Support Us

ޑްރޯނާ ނިޔުކްލިއަރ ފައިލް ގުޅުވަން އެމެރިކާ މަސައްކަތް ކުރާތީ އީރާނުން ފާޑުކިޔައިފި

ޔުކްރޭނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި އީރާނުގައި ހަދައިފައިވާ ޑްރޯން ބޭނުންކުރާކުރުމާ އދ އިން ފާސްކޮށްފައިވާ ނިޔުކްލިއަރ ފައިލް ގުޅުވަން އެމެރިކާއިން ކުރާ މަސައްކަތަކީ "އޮޅުވައިލުމެއް ކަމަށް" އދ ގައި ހުންނަވާ އީރާނުގެ މަންދޫބު ސަޢީދު އީރުވާނީ ވިދާޅުވެއްޖެއެވެ.

އީރުވާނީ ސަލާމަތީ މަޖިލީހަށާއި އދގެ އަމީން ޢާންމަށް ފޮނުއްވި ސިޓީފުޅުގައި އައިސްފައި ވެއެވެ. "ނިޔުކްލިއަރ ފައިލާ ބެހޭ 2231 ވަނަ ޤަރާރާ އީރާނުން ޚިލާފުވަމުންދާކަމަށް ކުރާ ތުހްމަތަކީ ޞައްޙަ ބިންގަލެއްގެ މަތީގައި އޮތް ތުހްމަތެއް ނޫނެވެ."

އޭނާ ވިދާޅުވިގޮތުގައި ވޮޝިންގްޓަނުން މެދުނުކަނޑައި ދަނީ މި ފަދަ ދޮގު ތުހްމަތުތައް ކުރަމުން ދޮގު މަޢުލޫމާތުތައް ފަތުރަމުންނެވެ. މިއަދު ވޮޝިންގްޓަނުން އަލުން އެ މަސައްކަތް އެ ވަނީ ފަށައިފައެވެ.

އީރާނުގެ ސަފީރު ވިދާޅުވިގޮތުގައި މިއީ "އެމެރިކާއިން ގަތައިފައިވާ ތުހްމަތު" އެކެވެ. އެމެރިކާގެ ޖާސޫސީ އިދާރާއިން ދީފައިވާ މަޢުލޫމާތުތަކަކީ "ސިއްރު" ވާހަކަތަކެއް ކަމަށް އެމެރިކާއިން ބުނެއެވެ. އީރާނުގެ ސަފީރު ވިދާޅުވިގޮތުގައި އެއީ އޮޅުވައިލައިފައިވާ މަޢުލޫމާތުތަކެކެވެ. އެއަށް ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ލިބިގެން ނުވެއެވެ. 

ސަލާމަތީ މަޖިލީހުން އެ މަސްއަލަ ބެލުމަށް އެމެރިކާއިން ގޮވައިލާ ގޮވައިލުމަކީ ޤާނޫނީ ބިންގަލެއްގެ މަތީގައި އޮތްކަމެއް ނޫންކަމަށް އީރާނުގެ ސަފީރު ވިދާޅުވިއެވެ. 

އިރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭ އެއްބަސްވުމަށް ޖަރްމަނާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ކަށަވެތިނުވާނެ ކަމަށް އިއްޔެ ވަނީ އިޢުލާންކޮށްފައެވެ. އީރާނުން ބުނާގޮތުގައި މި އެއްބަސްވުމަށް އަށް އަހަރު ފާއިތުވުމަށްފަހު މި އެއްބަސްވުމަށް ކަށަވެތިނުވާނެ ކަމަށް އެ ޤައުމުތަކުން ބުނާބުނުމަކީ ޣައިރު ޤާނޫނީ ކަމެކެވެ. އީރާނުން މި ކަން ކުށްވެރިކޮށް ބަޔާނެއް ނެރުނެވެ. މި ޤައުމުތަކުން ބުނާގޮތުގައި މި ޤައުމުތަކުން އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް  މި އަންނަ އޮކްޓޯބަރު މަހުގެ 18ގެ ފަހުން ވެސް ދަމަހައްޓާނެއެވެ.  

ނިޔުކްލިޔަރ އެއްބަސްވުން އދއަށާއި ޔޫރަޕްގެ އިއްތިޙާދަށާއި  އިނގިރޭސިވިލާތަށް ގޮވައިލަނީ އީރާނާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތައް 18 އޮކްޓޯބަރުގައި އުވައިލުމަށެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *