Support Us

ތުރްކީއަށް ޔޫރަޕްގެ އިއްތިޙާދާ ދުރަށް ދެވިދާނެ: އުރްދުޣާން

"އެ ކަން ކުރަން ޖެހިއްޖެނަމަ، ތުރްކީއަށް ޔޫރަޕް އިއްތިހާދާ ދުރަށް ދެވިދާނެ" ކަމަށް ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ވިދާޅުވެއްޖެއެވެ. އުރްދުޣާން މި ބަޔާން ދެއްވީ ތުރްކީއާ ބެހޭގޮތުން ޔޫރަޕްގެ ބަރްލަމާނުން ނެރުނު ރިޕޯޓާމެދު ވާހަކަފުޅު ދައްކަވަމުންނެވެ.

މި ދިޔަ ހަފުތާގައި ޔޫރަޕްގެ ބަރްލަމާނުން ފާސްކުރި ރިޕޯޓެއް ބުނާގޮތުގައި މި ވަގުތުގެ ޙާލަތަށް ބަލާއިރު ތުރްކީ ޔޫރަޕްގެ އިއްތިޙާދަށް ވެއްދުމުގެ މަސްއަލައާމެދު ވާހަކަދެއްކުންތަކެއް ނުފެށޭނެއެވެ. މި ރިޕޯޓުގައި ޔޫރަޕުގެ ބަރްލަމާނުން ޔޫރަޕްގެ އިއްތިޙާދަށް ގޮވައިލައިފައިވަނީ ޙާލަތަށް ބަލައި ތުރްކީއާއެކު ގުޅުންތައް ޤާއިމުކުރުމަށް އައު ގިއުގަނޑެއް ހޯދުމަށެވެ. ތުރްކީ ޔޫރަޕްގެ އިއްތިޙާދަށް ވެއްދުމުގެ މަސްއަލައަކީ 24 އަހަރުވެފައިވާ މަސްއަލައެކެވެ.

އދގެ ޢާންމު ޖަމްޢިއްޔާގެ މި އަހަރުގެ ދައުރުގައި ބައިވެރިވެވަޑައިގެންނެވުމަށް ޓަކައި އިސްތަންބޯލުން ފުރާވަޑައިގަންނަވަމުން ނޫސްވެރީންނަށް އުރްދުޣާން ހާމަކުރެއްވި ގޮތުގައި "ޔޫރަޕްގެ އިއްތިޙާދަށް ތުރްކީ ވައްދާކަށް އެމީހުން ބޭނުމެއް ނުވެއެވެ. މި ވިސްނުމުގެ ދަށުން އަޅުގަނޑުމެން ޙާލަތު ދިރާސާކޮށް ވަޒަންކުރާނަމެވެ. އެކަން ކުރަން ޖެހިއްޖެނަމަ އަޅުގަނޑުމެން ޔޫރަޕްގެ އިއްތިޙާދާ ދުރަށްދާނަމެވެ."

ސްވިޑްން ނޭޓޯއަށް ވެއްދުމުގެ މަސްއަލައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް އުރްދުޣާން ވިދާޅުވިއެވެ. "ސްވިޑްން ނޭޓޯއަށް ވެއްދުމަށް އަންކަރާއިން ނިންމާނިންމުން އޮންނާނީ ތުރްކީގެ ބަރްލަމާނުގެ އަތްމަތީގައެވެ."

ތުރްކީގެ ރައީސް ސްވިޑްނަށް އެއްބަސްވުންތަކަށް އިޙްތިރާމުކުރުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ސްވިޑްން ނޭޓޯއަށް ވެއްދުމުގެ މަސްއަލައިގައި އަޅުގަނޑަށް އާއެކޭ ވެސް ނޫނެކޭ ވެސް ނުބުނެވޭނެއެވެ. އެ މަސްއަލަ ނިންމާނީ ތުރްކީގެ ބަރްލަމާނުންނެވެ."

ރައީސް އުރްދުޣާން ވިދާޅުވިއެވެ. "ސްވިޑްނުން އެއްބަސްވި ކަންތައްތަކަށް ވަފާތެރިވޭ ހެއްޔެވެ؟ ނިރުބަވެރިކަމާ ދެކޮޅަށް ޤާނޫނު ހަދާ ވާހަކަ ސްޓޮކްހޮލްމުން ބުނެއެވެ. ޤާނޫނެއް ހެދުމަކުން ނުފުދެއެވެ. އެ ޤާނޫނު ތަންފީޒުކުރަން ވެސް ޖެހޭނެއެވެ."

އުރްދުޣާން ވިދާޅުވިއެވެ. "ފުލުހުންގެ ޙިމާޔަތުގެ ދަށުގައި ނިރުބަވެރިން މުޒާހަރާތަކަށް ނުކުމެއެވެ. މީގެ މާނައަކީ އެމީހުން ވާޖިބު އަދައެއް ނުކުރެއެވެ. މުޞްޙަފުތައް އެންދުން ހުއްޓައެއް ނުލައެވެ. ތުރްކީގެ ދިދަ އެބަ އަންދެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *