Support Us

އެމެރިކާއާއި އީރާނުން ކުށްވެރިން ބަދަލުކޮށްފި

ޤަޠަރު މެދުވެރިވެގެން ކުށްވެރިން ބަދަލުކުރުމާ ބެހޭގޮތުން އެމެރިކާއާއި އީރާން އެއްބަސްވިއެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން އީރާނުން އެމެރިކާގެ ފަސް ކުށްވެރިން މިއަދު ދޫކޮށްލައިފިއެވެ.

މި މީހުންގެ ބަދަލުގައި އެމެރިކާއިން އީރާނުގެ ފަސް މީހަކު ވެސް ދޫކޮށްލާނެއެވެ. މީގެއިތުރަށް އެމެރިކާއިން ގަނޑުކޮށްފައި ހުރި އީރާނުގެ ފައިސާގެ ތެރެއިން ހަ ބިލިއަން ޑޮލަރު އެމެރިކާއިން އީރާނަށް ދޭނެއެވެ. ރޮއެޓަރޒް ބުނާގޮތުގައި މި މީހުން ޤަޠަރަށް ގެނައުމަށް ޓަކައި ޤަޠަރުން ޚާއްޞަ މަތިންދާބޯޓެއް އީރާނަށް ފޮނުވިއެވެ. މި ފަސް މީހުންނާއެކު އީރާނުގައި ހުންނަވާ ޤަޠަރުގެ ސަފީރާއި ދޫކޮށްލި މީހުންގެ ދެ ޢާއިލާއެއް ދައުޙާއަށް މިއަދު ދިޔައެވެ. އީރާނުން ހާމަކުރިގޮތުގައި މި އެންމެން މިއަދު ޤަޠަރަށް  ހިނގައްޖެއެވެ.

އެމެރިކާގެ އިސް މަސްޢޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި އީރާނުގެ ފަސް މީހުންނަށް މާފުދިނުމަށް ފަހު އެމެރިކާއިން އެ މީހުން ދޫކޮށްލާނެއެވެ. އޭނާ ރޮއެޓަރޒަށް ވިދާޅުވިގޮތުގައި އެމެރިކާ– އީރާން ރައްޔިތުން އީރާނަށް ދަތުރުކޮށްގެން ނުވާނެއެވެ.

އީރާނުގެ ޚާރިޖިއްޔާއިން ހާމަކުރިގޮތުގައި ދޫކޮށްލި ފަސް މީހުންގެ ތެރެއިން ދެ މީހަކު އެނބުރި އީރާނަށް ވަރަށް އަވަހަށް އަންނާނެއެވެ. ދެ މީހަކު ދާނީ އެމެރިކާއަށެވެ. އަނެއް މީހާ ދާނީ ކޮންމެވެސް އެހެން ޤައުމަކަށެވެ. 

އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާން ނާޞިރު ކަންޢާނީ ހާމަކުރެއްވި ގޮތުގައި އެމެރިކާއިން ގަނޑުކޮށްފައިވާ އީރާނުގެ ފައިސާތަކުގެ ތެރެއިން ހަ ބިލިއަން ޑޮލަރު މިއަދު އީރާނުގެ ބާރުގެ ދަށަށް އަންނާނެއެވެ. މި ފައިސާ ހޭދަކުރަނީ އިންސާނީ ބޭނުންތަކަށް ކަން ޤަޠަރުންނާއި އެމެރިކާއިން ބަލަމުންދާނެއެވެ.

ރޮއެޓަރޒް ބުނާގޮތުގައި ކުށްވެރިން ބަދަލުކުރުމާބެހޭ މި އެއްބަސްވުމުގެ ސަބަބުން އެމެރިކާއާއި އިރާނާ ދެމެދުގައިވާ ހާސްކަންބޮޑު ވެށި ހާސްކަން ކުޑަ ވެށްޓަކަށް ބަދަލުވެގެންދާނެއެވެ. އެމެރިކާ ތުހްމަތުކުރާ ގޮތުގައި އީރާނަކީ ނިރުބަވެރީންނަށް ވާގިވެރިވެ މަދަދުކުރާ ޤައުމެކެވެ. އީރާނުން ތުހްމަތު ކުރާގޮތުގައި އެމެރިކާއަކީ "އެންމެ ބޮޑު އިބިލީހެވެ."

ޤަޠަރު މެދުވެރިވެގެން މި އެއްބަސްވުމާ ހަމައަށް އާދެވުނީ ވާހަކަދެއްކުމުގެ އަށް ބުރުންނެވެ. އެމެރިކާގެ ވަފްދާއި އީރާން ވަފްދު ތިބީ ދެ ހޮޓަލެއްގައެވެ. ދެ ފަރާތުން ވެސް ވާހަކަ ދެއްކީ ދައުޙާގެ މަސްއޫލުވެރީން މެދުވެރިކޮށެވެ. 

އެމެރިކާއިން އީރާނާއެކު މި ހެދި ޑީލަށް އެމެރިކާގެ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް މެންބަރުން ދެކޮޅު ހައްދަވައެވެ. އެ ބޭފުޅުން ވިދާޅުވާގޮތުގައި އެމެރިކާ މީހުން ޖަލުން ސަލާމަތް ކުރެވުނީ  ފައިސާގެ ވަރަށް ފިދްޔައެއް ދީގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *