޚާރިޖީ ވަޒީރުގެ ބަޔާނާ ބެހޭގޮތުން އަންކަރާއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެނަސް ތުރްކީގެ ޑިޕްލޮމެޓުންނާ ޙަވާލާދީ އައްޝަރްޤުލް އައުސަޠު ދުވަހު ނޫސް ބުނާގޮތުގައި ތުރްކީގެ ސިޔާސަތަށް އެއްވެސް ބަދަލެއް އަދިއެއް ނާދެއެވެ.

ތުރްކީން ބުނާގޮތުގައި އުތުރު ސޫރިޔާގައި ތުރްކީގެ ޢަސްކަރީ ބާރެއް އޮންނަނީ އެ ޤައުމުގެ ސަރަޙައްދީ ރޮނގު އަމާންކުރުމަށާއި ސޫރިޔާ ފޮތިފޮތިކުރަން އުޅޭ ޖަމާޢަތްތަކުން ވަކިތަކުން ސޫރިޔާ ޙިމާޔަތް ކުރުމަށް ޓަކައެވެ.

މި ދިޔަ ޖޫން މަހުގެ 20 އަދި 21 ވަނަ ދުވަހު އާސްތާނާގައި ސޫރިޔާ– ތުރްކީ– އީރާން– ރަޝިޔާގެ ޚާރިޖީ ވަޒީރުންގެ ނައިބުން ބޭއްވެވި ބައްދަލުވުމުގައި ރަޝިޔާއިން ވަނީ ގުޅުންތައް ޠަބީޢީ ކުރުމަށް ޓަކައި މަގުޗާޓެއް ހުށައަޅައިފައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.